ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން "ދަންޖައްސަން" ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، ރިޔާސަތުގައި އިންނެވި، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް ސިޓީއެއް މެދުވެރިކޮށް މެންބަރު ހިސާން ގެނެސްދެއްވާފައިވެއެވެ.
މި މައްސަލަ ފުލުހަށާއި، ޑިފެންސް މިނިސްޓްރީ، އަދި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް ހުށަހަޅުއްވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވިއެވެ.
އާންމު ގޮތެއްގައި މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ސަން ސިޔާމް މިދިޔަ އާދީއްތަ ދުވަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން އެމްޑީޕީގެ މެންބަރުން އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ.
އެ ކޮމިޓީ ބައްދަލުވުން ނިމިގެން ކޮމިޓީގައި ބައެއް މެންބަރުން ތިއްބެވި ވަގުތެއްގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސައްކަތަތަކަށް ފާޑުވިދާޅުވަމުން އެ ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވާ ހިސާނަށް ބަހުގެ ހަމަލާތަކެއް އޭނާ ދެއްވި ކަމުގައިވެއެވެ.
މި ގޮތުން ހިސާން "ދަންޖައްސަން" ޖެހޭ ކަމަށް ސިޔާމް ވިދާޅުވާ އަޑު ހިމެނޭ އޯޑިއޯ ކްލިޕެއް ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ އާންމު ވެސް ކޮށްފައެވެ.
މިކަމާ ގުޅިގެން ސިޔާމް ވިދާޅުވެފައިވަނީ "ދަން ޖައްސަން" ޖެހޭ ކަމަށް އޭނާ ވިދާޅުވީ އެ ކަން ކުރުމުގެ މާނައެއްގައި ނޫން ކަމަށާއި އެފަދަ އެއްވެސް ނިޔަތެއްގައި އޭނާ ވިދާޅުވެފައިވާ ވާހަކައެއް ނޫން ކަމަށެވެ.
241 ކޮމިޓީގެ އެ ބައްދަލުވުމަށް ސިޔާމް ހާޒިރުވެވަޑައިގެންނެވިއިރު އެ ކޮމިޓީ ބައްދަލުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ފޫއަޅުވާލި ގޮތުގެ މައްޗަށް އެ ކޮމިޓީން ހިންގާ އިންކުއަރީއާ ގުޅޭ ބައްދަލުވުމެކެވެ.
ބަރާ ބަރު !އަދި ދިގު މުއްދަތަށް ޖަލު ގައި ބެހެއްޓުމަށް ސިޓީ ގައި ބަޔާން ކުރި ބާ؟
މިގައުމްގަ ރައިތުން ހަނާވަނީ ކޮވިޑުން އާއިލަތައް ބަޑައްޖެހެނީ އަދިވެސް މިބައިގަޑުގެ އަމިއްލައެދުމާއިގެން. ޔާއަްﷲ އަޅަމެން ގެ ރާއްޖެ މިނުބައިބައިގަދުގެ ކިބައިން ސަލަމަތް ކޮއްދެއްވާދޭވެ.
ރައްޔިތުން މަޖިލިސް ގެ މެމބަރު އެމަޖިލިސް ގެ އިމާރާތުގައި ދައްކާ އެއްވެސް ވާހަކަ އަކީ ކުއްވެރިވާނެ ވާހަކއެއްނޫނެއް.. އެހެން ވީމަ ނޫންތަ ހައްދުފަހަނާ އެޅިމީހުންނޭ ނާތަހުޒީބު މީހުނޭ ވަގުންނޭ ވެސް ގޮވަނީ
މީހުން ވަޅިޖަހަންވެސް ބުނޭ އޭގެމާނައަކީ ކުއްވެރިވީތާ
ލިޓްރލީ... ޢެމްޑި އެން އެންމެންވެސް. ލޮލް އެހެންބުނާ މީހަ ގޯސްވާނީ. މިމީހުން ހެޔޮ ކިތަންމެ ވަރަކަށް ދީނަށް ފުރަ އްސާރަ ކުރިޔަސް. ޢެއ އީ މިނިވަންކަން. ޑިމޮކްރެސީ ފަ އްކާވަނުން އަންނަ އިރު އެބެ ފެނޭނު ހަމަހަމަކަންވެސް.
ޢަހަރެމެން ތިބެންވީ ހަ އްޕުކިޔަ އިގެން. މިމީހުން ބޭނުން އެއ އްޗެ އް ކިޔަންވީ.
މީއެއްކަލަ ކުޅަދޭމީހުން ނުކުޅަދޭމީހުންގެ ވާހަކަ ދެއްކިގޮލާތަ ؟
ރައްޔިތުން މަޖިލިސް ގެ މެންބަރު އެމަޖިލިސް ގެ އިމާރާތުގައި ދައްކާ އެއްވެސް ވާހަކަ އަކީ ކުއްވެރިވާނެ ވާހަކއެއްނޫނެއް..ހަމަ ހުސް ގުދޯ ގެދޯ..
މިހާރު މަޖިލީހުގައި ދައްކާ ވާހަކަ ފުލުހުންނަށް ތަޙްޤީޤުކުރެވޭތޯ؟ މިއޮތް ހުރިހާ ދުވަހު ބުނީ މަޖިލީހުގައި ބޭނުން ވާހަކައެއް ދެއްކޭނެ ކަމަށް. މި މީހުންނާ ޖެހުނީމާ މި މީހުންނާ ދެކޮޅަށް ދެއްކޭ ވާހަކަތައް ފުލުހުން ލައްވާ ބެލެވޭ. އިންސާފުގެ އެންމެ މަތީ ދަރަޖަ. ވަރަށް ސަލާމް
މީއެއްކަލަ ހަޖަމް ނުވާބައިގަޏޑު މިމީހުން މީހުންނާ ދިމާލައް ކިތަންމެ އެއްޗެއްކިޔަސްހެޔޮ އެއީ ހެޔޮނިޔަތުގަ ކިޔާއެއްޗެއް
އަނެއްކާ ކިޔަނީވެސް ކިޔަން ހައްގު އެއްޗެއްކަމައް ދެކޭނީ އެހެންމީހަކު މިމީހުންނާދިމާލައް ލޮލުގެ ކުޑަކޮޅުންބަލާލިއަސް
އޭނާ އަހަންދިމާލައް ލޮލުގެ ކުޑަކޮޅުންބަލައިފި އޭނާއެއުޅެނީ އަހަރެން މަރާލަން އޭނާއަކީ ހަރުކަށިފިކުރުގެ މީހެއް ކިޔާފަ މައްސަލަ ހުށައަޅާތަން ފެންނާނީ އުސޫލަކީ ޖަންގަލީގެ އުސޫލު ބޮޑުއެތި ނިކުމެ ކުޑައެތި ކާލާގޮތް
ޖަލުހުކުމް އަންނާނެ މިހާރު ކޮމެންޓެއް ކޮއްލިޔަސް އެވެސް އަދި ނިކަމެއްޗެއްވެއްޖާ.