އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓްގެ ގޮތުގައި "ވަގުތު" އިން ދަމަހައްޓަމުން އަންނަ މަގާމު އިތުރު ކުރިއެރުންތަކާއިއެކު މިމަހު ވެސް ދިފާއު ކޮށްފިއެވެ.

ވެބްސައިޓްތައް ރޭންކް ކުރާ ސިމިލާވެބް އިން އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި އަދިވެސް އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ދިވެހި ވެބްސައިޓަކީ "ވަގުތު" އެވެ. މިދިޔަ މަހު އެކަނިވެސް "ވަގުތު" އަށް ވަނީ 5.5 މިލިއަން ވިޒިޓްސް ލިބިފައެވެ.

ދިވެހިން ވަންނަ ދުނިޔޭގެ ނަން މަޝްހޫރު ވެބްސައިޓްތައް ވެސް ހިމެނޭ ލިސްޓުން "ވަގުތު" އަކީ ފަސް ވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓެވެ. މިއީ މިލިސްޓްގެ ފަސް ވަނަ އަށް "ވަގުތު" އެރި ދެވަނަ ފަހަރެވެ. "ވަގުތު" ފިޔަވައި ރާއްޖޭގެ އެއްވެސް ވެބްސައިޓަކަށް މިލިސްޓުގެ މިހައި ކުރިން މީގެ ކުރިން ޖާގަ ލިބިފައެއް ނުވެއެވެ.

"ވަގުތު" އާއި އެންމެ ގާތުން ވާދަކުރަނީ ނުވަ ވަނަ އަށް ދިވެހިން އެންމެ ގިނައިން ވަންނަ "މިހާރު" ނޫހެވެ. އެވެބްސައިޓަށް މިދިޔަ މަހު ލިބިފައި ވަނީ 4.3 މިލިއަން ވިޒިޓްސް އެވެ.

ރާއްޖޭގެ ޚަބަރު ފަތުރާ އެހެން ވެބްސައިޓްތަކުގެ ރޭންކިންއަށް ބަލާއިރު ސަން އޮންލައިން އޮތީ ދިހަ ވަނައިގައެވެ. އަވަސް އޮންލައިން 11 ވަނައިގައި އޮތްއިރު ދެން އޮންލައިން އޮތީ 31 ވަނައިގައެވެ. ދިޔަރެސް އޮތީ 37 ވަނައިގައެވެ. ވަން އޮންލައިނަށް 47 ވަނަ ލިބޭ އިރު ރާއްޖެ އެމްވީ އޮތީ 58 ވަނައިގައެވެ. ސީއެންއެމް އަށް 70 ވަނަ ލިބޭއިރު އައްޑޫ ލައިވް އަށް ލިބެނީ 94 ވަނަ އެވެ. ދުވަސް އޮތީ 96 ވަނައިގައެވެ. ޚަބަރު ފަތުރާ ރާއްޖޭގެ އެހެން ނޫސްތަކަކީ ރޭންކް ކުރެވޭ ވަރަށް މީހުން ނުވަންނަ ވެބްސައިޓްތަކެވެ.

"ވަގުތު" އަށް މިދިޔަ މަހު ކޮންމެ ދުވަހަކު ވެސް ދެލައްކައަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރިއެވެ.

ރާއްޖެ އާއި އަދި ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހިނގާ ބޮޑެތި ކަންކަން އެންމެ އަވަހަށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭ ނޫސް ކަމަށްވާ "ވަގުތު" އިން ރާއްޖޭގެ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ވެބްސައިޓްގެ މަގާމު ދަމަހައްޓަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

"ވަގުތު" އިން ބުނީ އެއްވަނަ ވެބްސައިޓްގެ ގޮތުގައި ކިޔުންތެރިންނަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް އަބަދުވެސް އިތުރު މަސައްކަތްތައްކޮށް، ކިޔުންތެރިންނާއިއެކު "ވަގުތު" ދެމިއޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މީރާ

    ނޯބޮޑީ ކެެއާރސް ބްރޯ.

