ގައުމަށް ދިމާވާ ނުރައްކާތެރި ހާދިސާތައް ތަކުރާރު ނުވާނެ ނިޒާމެއް ގާއިމް ކުރެވޭނީ އަދަބު ދިނުމުގެ ނިޒާމް ހަރުކަށި ކުރެވިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ބްލޮގްގައި ޕީޖީ ޝަމީމް ލިޔުއްވާފައި ވަނީ ގައުމަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުން އިބުރަތް ލިބުނު ކަމަށް ވާނީ، އެފަދަ ކަމެއް ތަކުރާރުނުވާނޭ ގޮތަށް ދައުލަތުގެ ހުރިހާ ދިމާއަކުން ފިޔަވަޅު އަޅައިގެން ކަމަށެވެ. އަދި ގާނޫނުތައް ހަރުދަނާކުރަން ޖެހޭ ކަމަށާއި، ގާނޫނުލްއުގޫބާތަށް އަބަދުވެސް އިސްލާހު ގެންނަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވަނީ ފުލުހުންނާއި ޕްރޮސިކިއުޓަރުންނާއި ފަނޑިޔާރުން ތަމްރީނުކޮށް ޝަރީއަތްތައް އަވަސް ކުރަން ޖެހޭ ކަމުގައެވެ. އަދި ޖަލުތެރޭގައި ކުށްކުރުން ހުއްޓުވާ، ގައިދީންގެ ވިސްނުން ދޮވެލުމުގެ ފުރުސަތު ނުދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ އެ ލިޔުމުގައި ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވާ ގޮތުން ކުށް ބަޔާންކުރާ ގާނޫނުތަކަކީ މުޅި ގައުމުގެ އިޖްތިމާޢީ ހާލަތު ރަމްޒުކޮށްދޭނެ އެއްޗެކެވެ. އިޖުތިމާއީ ޙާލަތަށް އަންނަ ބަދަލާއެކު، ގާނޫނުތައްވެސް ބަދަލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވެެއެވެ. އަދި ގާނޫނަށް ބަދަލު ގެންނައިރު، އެ އަމަލު ކުށަކަށް ނުހަދައި އޮތުމުގެ ކުރިން ލިޔެފައި އޮތް ގޮތުގެ ސަބަބުން ނުކުތް ނުރަނގަޅު ނަތީޖާއިން ސަލާމަތްވާނެ ގޮތަށް، ސާފުކޮށް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެއެވެ.

"ހަރުކަށި ކުރަންވީ އަދަބު ދިނުމުގެ ނިޒާމް" ކަމަށް ލިޔުއްވާފައިވާ އިބާރާތުގެެ ތަފްސީލް ޝަމީމް ވަނީ "ވަގުތު" އަށް ވިދާޅުވެ ދެއްވައިފައެވެ. އޭނާ ވިދާޅުވީ އަދަބު ދިނުމުގެ ނިޒާމު ހަރުކަށި ކުރުމުގެ މާނައަކީ، ޖަލުގައި ހުކުމް ތަންފީޒު ކުރުމުގެ ބައި ރަނގަޅުކުރުން ކަމަށެވެ. އަދި ޖަލަކީ ކުށް ކުރާ މީހުން އުފައްދާ "ޔުނިވަސިޓީއަކަށް" ވުން ހުއްޓުވުން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

ނިރުބަވެރި ޖަމާއަތްތަކުގެ ހަރުކަށި ވިސްނުން ދިރުވާ އާލާވެގެން ދާނެ ތަނަކަށް ޖަލުތައް ވެގެން ދިއުން ހުއްޓުވާނެ ގޮތެއް އެކަށަ އެޅުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ޝަމީމް ފާހަގަކުރެއްވިއެވެ.

ޖިނާއީ އަދުލުގެ ނިޒާމަށް ބަލާ އިރު، މިހާރު މިއޮތް ގާނޫނުލްއުގޫބާތަކީ، 2015 ވަނަ އަހަރު ލިޔެ، 2016 ވަނަ އަހަރު ތަންފީޒުކުރަން ފެށުނު ގާނޫނެކެވެ. އެއީ، މިހާތަނަށް ރާއްޖޭގައި ފާސްކުރި އެންމެ ބޮޑު، އެންމެ ދިގު އަދި އެންމެ ފުރިހަމަ އެއް ގާނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދިވެހިލޭ

    ކުރަންވީ ކަމަކީ އިސްލާމީ ޝަރީޢަތުގަ އޮތް ގޮތަށް އަދަބު ދިނުން އެނޫން ގޮތަކަށް ހައްލު ހޯދަން އުޅެގެން ހައްލެއް ނުލިބޭނޭ "ޝަމީމޫ"

    19
  2. ާއދ.

