ކޮވިޑް-19 ޖެހިގެން ފަރުވާހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މިއީ މިއަދު މި ބަލީގައި ރާއްޖޭން ނިޔާވި ތިން ވަނަ މީހާ އެވެ.

މިއަދު މިހާތަނަށް ކޮވިޑްގައި ތިން މީހަކު ނިޔާވެފައިވާއިރު، މިއަދު އެންމެ ފުރަތަމަ ކޮވިޑްގައި ނިޔާވެފައި ވަނީ 86 އަހަރުގެ ފިރިހެނެެކެވެ. އެ މީހާ ނިޔާވެފައި ވަނީ ރޭ 12:19 ހާއިރު އެވެ. އޭގެ ފަހުން މިއަދު ހެނދުނު 9:33 ގައި ވަނީ 100 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑްގައި ނިޔާވެފައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ކޮވިޑްގައި މިއަދު ނިޔާވި ތިން ވަނަ މީހާއަކީ 75 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފަރުވާ ހޯދަމުން ގޮސްފައި ވަނީ ހުޅުމާލެ މެޑިކަލް ހޮސްޕިޓަލްގައެވެ. އެ މީހާ ނިޔާވެފައި ވަނީ މިރޭ 8:40 ހާއިރު އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 188 އަށް އަރާފައެވެ.

އަދި މި މަހު މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 27 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދުތައް ދަށް ވަމުންނުދާއިރު، އެ ބަލީގައި އެންމެ ގިނަބަޔަކު މިހާތަަނަށް ނިޔާވެފައި ވަނީ މިދިޔަ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދު1

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    ނިޔާވާމީހުންގެ ނަން ޖެހުމަށް އެދެން. ޢިހައްދުވަހު ވެސް ގާތް މީހަކު ނިޔާވިއިރު ޚަބަރު ލިބުނީ ވަޅުލި ފަހުން. މިއަދުވެސް މޫނު ފެނުނީ ކިރިޔާ. މަރުވާ މީހާގެ ނަން ޖެހުމަަށް އެދެން.