ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ކޯލިޝަން ސަރުކާރެއް އިއުލާނު ކުރެއްވީ، މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވައި ވިދާޅުވީ، ގާސިމް އެ ކޯލިޝަން އިއުލާނުކޮށްފައި ވަނީ ކުއްލި ގޮތަކަށް، ހިޔަނި ކެބިނެޓްގެ މަޝްވަރާއެއް ނެތި ކަމަށެވެ.

"ރައީސް މައުމޫން، އަދާލަތް ޕާޓީ އަދި ހިޔަނި ކެބިނެޓްގެ ވަޒީރުކަން ދެއްވި ބައެއް ބޭފުޅުންނާއިވެސް މަޝްވަރާ ކުރެއްވުމެއް ނެތި ކުއްލި ގޮތަކަށް އިއުލާން ކުރެއްވީމަ ވަރަށް ބޮޑަށް ހައިރާން ވެއްޖެ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިގޮތަށް ވިދާޅުވެފައި ވަނީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބާކީކޮށް ވަކިން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. ގާސިމް ވަނީ އެމްޑިޕީ އެއްވެސް މެމްބަރަކު ނުހިމެނޭ ގޮތަށް ކޯލިޝަން ސަރުކާރެއްގެ ކެބިނެޓަށް 22 ނަމެއްވެސް ހުށަހަޅާފައެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޯލިޝަން އެއް ނެރޭނީ މިހާރު އޮތް ކޯލިޝަނުން ސާފު ކެންޑިޑޭޓެއް ނެރެން އެއްބަސް ނުވެއްޖެ ހާލަތެއްގައި ކަމަށެވެ. ނަމަވެސް ގާސިމް ވަނީ އިންތިޚާބުގައި ވެރިކަންކުރާ ޕީޕީއެމްގެ އިތުރުން އެމްޑީޕީއަށްވެސް ވޯޓު ނުދިނުމަށް ގޮވާލާފައެވެ.

އެމްޑީޕީ އާއި ޕީޕީއެމް އަށްވެސް ވޯޓު ނުދިނުމަށް ގާސިމް ގޮވާލައްވައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ކޯލިޝަންގެ މަޝްވަރާއާއި ނުލައި އެމްޑީޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ނިންމަވައި "ޖަޒީރާ ރައީސް"ގެ ނަމުގައި ކެމްޕޭންވެސް ފައްޓަވާފައެވެ. މިކަމުގެ ސަބަބުން އިދިކޮޅު ކޯލިޝަން ވަނީ ބައިބައިވެ ރޫޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މަހަށްދޭބަލަ

  ނުޖެހޭ މަޝްވަރާ ކުރަން ގަންޖާބޯ އެއީ ދެން ކާކުތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

 2. މާރިޔާ

  މަހުލޫފް ކަލޭމަހައްދޭ

 3. ކައްބެ

  ޖަލުގަހުންނަ ސޮރެކޯ އެއީ. އެކަމަކު ބޭނުން އިރަކު އެއޮތްޓުވީޓުކޮށްނަގަނީ.

 4. ޛާން

  ގާސިމުގެ ނިއްމުމައް މަރުހަބާ ކިޔަން

 5. ބާރީ

  އަލީވަޙީދު ޖަމީލު ފަދަ އަމިއްލައެދުންބޮޑު ދެއުޅި އެއްނުވާ މީހުން ޕާޓީއާ ގުޅުނީމަ ، ރަހުމަތުގެ ވިލާގަނޑެކޭކިއައިގެން ފޮނިކަނޑަކަނޑާފަ އެޑުވައިޒަރުކަންދީގެން އުޅުމުގެ ހިތި ނަތީޖާ ތިއަފެންނަނީ، މިއަދު ތިއޮތީ ޤަސިމް އަތަށް ގޮވާފަ ، ތިވާނީ ހަމަ ތިއަށް

 6. Anonymous

  މަހުލޫފު ގަހައްއަރާ

 7. ކާސިމޫ

  ޖަރމަނުގެ ވެރިކަން ވައްޓާލަގެން ނަމަވެސް ތިތަނުގެ ވެރިކަމަށް އާދެވޭތޯ ބަލާބަލަ..

 8. ޝީޝާ

  ޢަހުން.މީ.އެއްއިރެއްގަވެސް އެމްޑީޕީއަށް ސަޕޯޓެއް ކުރި.މީހެއްނޫން އެކަމަކު ތެދު ގަބޫލުކުރަން އެމްޑީޕީ އެކަނި އެއްކޮޅަށް އެރިޔަސް ޖުމްހޫރީ ޕާޓީއާ އަދާލަތާ ަމައުމޫނުގެ ސސޕޯޓަރުންނަށް ވުރެ ބަރުވާނީ އެމްޑީޕީގެ ކޮޅު 2013 ގަވެސް އެމްޑީޕީ ފިޔަވައި ދެންތިބި އެންމެން ބައިވެރި ވެގެންވެސް ކިރިޔް ކިރިޔޢ ވެރިކަމަށް އާދެވުނީ

 9. ބުރުމާ

  ކަލެއަށް އެއްވެސް ކަމެއް ނެތްކަމަށް ހިތާދޯ.... ކަލެއަށޭ އޮތީ ބޮޑުވަޒީރުކަން