މާލެ ސިޓީގެ ކަރަންޓާއި ފެން އަދި ކުނި ނައްތާލުމުގެ އަގުތައް ރައްޔިތުންގެ އަތްފޯރާ ހިސާބަށް ގެންނަން މަސައްކަތް ކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ ފެނުގެ ޚިދުމަތާއި ކަރަންޓުގެ ޚިދުމަތާއި ފާޚާނާގެ ޚިދުމަތް ދިނުމަނީ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އާންމު ހިދުމަތްތައް ދެނީ ތިން ވަނަ ފަރާތަކުން ކަމަށްވާނަމަ އެފަރާތްތަކާއިއެކު ސިޓީ ކައުންސިލުން އެގްރިމެންޓްތަކެއް ހަދަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވާތީ އެގްރިމެންޓްތައް ހެދުމަށް އަންނަ ހަފްތާގައި ސްޓެކްލޯ، އެމްޑަބްލިޔުއެސްސީ އަދި ވެމްކޯ އާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުޞަދަކަށް ވާނީ އެއެއްބަސްވުންތަކުގައި މާލޭ ރައްޔިތުންނަށް އެދެވޭ ގޮތެއްގައި، އަތްފޯރާ ފަށެއްގައި މިހިދުމަތްތައް ލިބޭކަން ކަށަވަރުކޮށް ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ލިބޭކަން ޔަގީންކުރުން." މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިހާރު ކަރަންޓާއި ފެނުގެ އަގު ހުރީ އަތްފޯރާފަށުގައި ނޫންކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. އަދި ވެމްކޯގެ ހިދުމަތްތައް ވަރަށް ދެރަކަމަށް މުއިއްޒު ވިދާޅުވިއެވެ. "މިތިން ކުންފުނިން މިދެނީ ކައުންސިލުން ދޭން ޖެހޭ ހިދުމަތެއް. ތިން ވަނަ ފަރާތަކުން ހިދުމަތްތައް ދެންޏާ ކައުންސިލުން އެއްބަސްވުންތައް ހަދަން ޖެހޭނެ ކަމަށް ގާނޫނުގައި މިއޮތީ ސާފުކޮށް ބުނެފައި. އެހެންކަމުން މިއެއްބަސްވުމުގެ ޒަރީއާއިން އަޅުގަނޑުމެން ޔަގީންކޮށްދޭން ބޭނުން ވަނީ މާލޭގެ ރައްޔިތުންނަށް ދެވޭ ފެނާއި ކަރަންޓާއި ކުނި ނައްތާލުމުގެ ހިދުމަތަކީ ރައްޔިތުންގެ އަތްފޯރާފަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ ހިދުމަތެއްކަން ޔަގީން ކުރުމަށްޓަކައި ސިޓީ ކައުންސިލުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނަން." މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފެރީގެ ހިދުމަތް ދޭނަމަ އެކަމުގެ އެއްބަސްވުން ވެސް ހަދަން ޖެހޭނެކަން ގާނޫނުގައި ބުނެފައިވާކަން މުއިއްޒު ފާހަގަ ކުރެއްވެވިއެވެ. އެހެންކަމުން ވިލިމާލޭ ރައްޔިތުން އެދޭފަދަ ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީ އާއިއެކު މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކަލޭމެން ގެ ކައުންސިލާއި ފެނާއި ކަރަންޓު ހަވާލު ކުރެވޭތޯ އިބޫ ކޯލިޝަނަށް ޓެލެކުހެއް ޖަހާއިގެން މިއުޅެނީ@ އަދި ޚަބަރެއް ނުވޭ
އަތް ފޯރާފަށެއްނޫން....ހިލޭ ދޭންވީ...އޭރަށް އެ ފައިސާ ކޮޅު ހުންނާނެ ރައްޔިތު މީހާ އަށް ފުދުންތެރިކަން ލިބިގަތުމަށް...ވެރިކަން ހޯދުމަށާއި ވެރިކަމުގައި ދެމިހުރުމަށް އަދި ސަރުކާރުން ލާރި ގަނޑެއް ދަވާލުމަށް ޓޫލް އެއްގެ ގޮތުގައި ތި ހިންގާ ޕްރޮޖެކްޓް ތައް ހިންގަންވީ އަސާސީ ހިދުމަތްތައް ހިލޭ ދީފަ އޭގެ ފަހުން....އޭރަށް މިހާރު ރައްޔިތުން އެ ދައްކާ ފައިސާ އެމީހުންގެ ޖީބުތަކުގައި ބެހެއްޓި އެމީހުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ...ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމުގެ ނަތީޖާއަކީ ތި ގެންނަން އުޅޭ ތަރައްގީ ހަގީގީ ގޮތުގައި ބުރަ ކަމެއްނެތި ގެނެވިގެން ދިއުން....ވަގުތު ނަގާނެ...ނަތީޖާ ރަނގަޅުވެ ދެމިތިބެވޭނެ
އަމާޒެއްއޮތުމަކީ ވަރަށްމުހިއްމުކަމެއް ހުންގާނުނެތްދޯންޏެއް ލާހޫރޭފަދައިންދާނަމަ އަދި މަށްހުންނަ
ފައިސާ ގެއްލާނަމަ ( ކަރަޕްޝަނުގައި ) އެކަމުގެގެއްލުންކުރާނީ ރަށްޔިތުންނަށް މީގެކުރިން
އެގޮތްވެފަ މިހާރު އަތްފޯރާފަށަށް އަންނަނަމަ..........