މިރޭ މީސް މީޑިއާގައި ގައި އާއްމުވެގެން އުޅޭ ވީޑިއޯ އިން ފެންނަ މީހާއަކީ މީގެ މަސްތަކެއް ކުރިން ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، މިސްބާހު މުހައްމަދު (25އ) ކަން ފުލުހުން ޔަގީންކޮށް ދީފިއެވެ.

ފުލުހުންގެ މީގެ ކުރިން އާއްމު ކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުންނަމަ މިސްބާހު ހުރީ ޕާކިސްތާނުގެ ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހީނު ކުރެވިފައެވެ. އެހެން ފުލުހުން ބުނެފައި ވަނިކޮށް މިރޭ އާއްމުވި ވީޑިއޯގައި މިސްބާހު ބުނީ، އޭނާ ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ.
ޑްރަގް ނެޓްވޯކެއްގެ ދަށުގައި ހުރި ކަމަށް ބުނާ ފުލުހުން ދައްކާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށްވެސް މިސްބާހު ބުންޏެވެ.

އެ ވީޑިއޯއާ ގުޅޭގޮތުން ފުލުުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ފުުލުހުންނަށް ކަށަވަރު ކުރެވޭ މައުލޫމާތުތައް ކަމަށެވެ.

އިތުރަށް ބަލަންޖެހޭ ކަންތައް ބަަލަމުންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މިސްބާހު ވަނީ ދުބާއި އަށް ގޮސްފައެވެ.

މިސްބާހު ފުރުވަން އެހީތެރިވީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ.

އިރުފާން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި މީހެކެވެ.

އޭގެ ފަހުން މިސްބާހު ޕާކިސްތާނަށް ދިޔަކަން ވަނީ އެނގިފައެވެ. ވިސާ ހަމަވެގެން މާޗް މަހުގެ ތެރޭގައި މިސްބާހު ޕާކިސްތާނު އެމްބަސީ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އާއިލާ މީހުން ބުނެފައިވާ ގޮތުން މިސްބާހުއާ އެންމެ ފަހުން ބައްދަލު ވެފައިވަނީ އޭނާގެ އުފަން ރަށް، ނޮޅިވަރަންފަރު އިން ނޮވެމްބަރު މަހުއެވެ. މިސްބާހު އަކީ ނަފްސާނީ މައްސަލަތަކެއްވެސް ހުންނަ މީހަކަށް ވާތިވެ، އޭނާ އަކީ އަމިއްލަ އަށް ދަތުރުފަތުރު ކުރެވޭވަރު މީހެއް ނޫން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ފުލުހުން ދައްކާ ވާހަކަވެސް ނުވާނެ ގަބޫލު ކުރާކައް ކަމާ ނުގުޅޭ މީހުން ހައްޔަރުކޮއް ކުޑަގޮޅިޔައްލާ ބައެއް ފުލުހުންނަކީ ، ނަޝީދު ދަށުވެފަ ތިބީ ފުލުހުން.

    43
    10
    • .....

      ފުލުހުން ކުރާހާ ކަމެއް އާންމުކޮށް އިއުލާން ކުރާކަށް ނުޖެހޭ....ހުންނާނެ ސިއްރުކޮށްގެން އެދެވޭ ނަތީޖާއަށް ވާސިލްވެވޭނެ ކަންކަންވެސް

      20
      4
  2. ޕީޖޭ

    ފުލުހުން ދޮގުހަދަނީދޯ؟ ދޮންކަލޯ މަސްތުވާ އެއްޗެއް ދުވަހަކު ލޮލުން ނުދެކޭ..އައިނު ނަގާބަލަ..ތީި ބޮޓެއް

    18
  3. ހިޔާލު

    ކިހިނެތް އިނގެނީ މީ ކުރިން ނަގާފައިން ވީޑިއޯއެއްނޫންކަމެއްވެސް، މިފަދަ ހާލަތެއް މެދުވެރިވެދާނެތީ. މީހުން އޭނަ ހޯދަން އުޅެގަތީމަ މި ވީޑިއޯ ލާންވެގެން. އޭރަށް މީހުން ހީކުރާނެ އެއްނު މިސްބާހު ރަހީނުކޮށްފައެއްނޫނޭ..

    4
    1
  4. ޖޭ

    މިކަމާ ނަޝީދު އާއި ގުޅުމެއްނުވޭބާ..

    2
    3