    ހަރުކަށި ކުރަންވީ ގާނޫނު އަދަބު ލިބެން ޖެހޭނެ އާރެއް ބާރެއް ނެއްނިކަމެތިންނައް ހަރުކަށިމީހާ ސަލާމައި ވެވޭނެގޮތައް ގާނޫނުގައި ބާގަނޑު ތަކެއްލާފާ ދެންޕާޓިމީހާ އާއި އާއިލީ މީހާއާއި ރައްޓެހިންނާއި އަދި ގިނަފައި ސާދޭމީހުން ސަލާމައި ކޮށްދޭންޖެހޭ ނެގޮއި ގޮތަށް ޕީޖީން މައްސަލަތައް ބެލުމަށް...

    13
  3. ސާމީ

    ޥަރަށް ރަނގަޅުވާހަކައެތް މި ސާލަކަށް ވަޒީފާ ދިނީމަ ވަޒީފާޔައް ނުނިކުމެގެންވެސް އެތްޗެކޭބުނީމަ އެތަންތަނުގަ ތިބޭ ވެރިންނަށް އެބަ އިންޒާރުދޭ ދުއްވާލާނަމޭކިޔާފަ ގިނައިން ވަޒީފާތައް މި ލިބެނީ ތަފާތު ގޭނގުތަކުގެ މީހުންނަށް އެމީހުން ވަޒީފާޔައް ނުނިކުތަސް ކުރެވޭނެ އެތްވެސް ކަމެތްނެތް ތަންތާ ވެރިންނަށްވުރެން އެމީހުން ބާރުގަދަ މީ މިއަދު މި ގައުމުގެ ހާލަތު .ހުރިހާ މިހުންނަވެސް ބިރުއެބައޮތް ހުރިހާ ދިމާލަކުންވެސް އަދަބުތަށް ހަރުކަށި ކުރަންއެބަޖެހޭ ކަންކަން ރަނގަޅު ކުރަން ބުނީމަ އިންޒާރުދެވިގެން ނުވާނެ މި ގައުމުގަ ހުރިހާކަމެތް ބޮއްސުންލައިގެންގޮސް މިހަރު މިއޮތީ ކުށްވެރިން ކުށްކުރާނެ އެތައްދޮރެތް ހުޅުވިފަވަނީ

  4. ސސ

    ދެން އެނިޒާމަކީ ކޮބައިތޯ ނިކަން ބުނެލަދީބަލަ ؟

    10
  5. ......

    ކުރަންވީ ކަމަކީ މިކަހަލަ ނާގާބިލު މީހުން ދުރުކޮށް ގާބިލް މީހުންނާ ގައުމު ހަވާލު ކުރަންވީ...އަދަބަކީ އަދި މާ ފަހުގެ ވާހަކަ އެއް....މަޒުމޫނެއް ނަމަ ނިންމާ ހިސާބުގަ އޮންނަ ވާހަކަ އެއީ...ކޮބާ އިޖްތިމާއީ ފޭރާމުގެ ވާހަކަ...ކޮބާ މީސްތަކުންގެ ރޫހާނިއްޔަތުގެ ވާހަކަ...ކޮބާ މާނަވީ ސިފަތަކުގެ ވާހަކަ...އަދަބެއް ދިނަސް އެއްޗެއް ނެތް އެތި ވައިކޮޅެއް ޖެހޭ އިރަށް ވެއްޓިފަ އޮއްވަ ފެންނާނީ...ފުރަތަމަ ގަދަ ވާ ގަ ވެސް ހަރުލާ ހުންްނާނެ ވަރަށް ގަދަ ކުރަން ޖެހޭ...ދެން އެއަށްފަހު ގަސްތުގަ ދޯ ވެއްޓޭނީ...ދެން އަދަބު ދޭނީ އެމީހަކަށް...އެއީ ދެން ތިބި މީހުންވެސް ނުވެއްޓި ހުރުމުގެ ހުރިހާ ފުުރުސަތެއް އޮތް އިރު ގަސްތުގަ ނުވެއްޓި ހުރުމަށް ދެވޭ ރޫހާނީ ފަރުވާ އެއްގެ ގޮތުގަ...ކަމަކަށް ކަމެއް ކޮށްގެން ހައްލެއް ނުވާނެ...

