އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބައިވެރިނުކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލަން ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމް ހުށަހަޅައިފިއެވެ.

އެމްޑީޕީ ބާކީކޮށް، ގާސިމް ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ހުށަހަޅާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުށަހަޅުއްވާފައި ވަނީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅެވެ. އަދި ކޯލިޝަން ސަރުކާރުގެ ނައިބު ރައީސް ކަމަށް ޑރ. މުޙައްމަދު ޖަމީލްގެ ނަން ވަނީ ހުށަހަޅުއްވާފައެވެ.

ފޭސްބުކް މެދުވެރިކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި 20 މިނިސްޓްރީ އުފައްދާނެ ކަމަށެވެ.

އެމްޑީޕީ ބައިވެރިނުކޮށް އުފައްދާ ކޯލިޝަން ސަރުކާރެއް ކެބިނެޓަށް ގާސިމް ހުށަހެޅުއްވި ބޭފުޅުން:

1. ރައީސުލްޖުމްހޫރިއްޔާ: ގާސިމް އިބްރާހީމް
2. ނައިބު ރައީސް: ޑރ. މުޙައްމަދު ޖަމީލް އަހުމަދު
3. މިނިސްޓަރ އޮފް ފޮރިން އެފެއާޒް: ދުންޔާ މައުމޫން
4. މިނިސްޓްރީ އޮފް ފިނޭންސް އެންޓްރެޝަރީ: އަހުމަދު ޝައުޤީ
5. މިނިސްޓަރ އޮފް ޑިފެންސް: އަލީ ވަހީދު
6. މިނިސްޓްރީ އޮފް ހޯމް އެފެއާޒް: އަބްދުﷲ ރިޔާޒް
7. މިނިސްޓަރ އޮފް ޓޫރިޒަމް: ކާނަލް މުޙައްމަދު ނާޒިމް
8. މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވާރަމަންޓް: ޝޭޚް އިމްރާން އަބްދުﷲ
9. މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ: ޔުމްނާ މައުމޫން
10. މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް ކޮމިއުނިކޭޝަން: ޑރ. މައުސޫމް
11. މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް: މުޙައްމަދު ރަޝީދު
12. ބަންޑާރަ ނައިބު: ނޫރުއްސަމާލް އަބޫބަކުރު
13. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް: އަލްއުސްތާޒް އަލީ ޒާހިރު
14. މިނިސްޓަރ އޮފް އެޑިއުކޭޝަން: ޑރ. އާޒިމް މުޙައްމަދު
15. މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން: ޑރ. އަހުމަދު އިޔާޒް
16. މިނިސްޓަރ އޮފް ހެލްތް: ޑރ. ޝާހް މާހިރު
17. މިނިސްޓަރ އޮފް ޖެންޑަރ އެންޑް ސޯޝަލް ސެކިއުރިޓީ: ސިދާތާ ޝަރީފް
18. މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް: މުޙައްމަދު މަލީހް ޖަމާލް
19. މިނިސްޓަރ އޮފް ޓްރާންސްޕޯޓްސް އެންޑް ކޮމިއުނިކޭޝަން: އަމީން އިބްރާހީމް
20. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ: ޑރ. ހުސައިން ހަސަން
21. މިނިސްޓަރ އޮފް ހިއުމަން ރިސޯސް އެންޑް ލޭބަރ: އަބްދުﷲ ކަމާލުއްދީން
22. މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނާޖީ: މުޙައްމަދު ފަޔާޒް

ގާސިމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އަހުމަދު ފާރިސް މައުމޫންގެ ނަންވެސް ހުށަހަޅާފައެވެ.

ގާސިިމް ވިދާޅުވީ، ޖުމްހޫރީ ކޯލިޝަނުން ދިވެހި ރައްޔިތުންނަށް ސަލާމަތްކަށް ހޯދައިދޭން ބޭނުންވަނީ ހުވަފެނެއްގެ ތެރެއިން ނޫން ކަމުގައި އާއި ބޭނުންވަނީ ޤައުމަށް ހަމަޖެހޭ ދުވަސްތަކެއް އައުން ކަމަށެވެ. އަދި އެއީ ކޮންމެ ފަރާތަކަށް ވީނަމަވެސް ކޯލިޝަނާއި ގުޅުމުގެ ފުރުސަތު އޮންނާނެ ކަން ހާމަކޮށް، ގާސިމް ވަނީ ގޮތްދޫކުރުމާއި މަޝްވަރާގެ ރިވެތި އުސޫލު ހުރިހާ ކަމެއްގައިވެސް އިސްކުރުމަށް އިލްތިމާސްކޮށްފައެވެ.

