ޕީޕީއެމްގެ ސަރުކާރެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ނަޝީދަށް ދިން ހަމަލާ އެންމެ ފުރިހަމައަށް މިސަރުކާރުން ތަހްގީގު ނުކުރާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ވިދާޅުވަމުން ގެންދަވަނިކޮށެވެ. "ސީއެންއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ޝިޔާމް ވިދާޅުވީ ނަޝީދަށް ދިން ހަމަލާ ކޮންމެ ޕްލެޓްފޯމެއްގައި ވެސް ކުށްވެރިކުރާނެ ކަމަށާއި މި ސަރުކާރުން ނަޝީދަށް އިންސާފު ހޯދައިނުދީފިނަމަ ޕީޕީއެމްގެ ސަރުކާރެއްގައި ނަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.

"ރައީސް ނަޝީދަށް ދިން ހަމަލާ އަޅުގަނޑު ކުށްވެރިކުރަން. ކޮންމެ ޕްލެޓްފޯމެއްގައި ވެސް ކުށްވެރިކުރަން. މި ސަރުކާރުން ރައީސް ނަޝީދަށް އިންސާފު ހޯދައި ނުދީފިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނެ" ޝިޔާމް ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާރު މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީ އަށް ތާއީދުކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުގެ ބަދަލުގައި އެ ކޮމިޓީން އެ މައްސަލަ ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަމީލްގެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހިންގާ ޕާލަމެންޓްރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ފޮނުވި ސިޓީގައި އޭނާ ސޮއިކޮށްފައިވާތީއެވެ.

"ރައްޔިތުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފިކަމަށް ގަބޫލުކުރެވޭ ކަމަށްވާނަމަ އެމައްސަލަ ބަލަން އޮތް ކޮމެޓީއަކީ އިމްތިޔާޒް ކޮމެޓީ. އަދި ވަކިފަރާތަކަށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވަން ފިޔަސް ފުލުހުންނަށް ފޮނުވަން ކަމަށްވިޔަސް ރައްޔިތުން މަޖިލީހުގެ އިޖުރާއަތްތައް ފުރިހަމަ ކުރެވިގެން އެކަން ކުރެވެން ޖެހޭނީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ވަކި ކޮމިޓީއަކުން އެގޮތަށް ކަންތައް ކުރުމަކީ ނަޝީދަށް އިންސާފު ހޯދައިދިނުމަށް މަޖިލީހުން ފެށި މަސައްކަތުގެ ރޫހު ގެއްލިގެންދިޔަ ކަމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލައެއްގައި މަޖިލީހަށް ފޮނުވި ސިޓީއެއްގައި ޑިފެންސް މިނިސްޓަރުގެ ނައިބު ލައްވާ ސޮއިކުރުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި މިއީ ސީދާ ކަނޑައެޅިގެން ކަމުން ރެކިވަޑައިގަންނަވަން މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހާ ހިސާބުން ވެސް މަގާމުން ޑިފެންސް މިނިސްޓަރު އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި ސިޓީއެއްގައި ސޮއެއް ކޮށްލަން ނުކުރުނު މިނިސްޓަރަކަށް މަގާމުގައި ދެމި ހުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން ބޭރުކޮށްލީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ވެސް ވޯޓުންނެވެ. އެއާއިއެކު ނަޝީދުގެ ފެކްޝަނުން އަންނަނީ ރައީސް ސޯލިހްގެ ފެކްޝަނަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ވަގުތު.އެސް

  ދުނިޔޭގެ ހުރިހާތަނެއްގައިވެސް އޭރެއްގެ ރައިސެއްގެ ވެރިކަން ގެއްލުނީމަ އެމީހަކަށް ކިޔަނީ ކުރީގެ ރައިސޭ ، އެހެނެނޫން ކޮންމެކަމެއްގައިވެސް މިބައިގަނޑުގެ ލަދުހަޔާތް ކުޑަވަރު ބަލާބަލަ، މިކަމުގައިވެސް އަމިއްލަޔަށް ލަގަބުޖަހައި، ނަޝީދަކީ ފޮޓޯދައްކާވަރު މީހެއްތަ، މީނަގޮޑިޔަށްވެސް ހޮވުނީ ކިރިޔަ ކިރިޔާ. ނުފޫޒުން ކޮންމެ ކަމެއްވެސް އަބުރާލައި އެއީރަނގަޅުގޮތްކަމަށް ހަދައި އޮޅުވާލުން މުޅިވެސް މިއޮންނަނީ.

  1
  2
 2. ޗަކޮއި

  ކުރިންވެސް ހޯދަ އިދިން ގޮތަށް ކުޑަ ގޮޅިންތަ؟

  1
  1
 3. ހުސެން

  ޖަލުގަ ބާއްވައިގެންތޯ؟

  • ސެންޗޯ

   ޢިންސާފު ހޯދައި ދެވޭނީ ކިހިނެއް އިންސާފު ނޭގޭ ބަޔަކަށް

 4. ޝިޔާސް

  އޭ އޭ ޝިޔާމް މޮޔަނުގޮވާ، ކޮބައިތަ އޭނަޔައް ނުލިބޭ އިންސާފެއް؟ އަނެކުންނަ ކޮބައިތަ ވަކި އިންސާފު ލިބިފަ؟ ތިކަހަލަ ސިޔާސީ ސްޓަންޓް ޖައްސަން އުޅެގެން ލިބޭނީ ދިވެހިންގެ ނަފްރަތް.