    12
    2
  6. އުގުރި

    ކަލެޔަ އް އެގޭނީ ފޮނި ކަޑަ އް އެކަނި ކަމެ އް ނުވާ ތާކު ހަމަ ހުސް ފޮނި.

    16
  7. ލލ

    އިސްލާމް ދީނުގައި ވަރަށް ފުރިހަމަ އޭގައި އެއްވެސް އުނިކަމެއް ނުވާ އަދުލުގެ ވަރަށް ހަރުކަށި ހަރުދަނާ ނިޒާމެއް ލައްވާފައިވާ ކަން ނޭގެނީތޯ ؟

  8. ކާފަބޭ2020

    ހައްލުލިބޭނީ ފަންސުރާއުންސުދިމާވެގެން އެނުޫންގޮތަކަށް ކަމެއްހައްލުކުރަން ދަންނަޕީޖީިއެއްނޫންތިޔައީ ދެންޖެހޭނީ ކާކަށްތޯ އަވަހަށްހިޑުލެވެނީބަލަންދުވަން! ތިޔައީފައްކާދެބޯގެރި ދުއްވާޕީޖީއެއް ދެންހުންނާނެ ދަބަހަށްދިޔާއެއްޗެހިއޮއްސާބަހަން ވަރަށްކުޅަދާނަ އެމްޕީއެއް ދޮގާމަކަރާހީލަތްހެދުމުން މާސްޓަރސްހިފައިގެއުޅޭބައެއް! ކިތަންމެފުއްޕިއަސް އަނދިރި ވަޅުތެރޭއޮނަންޖެހޭނެކަން އެންމެހާބޭފުޅުންނަށް ހަނދާންކޮށްދެން ވީމާ ޤައުމުނީލަންނުކިޔާށެވެ.

  9. ޤާދިރު

    ކުރަންވީ ކަމަކީ ކަލޭ އިސްތިއުފާދިނުން.

  10. ޙަސަނު

    ބަލަގަ ސަމީމާ ، މިގައުމުގައި މައްސަލަތައް ސާބިތުވަނީ ހަމައެކަނި ނިކަމެތި ރަޔްޔިތުމީހާއައް އެކަނިކަން ދެނަހުރީމުތަ ، ބޮޑުންގެ އެއްވެސް މައްސަލައެއް ސާބިތެއް ނުވޭ ،

  11. ބުރާންޗާ

    ކުރަންވީ ކަމަކީ ކަލޭމެން ކަހަލަ ދޮގުހަދާ އިންސާނުންނަށް ވަގުތުން ނިޔާކަނޑައަޅައި ޖަލަށް ލުމާއި އުމުރަށް ވަކީލުކަން ނުކުރެވޭގޮތަށް ހެދުން.

    10
  12. ދެފުށް

    އެކަމަކު އަދީބާދޭތެރެ ކަންކުރެއްވިގޮތުން ހަރުކަށިވީމިންވަރު ފެނެއެއްނު. މުޅިޤައުމަށް ހަންފަތުރައިގެން ބަދުނާމުކޮށް ނުހައްގުން އަދަބުދެވޭތޯބަލަނީ ވަކިބަޔަކަށް، އިންސާފުކޮބާ

  13. މޯޑް

    ޝަމީމެއް ކަމަކު އެންމެ ކުށެއްގެ ވާހަކަ ނުދައްކާށެވެ. ބޮޑެތި އަދަދުތަކުން ފުލުހުން އަތުލައިގަތް ޑްރަގްގެ އެއްވެސް މައްސަލައެއް ޝަމީމްގެ ޕީޖީ ކަމުގައި ކުރިޔަށް ގޮސްފައެއް ނުވެއެވެ. ކުރިޔަށް ނުދިޔައީ ސީދާ ޝަމީމްގެވެސް އެއްބާރުލުމާއެކުއެވެ. ކޮންމެވެސް އިޖުރާއީ ކަމެއް ފާހަގަކޮށް މުޅި މައްސަލަ ފްލޮޕްވެއެވެ. އެންމެ ކުޑަމިނުން ބައިވެރިވި ދަޢުވާވެސް ނޫފުލައެވެ. ތިމާވަރުގެ ކުޅަދާނަ މީހަކު ނެތްކަމަށް ދައްކަން ބްލޮގް ހަދައިގެން ލިޔާނެކަމެއްނެތެވެ. ޝަމީމް އަކީ ޝައްކެތްނެތް މިންވަރަށް ކޮރަޕްޓް މީހެކެވެ.