"އަދި ތިމާއަށް ވިސްނޭ ގޮތް ނުވަތަ ތިމާ ދެކޭގޮތް، އެ ނުވެދާނެ އެންމެ ކާމިޔާބު ގޮތަށްވެސް. އަޅުގަނޑުމެން ޖޭޕީ، ﷲ އިރާދަކުރެއްވިއްޔާ މިއޮތީ ތައްޔާރަށޭ. ހަމަ ދަންނަވާލަން ބޭނުންވަނީ ސުލްޙަވެރި ޙައްލަކަށް އެއް ކެންޑިޑޭޓަކު ނެރެގެން އެއްބުރުން އިންތިޚާބު ކާބިޔާބު ކުރަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޯލިޝަން އެއް ނެރޭނީ މިހާރު އޮތް ކޯލިޝަނުން ސާފު ކެންޑިޑޭޓެއް ނެރެން އެއްބަސް ނުވެއްޖެ ހާލަތެއްގައި ކަމަށެވެ.

ގާސިމް އެމްޑީޕީ އާއި ވަކިން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅުއްވާފައި މިވަނީ، އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މީގެ ކުރިން އުފައްދާފައިވާ "ބޮޑު ކޯލިޝަން"، ރިޔާސީ އިންތިޚާބު އައިސް ބޯމަތި ވެފައި ވަނިކޮށް ރޫޅި ބައިބައި ވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީވެސް ހިމަނައިގެން ކުރިން އުފައްދާފައިވާ އެ ކޯލިޝަން ތެރޭގައި ބައިބައިވުން އުފެދިފައިވާއިރު، ކޯލިޝަންގެ އެއްވެސް މަޝްވަރާއެއް ނެތި އެމްޑީޕީގެ ފަރާތުން ރިޔާސީ ގޮނޑިއަށް ވާދަކުރުމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ީއިބުރާހިމް

    ދޮގު ޚަބަރެއް

  2. ބުުއްޅަބެ

    ނައިބަކަށް ދުންޏާ ހުށަހެޅިނަމަ އޯކޭ.... އެއިރުން ތީތި ރީތިވާނީ.

  3. ހަފީ

    ލޮލް ދެންހުވާމުރަންވީނު އެއްރެއެއްގެ ނުވައެއް ޖެހިއުރުވެސް ރައިސްކަމައް އަރަން ހުވާކޮށްގެނެއް ނޫންތަހުރީ ކިހިނެއްތަ ވެރިކަންކުރާނީ މިހާރުވެސް ޕޮލިހުން އެއޮއްހޯދަނީ ކަލޭ ލޮލް

  4. ކީލް

    ޤާސިމްއަކީ ހީރޯއެއް! ކުރިއަށް ވަޑައިގަންނަވާ މަނިކުފާނު!

  5. އަހަރެން

    ގާސިމް ބޮޑުކަންނެއްޔަށް ދާންވީނުން ތިމީހުން ގޮވައިގެން. ގާސިމް އަކީ އޯޑީގެ ރައީސް

  6. އަލީ

    ގާސިމް އަކަށް މަގޭ ވޯޓެއް ނުދޭނަން

  7. މަކުނު

    މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވާރަމަންޓް: ޝޭޚް އިމްރާން އަބްދުﷲ

    މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނާޖީ: މުޙައްމަދު ފަޔާޒް

    ދެ އެންވާރަމަންޓް މިނިސްޓްރީ.

  8. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ މާގެށޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  9. ނާޒިމް

    މިވެރިކަން ބަދަލުކުރަން އެބަ ޖެހޭ

  10. ނިޒާރު

    މިހާރު ގާސިމްބެ(ގައިދީ) އަށް ރައީސް ކަން ލިބުނީތަ(ހުވަފެނު ގައި)

  11. އަދިއަދި

    ޢިލެކްޝަން ކަމިޝަން ފުވާދު ތައުފީގް
    ޗީފް އޮފް ޑިފެންސް ޒަކަރިއްޔާ މަންސޫރު
    ކަމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ނަވާޒް
    އޮޑިޓަރ ޖެނެރަލް އަބުދުﷲ ރިޔާޒް
    މިނަންތައްވެސް އާއްމު ކުރިނަމަ ސަޅި

  12. ވެރިޔާ

    ސަރުކާރެއް އުފައްދާފި ކުޅޭކުޅޭ. ދެންވެސް ސާވިސްޗާރޖް ކޮޅު ދުވަހުން ދުވަހަށް ދީބަލަ ތިންމަހުގެ ލާާިރކޮޅުނުދީވެއްޖެ.

