ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަނީ- ފޮޓޯ: މަޖިިލިސް

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފެށުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ޖަލްސާ، މިރޭ ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިރޭ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 09:00 ގައެވެ.

ޤަވާއިދުތަކުގެ މަތިން ކޮންމެ ފެބުރުއަރީ މަހެއްގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާ ގޮތަށް އޮތްކަމުގައިވިޔަސް، މި ދައުރު ފެށުން ލަސްވެފައިވަނީ ސަލާމަތީ ބައެއް ކަންކަމާ ގުޅިގެންނެވެ.

މި އަހަރުގެ އައު ދައުރު ފެށުމުގެ ކުރިން ދައުރުން ބޭރުގެ ދެ ޖަލްސާއެއްވެސްވަނީ ފާއިތުވި ދެ ދުވަހު ބާއްވާފައެވެ. އަދި، އެޖަލްސާގައި މުޙިއްމު ކަންތައްތަކެއްވެސް ނިންމާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަކީ، ޤައުމުގެ ކަންކަން ރޭވިފައިވާ ގޮތާއި ސިޔާސަތުގެ ތަކުގެ މައްޗަށް އެކުލަވާލާފައިވާ ސިޔާސަތަކަށްވާއިރު، މިރޭގެ ބަޔާނުގައިވެސް ރައީސް އަބްދުﷲ ޔާމީން، މުޙިއްމު ކަންތައްތަކެއް ޙިއްސާކުރައްވާނެކަމަށްވެސް ބެލެވެއެވެ.

މިއަދު މަޖިލިސް ފަށާ، ރިޔާސީ ބަޔާން އިއްވަވާނެކަމަށް ރޭ، ޕީޕީއެމްގެ މަޖިލިސް މެންބަރުން ވިދާޅުވެފައިވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މިތިބީ ކެތްމަދުވެފަ

  2. މަޖުލިސް ނުފެށިގެން މަޖްލިސް ފަށާނީ ކޮންއިރަކުންތޯ ބަލަން ފަރުމަތިންފުމެ ތެޅުނު މީހުން މިރޭ ޖަލްސާއަށް ދާނެބާ! ފާރުމަތިން ފުންމި ފުންމުމުގެ އިޚްލާޞްތެރިކަން ދައްކަބަލަ ނިކަން!

  3. ރައީސް އިއްވަން ބޭނުން އެއްޗެއް އިއްވާ ކުރައްވަން ބޭނުން ކަމެއް ކުރައްވާ.. އަދުރޭ ބުނިހެން މިއަދު ކުރެވިދާނެ.. މާދަމަޔަކު ނުކުރެވޭނެ... ދުވަހެއް އަންނަން އޮތްކަން ދެނެހުރެ ތިކުރާ ހުރިހާކަމެއް ކުރާތި...

  4. ބްރިޖްގެ ކުރެހުން ހަގީގީ މަންޒަރަކަށް ބަދަލުވެގެން ދަނީއޭ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ މަމެން މީ ބްރިޖް އިންޖިނިއަރިންގެ ވަރަށް ބޮޑެތި މީހުންނޭ މަމެންނަށް ވަނީ ބްރިޖް އިންޖިނިއަރިންގްގެ ރޮގުން ދުނިޔޭގެ އެވޯރޑް ވެސް ލިބިފައޭ އިނގޭތޭ. ތަމެން ރަންރީނދޫ ބޮޑޭ އަށް ބްރިޖް އިންޖިނިއަރިންގް ނޭގުން އެއީ އޭނާގެ ގައި ގައި ހުރި ދަ ބަނޑު އަކިރި ކަން ބޮޑު ކަމުންނާއި އަދި އޭނާ ގަމާރުވެފައި ޑަމްބް ކަމުންނޭ މަމެން ބުނަން ނެތީމު ދޯ. އޭނާ އިންޑިއާ އާއި ގުޅިގެން ބްރިޖް އަޅަން އުޅުނުނަމަ އަޅަމުން ދާ ވަރަށް ބްރިޖް ދާނީ ވެއްޓެމުންނޭ މަމެން ބުނަން ނެތީމު ދޯ. އިންޑިއާ މީހުންނަށް އަޅަން އިނގޭ ބްރިޖް ހުރޭތޭ އެމެން މިހާތަނަށް އެޅިއްޔާ އެޅި ހުރިހާ ބްރިޖް އެއް ހުންނަނީ ވެއްޓިފައޭ އިޓްސް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް.

  5. ސަބަސް މަގޭ ރައީސް! ތިޔައީ ކެތްތެރި ލާމަސީލު ވެރިޔެއް!

  6. ރައްޔިތުން އަމަލު ކުރަން ނުޖެހޭ ކުއްލި ނުރައްކަލެއް ނުހުންނާނެއޭ ރާއްޖޭގެ ނޫސްވެރިންނަކީ އެެމެން އަމިއްލަ އަށް ފަނޑިޔާރު ކަން ކުރެވޭނެ ބަޔެއް ނޫނޭ އަދި މަޖްލީހުގެ މެމްބަރުންނަކީ އެއީ ފަނޑިޔާރުންނެއް ނޫނޭ ފަނޑިޔާރުންނޭ ކަންކަން ނިންމާނީ އެކަން ނިންމާނީ ކޯޓުންނޭ ސްޕްރީމް ކޯޓުން އިއްޔެ މަޖްލީހުން ފާސް ކުރި ކުއްލި ނުރައްކަލުގެ ގަރާރު ބާތިލް ކަމަށް ނުނިންމައޭ އެހެން ކަމަށްވާނަމަ އިއްޔެ މަޖްލީހުން 38 މެމްބަރުންގެ ވޯޓް އިން ފާސް ކުރި ގަރާރަކީ އެއީ ޕާރފެކްޓް ގަރާރެކޭ ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ކޮއްޅަށް ތިބެ ދެފައި ދަނޑި އަށް ސީލިއްޔާ މާ ތާހިރު ވާނެ އެއް ނޫންތޭ.

  7. އަހަރުން ނަށް ކީއް. ބޭނުން ކަމެއް ކުރަން ބައިތިއްބާ.