ނަފްރަތު އުފެއްދުން ދިވެހިރާއްޖެއާއި އެމެރިކާގެ ގާނޫނުތަކާއި އަދި އދ.ގެ މުއާހަދާތަކުގައި މާނަކޮށްފައި އޮތް ގޮތް ބަޔާންކޮށް އަދާލަތު ޕާޓީން ކަރުދާހެއް އާންމުކޮށްފިއެވެ.
އަދާލަތު ޕާޓީން އާއްމުކުރި ކަރުދާހުގައި ބުނެފައި ވަނީ މުޖުތަމައުގެ ފަރުދުންގެ މެދުގައި އުފެދޭ ހިލާފުތައް ބަހުސްކޮށް ހައްލުނުލިބި މާރާމާރީއާއި ތަޅާފޮޅުވުމާއި ހަނގުރާމައާ ހިސާބަށް ދާހަލަތު ދުނިޔޭގެ ކަންކޮޅުތަކުން ފެނިފައިވާ ކަމަށެވެ.
"ނަފްރަތުގެ ކުށަކަށް ނުވަތަ ނަފްރަތުގެ މައްޗަށް ބިނާވާ ކުށަކަށް އަމަލެއް ބަދަލުވެގެން ދަނީ ތައައްސުބުގެ މައްޗަށް ބުރަވެ ވަކި ނަސްލެއް ނުވަތަ ވަކި ދީނެއް ނުވަތަ އެނޫން ވަކި ހާއްސަ ސިފަތަކެއް ނިސްބަތް ކުރެވޭ މީހަކު ނުވަތަ ބަޔަކު ނައްތައިލުމަށް މަސައްކަތްކުރުމާއި އެމީހުންގެ މުދަލާއި ފުރާނައަށް ގެއްލުންދިނުމާއި ދުއްތުރާކުރުމުގެ އެނޫން އަމަލުތަކަށް އަރައިގަތުމުންނެވެ." އަދާލަތު ޕާޓީގެ ކަރުދާހުގައި ބުނެފައި ވެއެވެ.
އަދާލަތު ޕާޓީން ނަފްރަތު މާނަކޮށް ކަރުދާހެއް އާއްމުކޮށްފައި މިވަނީ ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އަދާލަތު ޕާޓީން ނަފްރަތު އުފެއްދުން މާނަކޮށްދީ ކަރުދާހެއް އާއްމު ކުރުމުން ވެސް ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. ހާއްސަކޮށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަރަށް ފާޅުގައި މީގެ ކުރިން ނަފްރަތު އުފެއްދުމަށް ތަފާތު ވާހަކަތައް ދައްކާފައިވާކަން ފާާޑުކިޔާ ފަރާތްތަކުން ފާހަގަ ކުރެއެވެ.
2015 ވަނަ އަހަރުގެ މެއި ޑޭ މުޒާހަރާގައި އިމްރާން އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޑރ.އަފްރާޝީމް އަލީގެ ރިލްވާން ގެއްލުމާއި ގުޅުވައިގެން ދެއްކެވި ވާހަކަތަކީ ނަފްރަތު އުފައްދަން ދެއްކި ވާހަކަތަކެއް ކަމަށްވާތީ ޕީޕީއެމްގެ މެންބަރުން އަންނަނީ މިއަދު ވެސް އެކަން ފާހަގަކޮށް އިމްރާނަށް ފާޑުކިޔަމުންނެވެ.
ސަރުކާރުން ހުށަހެޅުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދެއްގައި ހުށަހެޅި ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ވެސް ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުން މަސައްކަތް ފެށުމުން ކުރިމަތިވި ފާޑުކިޔުންތަކާއިއެކު ވެސް ބިލަށް ބަދަލެއް ގެންނަން އަދި ސަރުކާރުން ނުނިންމައެވެ.
ނަފްރަތަކީ ކިހާވަރެއްގެ އެއްޗެއްކަން އަދާލަތުން ކިޔާދޭން ވީ އިމްރާނަށް މި ޤައުމުގާ މީހަކާ މެދު ނަފްރަތު އުފެއްދުމަށް މާތް ﷲ ގަންދީ ހުވާ ކޮށްފަ ޕޯޑިއަމްގަ ވާހަކަ ދެއްކީ އިންރާން، އަދާލަތުގެ ރައީސް އަކީ މުނާފިގެއް. ލާދީނީ މީހުނަށް ވާގިވެރިވާ ބޮޑު މުނާފިގެއް،
ޖާހު ބޮޑު ކުރުންނޫން ކޮންކަމެ އް އަމަލާ އި ބަސްމަގު ދިމާނުވޭ.
އަދާލަތުގެ ހުރިހާ ސަރުކާރުގެ މަގާމުތަކެއް ނުގެއްލޭ ވަރަށް ތިކިޔާ އެއްޗެއް ކިޔާތި ނޫނީ މަގާމު ތައް ގެއްލިދާނެ.
މިހާރު މިގައުމުގައި ނުހިގާނެ ގޯސް އެއްވެސް ކަމެއް އަދާލަތު ވަރަށް ކޭލު ވާނެ.
ކަންކަން އެންމެ ރަނގަޅަށް އޮޅުންފިލުވައި ދެވޭނީ އެކަމެއްގެ ތަޖުރިބާކާރުންނަށް. ނަފްރަތުއުފެއްދުމަށް ތިޔަބޭފުޅާއަށް ވުރެ ކުޅަދާނަ އެހެންމީހަކު ނުހުންނާނެކަން ތާރީޚުން ހެކިދޭ. ލަދެއްވެސް ނުގަނޭ. މަގާމުގެ ބޭނުމުގައި އަދިވެސް ފާޑުފާޑުގެ އެއްޗެހި ކިޔާތި.
އއއތިޔައޢަދާލަތުންނެރޭ އެއ އްޗެ އް ގަބޫލުކުރެވެނީ ކިހިނެ އއޚުދު އެމީހުންނަކީބަހާ އަމަލާ ދިމާނުވާ ބަ އެ އް!؟!؟!؟
އިމްރާނު ނުބުނަންތަ ﷲ ގަންދީހުވާކޮށްފަ .......... ޙަމަތެދެއްމީނަމިހުރީ ފައިސާއަށް ވިކިފަ މީއަޅެ ބިރެއްވެސް ގަންނަ އާދަމުގެދަރިއެއްނޫން.