  13. ބީވާ

    ކަލޭ ހުރޭ ސަރުކާރު ހަދައިގެން ޖަރުމަނުގަ

  14. މުސްތަފާ

    މި ލެވެލްގެ ކޮމެންޓް ވަގުތު ނޫހުން ޝާއިޢުކޮށްފައި ހުރުމުން ތިޔަ ނޫހުގެ ފެންވަރު ސާފުވެއްޖެ. ވަރަށް ސަލާމް

    • ގުއިނަގާ

      އޭއި ރަންރީނދޫ ޓްވިޓަރޭ ތަމެން ދެން ރިޔާސީ އިންތިޚާބު މަތިން ހަދާން ނައްތާލާ މިއޮށް ގުއި ނަގާ އުނދުޅި ހިފަިއގެން ގޯތި ތެރޭގައި ކުކުޅު ލާ ފައި ހުރި ގުއި ތައް ނަގާ ސާފު ކުރަން އުޅެގަ އިނގޭތޭ. ގުއިނަގާ ގުއިނަގާ ގުއިނަގާ ދޯ. ހާއްހަހަހާހާހާހާ ހާހާހާހާހާހާހާ ހޮހޮހޮހޮހޮ..

  15. ނާނު

    anni dhen fennaanee yaameen aai eku .
    އަންނި ދެން ފެންނާނީ ރައީސް ޔާމީން އާ އެކު. ވަރަށް ސާފު

  16. އިސްމާލު

    ޝޭހު އިމްރާނަށް ދޭންވީ ހައުސިން މިނިސްޓަރުކަމެއްނޫން. އޭނައަށް ދޭންވީ ޓޫރިޒަމް މިނިސްޓަރުކަން.

  17. ބެރު

    ތިވަރުގެ

  18. ހުސޭނުބޭ

    އަޅޭ! ކޮބައިތަ ޔުނައިޓެޑް އޮޕަޝިޝަންގެ ގުޅިފައިވާ ކެނޑިޑޭޓް. އަތަށް ގޮއްވާލީ އުތަ؟

  19. ހުސޭނުބޭ

    މިނިސްޓްރީ އޮފް ރިޝްވަތު އަދި މިނިސްޓްރީ އޮފް ހާޓުއެޓޭކް ކޮބައިތަ؟

  20. އދ

    އެމްޑީޕީ އާ ނުލާ އުފައްދާ ކޯލިޝަނަކަށް ތާއީދު
    ކުރަމެވެ އެމްޑީޕީ އަކީ ކެނެރީގޭ މީހާ ހިސާރު
    ކޮށްފައިވާ ޕާޓީ އެކެވެ

  21. މާސްޓަރ

    މިހާރު ތިޔަ ކޯލިޝަނާމެދު ޝަކުވާއެއް ނެތް.

  22. ދޫނުދޭތި

    އެމްޑީޕީ ބައިވެރިނުކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ގާސިމް ހުށަހަޅައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ގާސިމް އަށް ލިބިގެންވާނެ އެމިނިވަން ކަން ބިކޮޒް އެމްޑީޕީން ވެސް ވަކިން އިއުލާން ކުރި އެމެން ރިޔާސީ ކެންޑިޑޭޓް އެހެން ކަމަށްވާނަމަ ޖޭޕީ އަށް ވެސް އޮންނާނެ އެމިނިވަން ކަން. އެކަމާއި ނުބެހެވޭނެއެވެ. ދެން އަނެއް ކޮޅުން އެމްޑީޕީ އިން ނެރެގެން އުޅެނީ އެއީ ސީދާ އަޑި ނޭގޭ ރިޔާސީ ޕްރައިމަރީ އެއްގައި ވޯޓް ގުނައިގެން ނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓް ގުނީ ވެސް އެމްޑީޕީގެ ސެކްރެޓޭރިއެޓް އިން ސްޕެޝަލީ އެކަން ކުރީ ކެނެރީގެ ނަޝީދުގެ ސެކްރެޓޭރިއެޓް އިން. އެހެން ކަމަށްވާނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ކަމާއި މެދު ސުވާލު އުފެދެެއެވެ. ޖޭޕީ އަށް އޮންނާނެ މިނިވަން ކަން އެމެން އަމިއްލަ އަށް އެމެންގެ ކެބިނެޓް އިއުލާން ކުރުން. އެމްޑީޕީ އުފައްދަން ކުރި ހުރިހާ ޚަރަދެއް ވެސް ކުރީ އެއީ ގާސިމް އިބްރާހިމް. ކެނެރީގެ ނަޝީދު އެކަމަށް ކުރި ޚަރަދެއް ނޯންނާނެއެވެ.

