ބޮލީވުޑުގެ ސްޕަސްޓާ ޝާހުރުކް ޚާންގެ މޫނު މަތީގައި ޖަހާނެ ކަމަށް އަމީތާބު ބަޗަންގެ އަންހެނުން ބަތަލާ ޖަޔާ ބައްޗަން މީގެ އަހަރުތަކެއް ކުރިން މި ވަނީ ބުނެފައެވެ.

މިފަދަ ކަމެއްގެ ވާހަކަ ދެކެވެން ފެށީ، 2018 ވަނަ އަހަރު ކެޓްރީނާ ކެއިފުގެ އުފަން ދުވަހުގެ ޕާޓީގެ ތެރެއިން ސަލްމާން ޚާނާއި ޝާހުރުކް ޚާން މައްސަލަ ޖެހުނު ފަހުން ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. މި މައްސަލަ މި ޕާޓީން ނިންމައެއް ނުލެވުނެވެ.

އޭގެފަހުން ޝާހުރުކް ވަނީ ސަލްމާން ޚާންގެ ކުރީގެ ލޯބިވެރިންނާއި ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އޭގެތެރޭގައި އަބީޝެކް ބަޗަންގެ އަންހެނުން އައިޝްވާރިޔާ ރާއީ ބައްޗަން ވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން އައިޝްވާރިޔާގެ މައިދައިތަ ޖަޔާ ބައްޗަން ބުނެފައިވަނީ އެކަމާއި ގުޅިގެން ޝާހުރުކް ޚާނާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބިނެތް ކަމަށާއި ނަމަވެސް ފަހުން ވެސް އެކަމާއި ގުޅިގެން ޝާހުއާއި ވާހަކަ ދައްކާނެ ކަމަށެވެ.

ޖަޔާގެ ދަނބިދަރިއާ ގުޅޭގޮތުން ޝާހު ދެއްކި ވާހަކަތަކަށް ހިތްހަމަ ނުޖެހިފައިވާ ޖަޔާ ބައްޗަން ބުނެފައިވަނީ އެވަގުތު ޝާހު އޭނާގެ ގާތުގައި ހުރި ނަމަ ޝާހުގެ މޫނު މަތީގައި ޖަހާނެ ކަމަށެވެ. ޖަޔާ މިހެން ބުނެފައިވަނީ ޝާހުއަކީ ޖަޔާ ދަރިއެއް ގޮތަށް ދެެކެމުން އަންނަ ފަންނާނަކަށް ވާތީ ކަމަށް ވެސް ޖަޔާ ބުނެފައިވެއެވެ.

ޝާހުރުކް ޚާނާއި އަމީތާބުގެ އާއިލާއަކީ ގާތް ގުޅުމެއް އޮންނަ ދެ އާއިލާއެވެ. ދެ އާއިލާއިން ބާއްވާ ހަފުލާތަކުގައި ބައިވެރިވުމަކީ ވެސް މި ދެ ފަންނާނުންގެ އާއިލާއިން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.

ޝާހުރުކް ޚާންގެ ހަގު ދަރިފުޅު އަބްރަމް ދެކޭ ގޮތުގައި ޝާހުގެ ބައްޕައަކީ އަމީތާބުއެވެ. އަދި އަމީތާބު އެމީހުންނާއި އެކު ދިރިނޫޅޭ މައްސަލައަކީ އަބްރަމް އަބަދުވެސް ޖައްސާ މައްސަލައެއް ކަމަށް އަމީތާބު ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    އެހެންވީމަ ބުނަނީ ބަތްކައްކާ ކުޅުނު ވާހަކަ ނުދައްކާށޭ.