ފުވައްމުލައް ސިޓީގައި ކޮވިޑް-19 ޖެހިފައި 202 މީހަކު ތިބިކަން އެ ސިޓީގެ ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކައިފިއެވެ.

އެ ސިޓީން އާއްމުކޮށްފައިވާ މައުލުމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ސީޓީން 10 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ހަތް މީހަކާއި، ތިން ބިދޭސީއެކެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ފައްސިވެފައި ފްލޫ ކްލިނަކަށް ދެއްކުމުން ނެގި ސުންކުތަކުންނެވެ. އަދި ހަތް މީހަކު ފައްސިވެފައި ވަނީ ފައްސިވި ބަޔަކާއި ގާތުން އެއްތާވުމުން ޓެސްޓު ކުރުމުންނެވެ. އަދި އެކަކީ އެ ސިޓީން ވަކި ތަރުތީބެއް ނެތި ނެގި ސުންކަކުން ކޮވިޑަށް ފައްްސިވި މީހެކެވެ.

އެ ސިޓީގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 125 މީހަކީ ދިވެހިންނެވެ. އަދި 77 މީހަކީ ބިދޭސީންނެވެ.

އެ ސިިޓީގައި ފައްސިވެފައިވާ މީހުންގެ ތެރެއިން 33 މީހަކީ ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވި މީހުންނެވެ. އަދި 129 މީހުންނަކީ ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ ތެރެއިން ފައްސިިވި މީހުންނެވެ. އަދި ފްލޫ ކްލިނަކަށް ދެއްކުމުން ޓެސްޓު ކުރި 39 މީހަކުވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ.

ހޮސްޕިޓަލްގެ މައުލޫމާތަށް ބަލާއިރު، އެ ސިޓީން ޖުމްލަ 616 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނާ

    ގާނޫނާ ހިލާފައް ވިސާ ނެތި އުޅޭ 1200 ބިދޭސީން ތިޔަ ސިޓީގަ އުޅޭކަން ސިޓީކައުންސިލް އައްއިގޭ ކަމީ ސިޓީކައުންސިލް ވެސް ފެއިލްވެފާވާ ކައުންސިލެއްކަން..

  2. ކާފަބޭ2020

    އިންތިޚާބާދިމާކޮށް މަ އިމޫނާގެޚާ އްޞަހު ހުއްދައިގެދަށުންފޮނުވި ހަދިޔާޕެކޭޖުތައް ތިޔަފެނިގެންދަނީ މާމޫނާ އަށްބޯކޮށްސަލާމް ވަގުތުނެތޭވަގުތުނެތޭ އެހީވާނެޔާރަކުނެތޭ މާމޫނާނެތޭ