  23. ޖައްސާތި

    އެމްޑީޕީ ބައިވެރިނުކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ގާސިމް ހުށަހަޅައިފި ނަމަ އެކަން ދާން ޖެހޭނީ އެގޮތަށް. ޖޭޕީގެ މިނިސްޓަރު ކަން ގަބޫލު ނުކުރާ މީހުން ފަހަތަށް ޖެހި އެހެން މީހުންނަށް ޖާގަ ދޭންވީ އެމްޑީޕީ އާއި ނުލައި ޖޭޕީ ޖެހޭނީ ރިޔާސީ އިންތިޚާބަށް ނިކުންނަން ސަބަބަކީ އެއީ އެމްޑީޕީގެ ކެނެރީގެ ނަޝީދަަކީ އެއީ ދުވަހަކު ވެސް ބަހުގެ އިތުބާރު ހިފޭ މީހެއް ނޫނޭ އޭނާ އަށް ބާރެއް ލިބޭ އިރަށް އޭނާ ޖޭޕީ ފުނޑާލާނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ ދެން ގާސިމަށް ބާރު ލިބޭ ދުވަހު ގާސިމް އެގޮތަށް ކަންކަން ނުކުރަންވީ ސަބަބެއް މަމެންނަށް ނޭގެއެވެ. ގާސިމް އަށް ކޮށްފައިވާ ކޯޓަށް އަދި ސްޕްރީމް ކޯޓުން ތާއީދު ނުކުރާތީވެ ގާސިމްގެ ކޭސް ތަފާތުވާނެ ކެނެރީގެ ނަޝީދުގެ ކޭސް އާއި. ކަން މިހެން ހުރުމުން ޖޭޕީގެ ކޯސް ދިން ގޮތަށް ޖޭޕީން ކުރިއަށް ދާން ޖެހޭނީ އެމްޑީޕީ އާއި ނުލައި ޖޭޕީން ރިޔާސީ އިންތިޚާބަށް މިފަހަރު ނިކުމެއްޖެނަމަ ޖޭޕީ އަށް ވަރަށް ބޮޑު ކާމިޔާބީ އެއް ލިބި އިދިކޮޅު ގައި އޮންނަ އެންމެ ބޮޑު ޕާރޓީ އަކީ އެއީ ޖޭޕީ އަށް ބަދަލުވެ އެމްޑީޕީ ޑީއާރުޕީ މިހާރު އޮތް ސްޓޭޖަށް ދާނެއެވެ.

  24. ބަލާތި

    ގާސިމް އިއުލާން ކުރެއްވި ކޯލިޝަނަށް އެހެން ޕާޓީތައް އިންކާރުކޮށްފި ނަމަވެސް ތިތާ ޕާރޓީ އަކަށް އޮތީ އެމްޑީޕީއޭ އަދާލަތު ޕާރޓީ އަކީ އެއީ 6 މީހުން ހަމަވާ ޕާރޓީ އެކޭ އެޕާރޓީ ޖޭޕީ އާއި އެކު ކޯލިޝަން ހަދައިގެން އޮތުމަކުން ޖޭޕީ އަށް ކުރާނެ ފައިދާ އެއް ނޯންނާނެއޭ. ރާއްޖޭގައި މޯސްޓް ޓްރަސްޓެޑް ނިއުސް ސޯރސް އިން މި ޚަބަރު ތައް ކުއްލި ޚަބަރު ތަކުގެ ގޮތުގައި ނުގެނެސްދީ އެތިބެނީ އެއީ އެމްޑީޕީ ގެ ފަރާތުން ކެނެރީގެ ނަޝީދަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެވޭނެ ކަން ޔަގީން ވާތީވެ އެކަމާއި އެމެން ނައްޓާތީވެ ދޯ. ގާސިމް މެން ވީ ނިއުސް ވެސް އެބަޖެހޭ ވަގުތު އަވަސް ގޮތަށް ތަންކޮޅެއް އޯޕަން މައިންޑް ތިބި މީހުން ވީ ނިއުސްގެ އެޑިޓަރުންނަށް ލާ އަދި ވީ ނިއުސް އިން ވެސް ކޮމެންޓްސް ތައް ތާޒާ ކަމާއި އެކު ގެނެސް ދޭން. އެމްޑީޕީގެ ކެނެރީގެ ނަޝީދަކީ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫން އެއްގޮތަކަށް ވެސް އޭނާ އަކީ ޗޮއިސް އެއް ނޫން ޗޮއިސް އެއް ނޫން ޗޮއިސް އެއް ނޫން.