  1
  1
 5. ބަރުގޮނު

  ޝިޔާމް ގެ ތިޔަ ވާހަކައަކީ ހަމަ މަތި އޮމާން ކޮށްލުމެއް. ޕީ.ޕީ.އެމް/ޕީ.އެން.ސީ ސަރުކާރެއްގައި ނަޝީދަށް ރަގަޅުވާ ގޮތަކަށް ކަމެއް ކޮށެއް ނުދެވޭނެ. ހަމަ އެގޮތަށް ނަޝީދު ގެ ބާރު ހިގާ ސަރުކާރެއްގައި ތިޔަ ދެޕާޓީ ގެ އިސް ފަރާތްތަކަށް ރަގަޅުވާ ގޮތަށް ކަމެއް ކޮށެއް ނުދެވޭނެ.

 6. އަމްބާ

  ރިހާކުރު އުނދުޅިތެރެއަށް ހަކުރުއަޅަން ނޫޅުއްވާ.

 7. ޒަބީބު

  ތިޔަބޭފުޅުންގެ ވެރިކަމުގައި ރައީސް ނަޝީދަށް އިންސާފް ލިބިދޭގޮތް ތިޔަބޭފުޅުން ވަނީ ދައްކައިދީފައި. އަބްދުﷲ ޤާޒީ ރަހީނުކުރި މައްސަލަިގައި ރައީސް ނަޝީދަށް އެއިރުގެ ޕްރޮސެކިއުޓާރ ޖެނެރަލް އުފުލި ދައުވާގެ ޝަރީއަތުގެ މަޖިލީސް ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި އޮއްވައި ދައުވާ އަމބުރައި ގެނައުމަށްފަހު ދައުވާ ބަދަލުކޮށް 10 މިނިޓް ތެރޭގައި އައު ދައުވާ - ޓެރަރިޒަމްގެ ދައުވާ އުފުލައި ނަޝީދުއަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވައި ޖަލަށްލުމުން ތިޔަބޭފުޅުންގެ ސަރުކާރެއްގައި ރައީސް ނަޝީދަށް އިންސާފް ހޯދައިދެއްވާނެގޮތް އެއޮތީ ސާފުވާން. އަދި ތިޔަބޭފުޅުންގެ ސަރުކާރުގައި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ފަނޑިޔާރުގެ ކެންގަރޫ ކޯޓަށް ބަދަލުކޮށް ކޯޓުން އިއްވަންޖެހޭ ހުކުންތަށް ދޫވެހީގެ ސިޓިންގރޫމްގައި ތިބެ ތައްޔާރުކޮށް ދިވެހިރާއްޖޭގެ ޕޮލިޓިކަލް ލީޑާރޝިޕާއި ފަނޑިޔާރުން ނަން ހުސްކޮށް ޖަލަށްލަމުން ދިޔަގޮތަށް ބެލީމައި ތިޔަބޭފުޅުންގެ ސަރުކާރެއްގައި ޤާނޫނީ ހުކޫމަތް ދަމަހައްޓާނެގޮތާއި އިންސާފް ހޯދައިދޭނެ ގޮތް އެއޮތީ ތާރީޚުން ފެންނަން. ވީމާ ތިޔަބޭފުޅުންގެ ސަރުކާރެއްގައި އިންސާފް ހޯދާދޭނެ ވާހަކަ ދެއްކީމައި ދިވެހި ރައްޔިތުން ގާތަށް އަންނަނީ ފާޑެއްގެ ނުލަފާ ހިންޏެއް. އަހަރެމެނަށް ރަންގަޅީ އެކަހަލަ އިންސާފު ނުލިބުނިއްޔާ!

  1
  1
 8. ކިނޯ

  ކަލޭމެން ތިވާހަކަ ދެއްކީމަ އަހަރުންގާތަ އަންނަނީ ހިނި ............

 9. ބޮކި

  ހަމަ ހިނިއަންނަނީ......................................................

 10. ދިވެހިން

  ރ ނަސީދަށް އަމާޒުވި ޓެރަރިސްޓް ހަމަލާގެ ތަހްގީގާ އި
  ޝަރީޢަތް އިންސާފް ވެރިކަމާ އި އެކު ނިންމޭނީ ޕޕމ ސަރުކާރެއއ އްގަ އެވެ 2023ގަ އި އަންނަ ޕޕމ ސަރުކާރުން
  ރ ނަސީދަށް ފުރިހަމަ އިންސާފް ލިބިވަޑައ އި ގަންނަވާނެ އެވެ.

 11. ވިސްނުން

  ސަޅި

 12. ސެންޗޯ

  ޢިންސާފު ދަންނަ ބަޔަކަށް އިންސާފު ހޯދައި ދެވޭނީ