    17
    24
  2. ކިޔުންތެރިޔާ

    ވަގުތު ހަމަ ސަޅި އިނގޭ. އަދިވެސް ގިނަގިނައިން ދިވެހިންގެ ތެރޭގައި ހުރި އިޖްތިމާއީ މައްސަލަތަކާއި ވަކިން ޚާއްސަކޮށް ދީނީ ޕޯސްޓުތައް އިތުރުކުރަންވީ. އިސްލާމްދީނުގެ ނަމުގައި މިހާރު މުޖްތަމައުތެރޭގައި ހުރި މައްސަލަތަކަށް ހައްލުހޯދާނެ ގޮތްތަކާއި ރަނގަޅު ގޮތްތަކާއި އާދަކާދަތައް މީހުންނަށް އޮޅުންފިލުވުމަށް ގިނަ ޕްރޮގްރާމްތަކާއި ޚަބަރުތައް ގެނެސްދޭންވީ.

    28
    4
  3. އަރެންގެ ވަގުތު

    އަހަރެންވެސް ކޮންމެ ދުވަހަކު އެންމް ފުރަތަމަ ނ:ޫހަކަށް ބަލަނީ "ވަގުތު"

    28
    3
  4. ކޮވިޑް

    މަރުހަބާ

    27
    3
  5. ނަން

    ދިވެހިން އެންމެ ގިނައިން ވަންނަވެބްސައިޓު ތަކުގެ ފުލް ލިސްޓެއް ޖަހާލަން ކެރޭނީ ކޮން ނޫސްތަކަކަށްބާ!

    20
    2
  6. މިތުރާ

    މަރުހަބާ ވަގުތު ނި އުސް 🎉🎉🎈🎈

    17
    2
  7. ގަދަ

    ވަގުތު ހަމަ ހަބޭސް ވަކިފަރާތަކަށް ނުޖެހި ޚަބަރު ގެނަސްދޭކަން ފާހަގަކުރެވޭ

    7
    1
  8. މަރުޙަބާ ވަޤުތު ޓީމް!

    ތިހޯދި ކާމިޔާބަށް މަރުޙަބާ އެވެ! އަހަރެން ވަޤުތު ނޫސް، ނުކިޔާ ދުވަސްވަރެ އް ދިޔަ އެވެ. އެ އީ އޭރު ގިނަ ލިޔުންތަ އް ހުންނަނީ ފަސާދަ އަށް މަގުފަހި ވާގޮތަށް ކަމަށް ފެންނާތީ އެވެ. ނަމަވެސް މިހާރު އެކަންތަ އް ވަރަށްބޮޑަށް ރަނގަޅު ކޮށްފިކަމަށް ފާހަގަ ކުރެވެ އެވެ. އެހެންވެ މިހާރު ކޮންމެ ދުވަހަކު އެތަ އްފަހަރަކު ވަގުތު ވެބަސަ އިޓަށް ވަންނަމެވެ. ވަގުތުގެ ހީވާގި ޓީމަށް އިތުރު ކުރި އއެރުމަށް އެދެމެވެ.

    6
    1
  9. ދިވެހިން

    ވަގުތު ނޫހުގެ ކާމިޔާބުގެ ސަބަބެއް ވަގުތު ނޫސް ދިވެހިންނަކީ ކޮންބައެއްކަން ދަތުން ، ސަރުކާރާ ބައެއް ސިޔާސީ މީހުން ވާހަކަ ހުންނަ ގޮތުން ހިތައް އަރާ މީ ދިވެހިން ބާވައޭ ، މި މީހުން މި އުޅެނީ ރާއްޖޭގައި ކަން މި މީހުންނަށް އެނގޭ ބާވޭ ، ދިވެހިންނާ ހާދަ ބީރައްޓެހި މީހުންނޭ މަތީ ފަންތީގައި އުޅެނީ. ޝުކުރިއްޔާ ވަގުތު ނޫސް .

    6
    1
  10. Anonymous

    މަރްޙަބާ ވަގުތުޓީމް.
    ވަގުތަކީ ވ. މުހިންމު އެއްޗެއް. އެންމެންވެސް ވަގުތައް ކަމޭހިތާ ފަރުވާ ބަހައްޓާނަމަ ހުރިހާ ކަމެއްވެސް ހުންނަނީ ރަނގަޅަށް. ވަގުތު ބޭކާރު ނުކުރަންވީ. ހުސްވަގުތާއި ޞިއްހަތަކީ މީހުން ވ. ފަރުވާ ކުޑަކުރާކަމެއް ކަމަށްވޭ. އެހެންވީމަ އެންމެންވެސް ވަގުތުގެ އަގު ވަޒަންކޮށް ކަމޭ ހިތަންވީ

    7
    1
  11. މުފީދު

    މަރުހަބާ ވަގުތު