  25. ޔޫވިލް

    ގާސިމްގެ ވީޑިއޯ، ފޭސްބުކުން ޑިލީޓްކޮށްލައިފި ނަމަވެސް ގާސިމް ދޭން ބޭނުންވާ މެސެޖް އެއޮތީ ރައްޔިތުންނަށް ދީފައެވެ. ގާސިމް ދަންނަން ޖެހޭނެއޭ ޖޭޕީ އަށް ކުރިއަށް ދެވެން އޮތީ އެއީ ސީދާ ޖޭޕީ އަމިއްލަ އަށް ބިރު ފަހަނައަޅާ ގޮސް ގެންނޭ އެއީ އޭ ރޭގައި މަމެން ގާތު ކެނެރީގެ ނަޝީދު ވަޓްސް އެޕް އިން ވާހަކަ ދެއްކިއިރު ބުނި އެއްޗަކީ ސޯ ގާސިމް އަމިއްލަ އަށް އެމްޑީޕީ އާއި ނުލައި އެމްޑީޕީން މެމްބަރުން ވީ އެންމެ ގިނަ އަދަދަކަށް ގެނެސް ގެން އެބަޖެހޭ ޖޭޕީގެ ޝެއަރ ބޮޑު ކުރަން އެއިރުން ޖޭޕީ އަށް ކޭކްގެ ފިފްޓީން ޕަރސެންޓް ދެވޭނީ މަމެންނަށް ކޭކްގެ %85 ދެން ބާކީ އޮތް ބައި ޖޭޕީ އަށް އެކަނި އެއަކު ނެތޭ އެމްޑީޕީ އަށް ދޭން ޖެހޭ ޝެއަރ އެކޯ އިން އެން އެރައުންޑް ދި އޯޑިއެންސް އިޒް ސޭއިންގް ޔޫ ވިލް ކޯލް އޮން ދިސް އެން އޯލް އިން ވަން ކޯލް އިޓްސް ޔުއަރ ކޯލް ޔުއަރ ކޯލް ޑާންސް ޑާންސް ޑާންސް ޑާްންސް ޑާންސް ޑާންސް..

  26. ޝަމްސުއްދީން މީއާ

    ހަމަ ސީރީއަސްކޮއް މީބުނީ ތީ ލީސްޓުފެނުނީމަ މީހާރު އީދީކޮޅައް ވޯޓުލާ ހީތް ކެނޑީއްޖެ. ތީ ލީސްޓުގަ ތީޔަތީބީ ކަމައް އެކަށީގެންވާ ބަޔެއްތޯ ބެލުމުގެ ބަދަލުގަ ހީވަނީ ހަދީޔާގެ ގޮތުގަ ކެބީނެޓް ޕޯޓުފޯލީއޮތައް ބަހާފަހެންނެވެ. ތީއޮތީ މުޅީން ސީޔާސީ ކެބީނެޓެއް ނޫންތޯއެވެ.. ތީފަދަ ކެބީނެޓު ނަގައީގެން ގައުމުހީންގޭނެ ކަމާއީމެދު އެއްވެސް ޔަގީންކަމެއް ނެތެވެ.

  27. Anonymous

    ހުރިހާނުބަޔަކީ ހަމަ ގާސިމް

  28. ސައްޕު

    މަހުލޫފު އެޔޮއް މަސައްކަތް ކުރީމަ އެއްވެސް ކަމެއްނެތް؟

  29. ރަށަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަމާގެށޭ އޮންނާނެ މިހާރު ތަމެން ނަށް ކޮމަން އެއް ކެންޑިޑޭޓް ނެރެވިފައި. މަމެން ޖެއްސީމާ ތަމެން ފުނޑޭނެއޭ މަމެން ބުނީމެއް ނޫންތޭ ދަގަމާރާ ދަބީތާއާ. ރަށަށްދޭބަލަ ދެން. ރަށަށް ދޭބަލަ ދެން.

  30. ޑާޑާޑާޑާ

    ޓޫރިޒަމްގެ ރަނގަޅު ބަދަލު ބުނެދޭ ނަމްބަރުތައް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަ ކުރާ ނަމްބަރު ތަކުގައި އެރަރސް ހުންނާނެއޭ އެއީ ގާތް ގަނޑަކަށް %10 އެރަރ ހުންނާނެ ކަމަށް ލަފާ ކުރެވޭ. އެއީ މާ ބޮޑު މައްސަލަ އެއް ކަމަށް މަމެން ނުދެކެން. ރާއްޖޭގެ ރިސޯރޓްސް ތަަކަށް މިހާރު އަންނަ ގެސްޓުން އިތުރު ނުވާ މައިގަނޑު ސަބަބަބު ތަކުގެ ތެރޭގަިއ ރިސޯރޓްސް ތަކުގައި ދިވެހިން ބަދަލުގައި މުޅި ރިސޯރޓް އިން ބޭރު މީހުން ފެނުން މީ އެންމެ ބޮޑު މައްސަލަ އަކީ މިމައްސަލަ ރިސޯރޓްސް ތަކުގައި ތިބޭ ދޮން ޖީއެމް މެން ސިއްރު ކޮށް މިކަން ވަނީ ޓްވިސްޓް ކޮށް އެއީ ސިޔާސީ ކަންކަމާއި ގުޅިގެން ދަށް ވަނީ ކަމަށް ބުނެފައެވެ. ހަގީގަތަކީ ދޮން ޖީއެމް މެން ފަރުވާ ކުޑަ ވެފައި ރާއްޖެ ދެކެ ލޯބި ނުވާތީވެ އެމެން ބޮޑު މުސާރައިގައި އެންޖޯއި ކުރަނީއެވެ. މިކަން ނުފެނޭ ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް. ރައީސް އޮފީހުން ބްލައިންޑް އައިއެއް ދެނީ މިކަމަށް. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  31. ކީއްވެތޭ

