ނިރުބަވެރި ހަރަކާތްތަކާއި އަމަލުތަކަށް ހިތްވަރުދޭ ބިދޭސީން ރާއްޖޭގައި އުޅެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖައްސައިދެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ތިން ބާރުގެ ވެރިންގެ އިތުރުން ވެސް ރައްކާތެރިކަން ދޭން ޖެހޭ ގިނަ ބަޔަކު އެބަ ތިބި ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި ނިރުބަވެރިކަމުގެ ނުރައްކާތެރިކަން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާއިރު މި ކަން މެދުވެރިވުމުގެ އެންމެ ބޮޑު މައްސަލައަކީ ވެސް "ބިދޭސީންގެ ކިއްލާތަކެއް" ރާއްޖޭގައި އުފެދުމެވެ.

"ނިރުބަވެރި ކަމުގެ ނުރައްކާތެރިކަން އޮތް ވާހަކަ ދައްކާ އިރު އެންމެ ބޮޑު މައްސަލައަކީ ބިދޭސީން، ޓެރަރިޒަމްގެ ކަންކަމަށް އެހީތެރިވެދޭ އެތައް ބިދޭސީން މި ރާއްޖޭގައި އެބަ މަސައްކަތް ކުރަމުންދޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެންމެނަށް ބޮޑެތި ރައްކާތެރިކަން ދިނުމަކީ ރާއްޖެ ފަދަ އިގްތިސާދަކަށް ފަސޭހަ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންވެ، މިފަދަ ކަންކަން ހިނގުމުގެ ކުރިން އެ ކަން ހުއްޓުވޭނެ ގޮތަކަށް އިމްތިޔާޒުތައް ބައްޓަންކޮށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މި ކަންކަމަށް އަޅުގަނޑުމެނަށް ރަނގަޅު ފިޔަވަޅެއް ނޭޅިއްޖެ ނަމަ އަދި މާ ނުރައްކާތެރިކަން ކަމެއް ދިމާވާނެ. އަޅުގަނޑުމެންގެ ފުލުހުންނާއި ސިފައިން މި ބިދޭސީންނާ ކުރިމަތިލާން މާ ގިނަ ދުވަހެއް ވެސް ނޯންނާނެ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ފާހަގަކުރެއްވި ގޮތުގައި، ޕޮލިސް ކޮމިޝަނަރާއި ސިފައިންގެ އިސް ވެރިންނާއި ކަސްޓަމްސްގެ އިސް ވެރިންނާއި މީރާގެ އިސް ވެރިން ފަދަ ބޭފުޅުންނަކީ ވެސް އެ ބޭފުޅުންގެ މަސައްކަތުގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން އަމާޒުވާ ބޭފުޅުންނެވެ

"މިފަދަ ބޭފުޅުންގެ ރައްކާތެރިކަމަށް ވަކި ސަރަހައްދުތަކެއް އުޅެން އެބަ ކަނޑައަޅަން ޖެހޭ،" އާޒިމް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގެކޮޅު ހަމަޖެހިގެންދާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައި މިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ.

ނިރުބަވެރި މި ހަމަލާގެ ފަހަތުގައި ހަރުކަށި ފިކުރުގެ ބަޔަކު ހިމެނޭ ކަމަށް ބެލެވޭ އިރު ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙައްގުބަސް

