ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ފުލުހުންނާއި ވަކިވަކި ސިފައިން މިއަދު ހާޒިރުވާން ނިންމައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ މިއަދު ފުލުހުންގެ ދެ އޮފިސަރަކާއި ސިފައިންގެ ދެ އޮފިސަރެއް ވަނީ ކޮމެޓީއަށް ހާޒިރުވާނެއެވެ. މިއީ ފުލުހުންގެ ޚިދުމަތާއި ސިފައިންގެ ޚިދުމަތުގައި ހިމެނޭ އިދާރާތަކުގެ ޑެޕިއުޓީ ފެންވަރާއި އެއަށް ވުރެ ދަށުގެ އޮފިސަރުންނެވެ.

މިއަދު ހެނދުނު 10:00 ގައި ފުރަތަމަ އޮފިސަރާ ބައްދަލު ކުރަން ކޮމިޓީ ބައްދަލުވުމެއް ތާވަލުކޮށްފައިވާ ކަމަށް އެނގިފައިވެއެވެ.

ފުލުހުންގެ ދެ އޮފިސަރަކާއި ސިފައިންގެ ދެ އޮފިސަރަކު މިއަދު ހާޒިރު ކުރާއިރު މީގެ ކުރިން ސިފައިންގެ ވަކިވަކި ބޭފުޅުން ހާޒިރު ކުރަން އެމްއެންޑީއެފްގައި މަޖިލީހުން އެދުމުން އެ ކަމަށް އެ އިދާރާއިން ދެކޮޅު ހެދިއެވެ. އަދި ޖަވާބުދާރީ ކުރަން ޖެހޭނީ މުއައްސަސާ ކަމުގައި ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެހެންވިޔަސް މިހާރު ވަކިވަކި އޮފިސަރުން ހާޒިރު ކުރަން ފަށާފައިވާއިރު މަޖިލީހުގެ ކޮމިޓީން ބޭނުންވާ ހުރިހާ އޮފިސަރުން ގެނައުމަށް ނިންމާފައިވާ ކަމެއް އަދި ސާފެއް ނޫނެވެ. ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި 29 ސިފައިން ހާޒިރު ކުރަން އެދިފައިވާނެއެވެ.

ވަކިވަކި ސިފައިން ހާޒިރު ކުރަން ދެކޮޅު ހަދައި މަޖިލީހަށް ފޮނުވި ލިޔުމުގައި ސޮއި ކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި ދައުވާ އުފުލަދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވިއެވެ. އެކަމަކު، ފުލުހަށް މައްސަލަ ހުށަހަޅަން ލަފާދީ ޕީޖީން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

މި މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ވެސް ހުށަހެޅުނެވެ. ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ބޭރުކޮށްލީ އެމްޑީޕީގެ މެންބަރުންތަކެއްގެ ވޯޓާ ވެސް އެކުގައެވެ. މި ކަމާއެކު ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އަރިސް ބޭފުޅުންގެ ނުރުހުން އަމާޒުވެ އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއެކު އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަތްމަކަށް އިތުރު ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ރައްޔިތުން ގާނޫނުހަދަން މެމްބަރުން ހޮވީމަ ރައްޔިތުންނަށް ކޮށްދޭ ކަމެއް ބުނެ ބަލާށެވެ. ކުރާ ކަމެއް ނުފެނެ އެވެ.

  2. ކަމަނަ

    ހެދިފައިވާ ގަވާއިދުތައް ސިފައިން އަމިއްލައަށް ތިޔަ މުގުރާލަނީ! ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެ!!

    7
    1
  3. ކާފަބޭ2020

    މީގެކުރިން ވެދިޔަމަރުތަކަށްއަދިވެސް100ދުވަސްނުވަނީތޯ؟ ރައިއްޔަތުންނަށްވީވައުދު ހަމަތިޔަސްޕީޑުގަކުރިޔަށް ނުގެންދެވުނީ ކީއްވެތޯ؟ ކުރިންވެސްރައީސަކަށްހަމަލާދެވުނު އެންމެފުނަށްފީނާނޭވާހުސްވެގެންމައްޗަށްއެރިއިރު އެންމެގާބުރިއެއްގެމިންވަރުވެސްފުރޮޅާނުލެވުނީ ކީއްވެތޯ؟ އިންސާނީކަރާމާތަކީ އެންމެމީހަކަށްލިބިގެވާހައްގަކީތޯ؟ ޔަހޫދީންގެއެޖެންޑާހަމަތަފާތުވާނެދޯ؟

  4. ކާފަބޭ2020

    އޭތްއޯތްބޭކަލުންނޭބޭކަނބަލުންނޭ މިދަމާގެރިގުއިރޯނުގާނުޖެހޭށެވެ. ތިޔަދަމާރޯނަކީ ހިތްވަރުގަދައަބުތޯލުންތަކެއް މާކުންބޭގެބަނޑުފަޅާތީ ދަމާރޯނުތަކެވެ. ޔޫއެންއަށްޝާހިދުދިޔައީ އިންޑިޔާގެހެޔޮއެދުމާއެކުނޫންތޯ ދެންކުރިމަތިލީ ކޮންތާކުންތޯ އެމެރިކާއިން އެތަކެއްމިލިއަންޑޮލަރު ދިނީކީއްކުރަންތޯ؟ މިދެގައުމުގެ ނުފޫޒުން ތިމަގާމުލިބުނީމަ މިހަދަނީކޯޗެކޭތޯކިޔާނީ؟ ހަނގުރާމަފެށެނީކޮންއިރަކުންކަމެއްނޭގެ ނިކަމެތިވާނީ ދިވެހީން އުފާކުރާނީޖީބުތައްފުރޭނީ ޣައްދާރުންގެނ