    ޓޫރިޒަމް ގެ ތަފާސް ހިސާބު ތައް ހާމަ ކުރާއިރު ގާނޫނަކުން ކަނޑައަޅަން ޖެހޭ ކޮންމެ މަހަކު ޓޫރިސްޓް ރިސޯރޓްްސް ތަކުގައި ތިބޭ ބޭރުމީހުންގެ އަދަދާއި އަދި ދިވެހިން ތިބޭ އަދަދާއި އަދި ބޭރުމީހުންނަށް ދޭ މަހުމުސާރަ އާއި ސާރވިސް ޗާރޖް އެއްކޮށްލުމުން އެމެންނަށް ދޭ ޖުމްލަ އަދަދާއި ދިވެހިންނަށް ދޭ ޖުމްލަ އަދަދު. މިއަދަދު ތަކަކީ ރާއްޖޭގެ މިހާރުގެ ޖެނެރޭޝަން ދިރާސާ ކުރަން ބޭނުންވާނެ ތަފާސް ހިސާބު ސަބަބަކީ އެއީ ރިސޯރޓަކުން މަހަކު 6 ހާސް ޑޮލަރު ލިބޭނަމަ އެމަގާމަށް ދާނެ ދިވެހިންވާނެއޭ ނުޖެހޭނެއޭ ލަންކާ މީހުންނަށް އެމަގާމް ތައް ދޭން ރިސޯރޓް ތަކުގެ އޯނަރުން. މަމެން ހިތަށް އަރަނީ މަޓީ އަކީ އެއީ ނަމެއްގައި އޮންނަ ތަނެއްތޭ އެމެން ކީއްތޭ ކުރަނީ ރާއްޖޭގެ ރިސޯރޓްސް ތައް ތަރައްގީ ވަމުން އަންނަނީ އެއީ އޯވަރ ނައިޓް އަކުން ނޫނޭ މިހާރު އިތާފުށި ރިސޯރޓްގެ އިސް މަގާމް ތަކަށް ލަންކާ މީހުން މަހަކު 8 ހާސް ޑޮލަރު ދީގެން ނަގަން ޖެހުނީ އެއީ ކީއްވެތޭ. ކޮބާތޭ އިމިގްރޭޝަން ކީއްވެތޭ ވާރކްވިސާ ދެނީ. މީ ކޮރަޕްޓް އިމިގްރޭޝަން އަކީ.

  32. ރަނގަޅޭ

    އެމްޑީޕީ ނުހިމަނައި ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް އިއުލާނުކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ގާސިމް ކެނެރީގެ ނަޝީދު ކުރިމަތީ ގައި އާރމަރ ލޭޑައުން ނުކުރާނެ ކަމަށް. ގާސިމް ނުޖެހޭނެ އެމްޑީޕީން ބުނާ ގޮތް ހަދަން ކައުންޓަރ އެޓޭކް ކޮށްގެން ނަމަވެސް އެމްޑީޕީގެ މެމްބަރުން ޖޭޕީ އަށް ގެންދިއު އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ.