    އާޒިމް އޮޅިގެންނަމަވެސް ތިބުނީ ރަގަނޅު ވާހަކައެއް! މިރާއްޖޭގައި ތިބި ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ޓެރަރިޒަމްށް ވާގިވެރިވާ ބިދޭސީން މިރާއްޖެއަށް އެތެރެކޮށްފައިވޭ އަޑި ނޭނގޭ އެއްބަސްވުން ތަކުގެތެރެއިން! އަޑި ނޭގޭ އެއްބަސްވުމޭ މިކިޔަނީ ގުޅިފަޅު އެއްބަސްވުމާއި ހެލިކޮޕްޓަރުތަކާއި ޑޯނިޔާގެ އެއްބަސްވުންތައް އެހީ ހާމަނުކޮށް ސިއްރުކޮށްގެން ގެންގުޅޭތީ! އެކަމަކު މިހާރު ލީކްވެފައިވާ އެއްބަސްވުމުން އެނގޭ ގޮތުގައި ހެލިކޮޕްޓަރު ދުއްވަން 3 ޕައިލެޓުންނާ 3 ޓެކްނިޝަނުންނާ 1 އިންޖިނޭރަކާ އަދި ކުރަނީ ކޮންކަމެއްކަން ނޭނގޭ 19 ފަރާތެއް އިންޑިޔާގެ އަސްކަރިއްޔާއިން އެތެރެކޮށްފައިވޭ!! މިއީ އެންމެ ހެލިކޮޕްޓަރެއްގެ ކަންކަމަށޭ ކިޔާ އެތެރެކޮށްފައިވާ ބައެއް! މިކަހަކަ އެތައްބަޔަކު މިގައުމަށް އެތެރެވެފައިވޭ! މީގެތެރެއިން 19 މީހުންނަކީ ގައުމުގެ ސަބަޓާޖްކޮށް ގައުމު ހަލާކު ކުރަން އަޑިން ކުޅޭނެ ބައެއް! މީގެތެރޭ އާޒިމް ތިތުހުމަތުކުރާ ކަންތައްވެސް ހިމެނޭނެ!! މިއީ އަވަހަށް މިގައުމުން ބޭރުކުރަންޖެހޭ ބައެއް މިގައުމު ރަގަނޅުކުރަން ބޭނުންވާނަމަ! ގައުމުތައް ހަލާކުކޮށް ބައިބައިވުން އުފައްދަން މިހާރު ގައުމުތަކުން ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރާ ޓޫލް މިހެން އަޑި ނޭނގޭ އެއްބަސްވުންތަކުގެ ތެރެއިން ގައުމުތަކަށް އެތެރެކުރެވެފައިވާ މީހުންނަކީ! މިހެން ބޮޑަށް ދިމާވަނީ އެގައުމުގެ ދަރީންގެތެރެއިން މަދުބަޔަކު ގައުމަށް ޣައްދާރުވުމުގެ ސަބަބުން! މިރާއްޖެއަށް 2008 ގެ ފަހުންނާއި 2018 އިގެ ފަހުންވެސް މިކަން ދިމާވެގެން މިއުޅެނީ!! މިއީ ގައުމަށް ހެޔޮއެދޭ ފަރާތްތަކުން އަދި އެންމެހާ ރައްޔިތުންވެސް ކެނޑިނޭޅި މަސައްކަތްކުރަން ޖެހިފައިވާކަމެއް ސިޔާސީ ފިކުރާ ދުރައްޖެހިތިބެ!!

    19
    2
  2. މަބޭ

    2018 ޥަނައަހަރު ވެލާނާ އެއާޕޯޓްގަ ސިފައިން ހަތިޔާރާއެކު ޑިއުޓީކުރަންފެށުމުން އެމްޑީޕީއިންގޮވީ ރާއްޖެޔައްކޮންނުރައްކަލެއްހޭއޮތީ 2އަހަރުތެރޭ ރާއްޖޭގެހާލަތު މިހާރުމިއޮތްލެވެލްއައްދިޔަސަބަބު ބަލަންޖެހޭ

    19
  3. ކޮރަލް

    އިސްލާމް ދީން ނޫން އެހެން ދީން ތައް މިތަނައް ގެންނަން ބޭރުގެ ބައެއް ފަރާތް ތަކުން މަސައްކަތް ކުރެ އެވެ. އެފަދަ މީހުންގެ މައުލޫމާތު ހޯދަން ޖެހެ އެވެ.

    22
    1
  4. ބަރުގޮނު

    ދިވެހިރާއްޖެއަކީ އައި.އެސް.އެސް ގެ މީހުންނާ ނިރުބަވެރިންނާ ހަރުކަށި ފިކުރުގެ މީހުުން އުޅޭ ތަނެއްކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ގޮވާ ދިވެހިން އުޅޭކަމަށް ޢާޒިމް ގަބޫލު ކުރައްވާބާ. މިހާރުގެ މަޖްލިސްގެ ރައީސް ، ރައީސް ނަޝީދަކީ މީގެ އެކެއް. ތެދު ޙަޤީޤަތަށް އެއްބަސްވެލައްވަންޏާ ޢާޒިމް މިކަން ޤަބޫލު ކުރައްވާނެ. މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާއާއި މަޖްލިސް ގެ ނާއިބުރައީސާ އީވާ ވެސް މިއީ ހަމަ މިގޮތަށް ރާއްޖެ ލޭބަލް ކުރި ދެމީހުން.

