އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދިނުމުގެ ލައިސަންސް އާއި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑު ޕޯސްޓް ފޮއްޓަކުން ލިބޭ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ އިން ފެށިގެން އެގޮތަށް ބަދަލު ގެނައި އިރު، މިދިޔަ އަހަރުން ފެށިގެން ލައިސަންސް ހެއްދުމާއި އާ ކުރުން ފަދަ ހިދުމަތްތަކަށް އެދެން ޖެހެނީ އޮންލައިންކޮށެވެ. އެކަމަކު ލައިސަންސް ކާޑު ބަލާ ދާން ޖެހޭނީ މިނިސްޓްރީ އަށެވެ.

މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި ބަދަލާ ކާޑު ތައްޔާރުވުމުން އެސްއެމްއެސް މެދުވެރިކޮށް މެސެޖެއް ލިބޭނެއެވެ. ކާޑު ލިބޭނީ މިނިސްޓްރީގެ ދެވަނަ ފްލޯގައި ހުންނަ ފޮއްޓަކުންނެވެ.

"12 ގަޑިއިރު ވަންދެން ކާޑު އޮންނާނެ. ކޮންމެ ގަޑިއެއްގައި ވެސް ބަލާ ދެވޭނެ" އޮފިޝަލް ވިދާޅުވިއެވެ.

އެއްގަމު އުޅަނދުގެ ލައިސަންސް ލިބެނީ ތިއަރީ ޓެސްޓަކާއި ޕްރެކްޓިކަލް ޓެސްޓެއް ފުރިހަމަ ކުރުމުންނެވެ.

އުމުރުން 18 އަހަރުވީމަ، ލައިސަންސް ލިބުނަސް، 16 އަހަރު ފުރުމުން ދުއްވާ އުޅަނދުތަކުގެ ލައިސަންސް ނެގޭ ގޮތަށް ބަދަލުކޮށް ދިނުމަށް އެދި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިމް ވަނީ މަޖިލީހަށް މިހާރު ބިލެއް ހުށަހަޅުއްވައިފައެވެ.

ރޯޑްވާދިނަސް އާއި ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ، އެލް10 ވެސް ދަނީ އޮންލައިންކޮށް ދޫކުރަމުންނެވެ. އެ ހިދުމަތްވެސް ދެމުން ދަނީ ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީން ވިދާޅުވީ އެ ބަދަލުތަކަކީ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރުގެ މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާ އެކު ހިދުމަތްތައް ރަނގަޅު ކުރުމަށް ގެނައި ބަދަލުތަކެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ހިދުމަތްތައް ހޯދަން މިނިސްޓްރީ ދޮށުގައި ކިޔޫގައި އެތައް ގަޑިއިރެއް ވަންދެން ތިބެން ޖެހުން ވެފައި ވަނީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށެވެ. ދުވާލެއްގެ މައްޗަށް 100 އެއްހާ ނަންބަރުން ދޫކުރާ އިރު އެ ނަންބަރު ހޯދަން ފަތިހުން ފެށިގެން ދިގު ކިއޫތައް އޮވެއެވެ. އެކަން އެހެން އޮންނާތީވޭ ފާޑުކިޔުން ވެސް އިންތިހާއަށް އަމާޒުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޑޫ ޝަކުވާ ބޯޓު

    ޝުކުރި އްޔާ މު އިއ އްޒު....
    ނަހަލާ ބާހަ އްޓާ ސަން އަ އިލެންޑުގަ...
    މިނިސްޓަރު ކަމުގަ އި މިވީހާ ދުވަސް ވީ އިރުވެސް، ހަރާން ވީކަމެ އް. (ޓްރާންސް ޕޯޓް މިން.:) އިހުނަށްވުރެ ބޮޑަށް އަޑި އެޅީ.

  2. ޕާޒްޕޯޒް

    ލައިސަންސު މުއްދަތު ހަމަވެގެން އެލް1 ފޯމް ފުރާފަ އަޕްލޯޑެއް ނުކުރެވެ ތިޔަ ޕޯޓަލް އަކުން. ޕޯޓަލް މަސައްކަތް ނުކޮށްގެން މިނިސްޓްރީ އަށް ދިޔައިމަ ބުނީ ޖުލައި30 އާއި ހަމައަށް މުއްދަތު ހަމަވެފަ އޮތް ލައިސަންސް ބޭނުން ކުރެވޭނެ ކަމަށް.

  3. ބުރާންޗާ

    ތީ މިހާރު ކާޑު ހަދާފައި ދޭންޖެހޭ ވަރުގެ އެއްޗެއް ނޫން. ކާޑުގެ ދެފުށުގެ ކޮޕީ އެމީހާގެ ފޯނަށް ފޮނުވާލީމާ އެމީހެއްގެ ޒިންމާއެއް އެމީހެއްގެ ކާޑު ޕްރިންޓްކޮށްގެން ގެންގުޅުމަކީ. ޕްރިންޓްކޮށްގެން ކާޑު ނުގެންގުޅޭނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ. މަގުމަތީގައި މިހާރު މިގެންގުޅޭ ފާސް ބަލާހެން ބެލޭނެ ގޮތަށް އެޕެއް ހެދީމާ ނިމުނީ. އޭރުން ވަގުތުން އެއީ ޞައްޙަ ކާޑު ގެންގުޅޭ މީހެއްތޯ ކާކުގެ ކާޑެއްތޯ ބަލާލެވޭނެ. މިޒަމާނުގައި ބޮޑު ފޮށިން ކާޑުނަގަން ޖެއްސުމަކީ ނާތަހުޒީބުކަމެއް.

    6
    1
  4. މައްކާރު

    މިބަދަލު ތަކަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްނޫން. ކޮވިޑްގެ ސަބަބުން މަޖުބޫރުވެގެން ގެނައި ބަދަލެއް.