  33. ޖައްސާތި

    އެމްޑީޕީ ނުހިމަނައި ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް އިއުލާނުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ގާސިމް މިފަހަރު އެނެގީ ޕާރފެކްޓް ޑިސިޝަން އެެއް ކަމަށް މަމެން މިދެކެނީ ސަބަބަކީ އެއީ ކެނެރީގެ ނަޝީދު ޖޭޕީ ގެ ނިވަލުގައި ހުރެގެން ޖޭޕީގެ ފައިސާ ބޭނުން ކޮށްގެން އޭނާގެ ޕަބްލިސިޓީ ބިލްޑް ކޮށްގެން މަކަރާއި ހީލަތުން އޭނާ ރިޔާސީ ޕްރައިމަރީގައި ނުވެސް ހޮވެނީސް ވަގު ވޯޓް ރިހާކުރު ރުނބާ ތެރެއަށާއި ޑަބިޔާ ތެރެއަށް ލައިގެން އޭނާ އަމިއްލަ އަށް ރިޔާސީ ކެންޑިޑޭޓް ކަން އިއުލާން ކުރީ އެއީ ޖޭޕީ ގައި އަހައިގެން ޖޭޕީގެ ހުއްދަ ހޯދައިގެން ނޫނޭ ގާސިމް ވެސް ރިއެކްޓް އެކުރީ ރަނގަޅަށް. ޓިޓް ފޯރ ޓެޓް ކެނެރީގެ ނަޝީދު އެއީ ވަކި ކާކުތޭ އޭނާ އަށް ގާސިމް ދޫދޭން އޭނާ އަކީ އެއީ ދިވެހިންނަށް ހުރި ޗޮއިސް އެއް ކަމަށް ބުނަނީ އެމެންގެ ބޮޑުންގެ ތެރޭން ވެސް އަތުގެ އިނގިލިން ގުނާލެވޭ އަދުގެ މަދު މީހުންނޭ ދެން އެހެންވީއިރުން ގާސިމް އެމްޑީޕީ އާއި ވަކިން ކެބިނެޓް އިއުލާން ކުރުން އެއީ ޕާރފެކްޓް ޑިސިޝަން. އޭކޭ މެން ނުރުހެންނާ ދާންވީ.

  34. ޑޯންވޮނާ

    އެމްޑީޕީ ބައިވެރިނުކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ގާސިމް ހުށަހަޅައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ގާސިމް ގެ ނިންމުން އެއީ ރަނގަޅު ނިންމުމެއް ކަމަށް ޖޭޕީގެ ކައުންސިލުން ބަލައިގަންނާނެ ކަަމަށް އުފަލުން ތިބެގެން. ޖޭޕީގެ އަސާސީ ގަވާއިދަކު ނޯންނާނެ ލިޔެފައި ޖޭޕީން ކަންކަން ކުރަން ޖެހޭނީ އަދާލަތު އަދި އެމްޑީޕީން ބުނާ ގޮތަށް ކަން ޖޭޕީން ކަންކަން ކުރަން ޖެހޭނީ އެއީ ޖޭޕީ އަށް އެންމެ ފައިދާ ހުރި ގޮތަށޭ އެގޮތަކީ އެއީ ޖޭޕީން މިފަހަރު އެމްޑީޕީ އާއި ނުލައި ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމޭ އެއީ އޭ އޭގައި އެންމެ ރަނގަޅު ގޮތަކީ. އައި ކުޑް ސްޓޭ އަވޭކް ޖަސްޓް ޓު ހިއަރ ޔޫ އާރ ވޭކިންގް އަޕް އައި ކުޑް ސްޕެންޓް މައި ލައިފް ވެއިޓިންގް ޓު ސީ ސަޗް އަ ބިއުޓިފުލް މޯމެންޓް އިޓްސް އަ މޯމެންޓް އޮފް ޕްލެޝަރ. އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް..

  35. ޒާ

    ކޮބާ ގާސިމުގެ ޕާޓީއަށްޓަކައި މަ ކޮށްދިން މަސައްކަތުގެ އަގު؟ ކޮބާ މަށަށް އޮތް މިނިސްޓަރުކަން؟ ދެން ހަރާން ކަލޭމެނާއެކު މަސައްކަތް ކުރާން.

  36. ރޮންދާ

    މިއީ ކޮންޤައުމެއްގެ ކެބިނެޓެއްބާ؟؟؟؟ ޔުނައިޓެޑް ސްޓޭޓްސް އޮފް ވިލާ ތަ......؟
    ހެހެހެހެހެހެހެހެހެހެހެހެހެހެހެހެ