    19
  5. އަހްމަދު

    ތިޔަކަން އެންމެބޮޑައްއެނގޭނީ ޝާހިދު އާ އާޒިމްއަށް

    17
    • ބޯހަލާކު

      ކިހިނެއް އެންގެނީ އެބުނާ ބިދޭސީ ނިރުބަވެރިން އުފެދިގެން އަންނަނީ އާޒިމް ގެ ގޭގެ ޓެރަސް މަތީ ހުރި ފާހާއިން ނޫންކަމެއް.؟ އެންވެތާ އެކަން އެގިގެން އަވަހަށް އެ ގޮވާލީ އެވާހަކަ ފަޅާ އަރާފާނެތީ، ކެކެކެކެ

  6. މިތުރާ

    ތެދުވާހަކަ އެއއއއއއ އް ބިދޭސިންބޭރުކުރަން އާޒިމު މެންކޮންކަމެ އް ކުރަ އްވަނީ....ގަ އުމުގަ ރުފިޔަލެ އް ހަރެ އްނުލާ ތިމީހުންނާހެދީ!!! އަޑި ނޭގޭ ޑީލްތަ އްހަދާ ގަ އުމުގެ އާބާދީ އަށްވުރެން މަތީގަ ބިދޭސިންގެ ލިސްޓު އޮތީ،،،،،،ދުނިޔޭގެ ޗާޓަށް ނާރާހާކުޑަތަން ކޮޅެ އް ރާ އްޖެ އަކީ،،،،،ރާ އްޖޭގަ އި އުޅޭ ބިދޭސިންގެ އަދަދު އާޒިމު އަށް އެގޭބާ ،!!!؟

  7. ޢަލަި

    ދިޔާ އެއްތި ވާހަކަ އޮއްބާ ނުލާ މުޅިން އެހެން ވާހަކަ އެއް ތިދައްކަނީ އަދި ރައްޔިތުން ހަނދާން އެބަހުރި

  8. ކޮވިޑް

    މިހާރު މިޤައުމަށް ދިމާވެފައިވާ ނިރުބަވެރިކަމަކީ މިހާރު މި ޤައުމުގަ އޮތް ސަރުކާކު.މިހާރު މި ޤައުމުގެ ރައްޔަތުންގެ ޒިންމާ އަކަށް ވެއްޖެ މި ނިރުބަ ވެރިންނާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގާ މި ޤައުމު މި ނިރުބަވެރިންގެ ކިބައިން ސާފާމަތް ކުރުން، މިނޫން ގޮތެއް ދެންނެތް ރައްޔަތުން މިކަމުން ސަލާމަތްވާނެ.

  9. ބޯހަލާކު

    ކިހިނެސް

  10. ކަހުރަބު

    ލާދީނީ އެމް ޑީ ޕީ ނިރުބަވެރިން ލަ އިގެން ހޭބަލި ވެބަލަ

  11. ޢަލިބެ

    ރައްޔިތުންގެ މަޖުލީހުގެ މެޖޯރިޓީ ލީޑަރު ވެރިކަންކުރާ ޕާޓީގެ މެމްބަރަކު ތިވާހަކަދައްކަން ލަދުގަންނަން ވާނެ. މަޖުލީހަށް ކުއްލިބިލެއް ލައިގެން ނަމަވެސް ތިމީހުން މިގައުމުން ބޭރުކޮށްދީބަލަ

  12. Anonymous

    މޑޕ އަކީ މިދިވެހި ގައުމުގެ ހަލާކު.

  13. ގައުމުގެ ދޫ

    ސާފުކޮށް އެނގޭ ކަމީ ނުގަވާއިދުން މި ގައުމުގާ ބިދޭސީން ހައްދެއްނެތް މިނިވަންކަންމަތީ އުޅޭކަން. ނަމަވެސް އެ ކަމާ އަޅާލާނޭ ސަރުކާރުގެ މުއައްސަސާއެއްނެތް. އެހެންވީމާ ހުރިހާ ނުބައެއްވެސް އުފަންވާނެ. އަދި ދިވެހިންނަށް އުޅޭން އުނދަގޫވާ ދުވަސް އައުން އޮތީ ކުރިއަށް. ފަހަރުގަ އެއިން ބޭފުޅެއް ވެރިއަކަށް އައުންވެސް އެކަށީގެންވޭ.

  14. ހޭބަލި

    ތި ބުނީ ރާއްޖޭގައި ތިބި އިންޑިޔާގެ "ރޯ" އެޖެންޓުންގެ ވާހަކަތޯ؟