  37. ބުރުމާ

    ޑަކްޓަރު މަހުލޫފަށް އޮތީ އެގްޒެކްޓިވް ބޮޑުވަޒީރުގެ މަޤާމް....... ހެހެހެ

  38. ވިސްނާ

    ކުރިންވެސް ތިކަހަލަކަމެއް ހިގާފާނެކަމަށް ހީކުރެވުނު އެއީ ތިކޯލީޝަނުގައި ވެރިކަން ބޭނުންވެލައްވާބޭފުޅުން ގިނަވީމަ މިހާރު މިއޮތީމިކަން ހަގީގަތަށްވެފަގާސިމްގެ ތިނިންމެވުންރަަގަޅު އެއީ ކެނެރީގޭ ނަޝީދުހުންނަވާތަނެއްގައި އޭނާވެރިކަންބޭނުންވެލައްވާނެތީނަމަވެސްތިދެފަރާތަށްވެސް އިތުބާރުނުކުރެވޭއެއީ ގާސިމް ނަޝީދަށް ނިސްބަތްކުރައްވާ ވިދާޅުވެ ލައްވާފައިވޭ އެއްހަރަކުން ދެފަހަރު ކަށްޓެއް ނުޖެހޭނެކަމަށް ޔާމީންސަރުކާރުގައި ފާޚާނަސާފްކުރަން ޖެއްސެވިނަމަވެސް ކުރަވާނެ
    ކަމަށް ނަމަވެސް ގާސިމް މިހެންބުނުއްވާފައިވަނިކޮށް ރަށްޔިތުންމަޖުލީހުގެރައީސްކަން
    ލިބިނުލެއްވިހިސާބުން މިހާރުފެންނަނީ އެހެންމަންޒަެރެއް ރައީސްކަން ކުރެއްވުމުގެ ޝަރުހަމަވާ ބޭފުޅަކު ހުންނެވިތޯ އެއްބޭފުޅަކީ 65 އަހަރުފެފައި ވާތީވެ ޝަރުތުހަމަވާ
    ބޭފުޅެއްނޫން އަނެއްބޭފުޅަކީ ކުރައްވާފައިވާ ކުށަކަށް 13 އަހަރުގެ ހުކުމެއް ތަންފީޒް
    ކުރައްވަން ޖެހިލައްވާ ފަރާތެއް މިފަދަ ހާލަތެއްގައި ތިއްބަވާ ފަރާތްތަކުން ކުރައްވަން
    އުޅުއްވާކަމެއް ރަގަޅުވާނެތޯ؟ އެއްބޭފުޅަކީ ވެރިކަންލިބިލެއްވުމުން ވެރިކަންކުރައްވަން
    ނޭގި އަމިއްލައަށް ވެރިކަންދޫކުރައްވާ ތިމަންމަނިކުފާނު އެކަންކުރެއްވީ ބޮލުގަބަޑި
    ޖައްސައިގެން މަޖުބޫރުކޮށްގެންކަމަށް ބުނުއްވާއިރު މިހާރި އެސިފައިންނާ، ފުލުހުން
    ނުތިއްބަވާނެތޯ؟އެހެންކަމަށްވާނަމަ ވެރިކަން ބޭނުންވެލައްވަނީ އިތުރަށް ގައުމު ހަލާކު
    ކުރައްވަންތޯ މިއީ އުފެދޭސުވާލެއް

  39. ހުށޭނު

    5. މިނިސްޓަރ އޮފް ޑިފެންސް: އަލީ ވަހީދު - މީނައަށް ކޯއްޗެއް އިނގެނީ ނޭޝެނަލް ސެކިއުރިޓީގެ؟ "ބޭޑް ޗޮއިސް"!
    7. މިނިސްޓަރ އޮފް ޓޫރިޒަމް: ކާނަލް މުޙައްމަދު ނާޒިމް - ތިއޮތީ މަޤާމް އޮޅިފަ! ނޭޝެނަލް ސެކިއުރިޓީ އަށް މިއަވުރެ ވަރުގަދަ ޝަހްސިއްޔަތެއް ނެތްކަން ޔާމީންވެސް ދެނިލައްވާނެ!
    8. މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވާރަމަންޓް: ޝޭޚް އިމްރާން އަބްދުﷲ - މިނިސްޓާ އޮފް ޓިނު ބެންޑިން އުފައްދާފަ އެ މަޤާމް ދޭންވީނު ކޮންމެހެން މަޤާމެއް ދެންޏާ؟ މިނައާ ހަމަ ގުޅޭ މި މަޤާމް؟
    21. މިނިސްޓަރ އޮފް ހިއުމަން ރިސޯސް އެންޑް ލޭބަރ: އަބްދުﷲ ކަމާލުއްދީން - ކަމާލުއްދީނަށް ވުރެ މައުމޫން މުސްކުޅި ވާނެ އުމުރުން.. މީނާއަށް ދެމާ މި މަޤާމް؟ ކުރިއަރާބަލަ!!!!!!!

  40. ނުރަބޯ

    ދުނިޔޭގެ ގައުމުތަކުގެތެރެއިން އެއްވެސް ގައުމެއްގައި އެއް ވުޒާރާއާއި ޙަވާލުކުރާ ކަމެއް އަނެއް ވުޒާރާ އާއި ޙަވާލެއް ނުކުރޭ އަދިމި ބޯނެތްބުރުމާ ސަރުކާރުގައި ނޫނީ. އޭގެއިންވެސް އެނގިގެންދަނީ ގައުމުގެ ވެރިކަން ކުރުމަކީ ބުރުމާ އަށް ކުރެވޭނެ ކަމެއްނޫންކަން.