ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގުގެ އެންމެ އިސް އޮފިސަރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފިއެވެ.

އޭނާ ހާޒިރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް މައުލޫމާތު ހޯދުމަށެވެ. އެ އިންކުއަރީއަކީ ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއެކެވެ.

އޭސީޕީ ރިޔާޒުގެ އިތުރުން މިއަދުގެ ވަގުތެއްގައި ފުލުހުންގެ އިތުރު އޮފިސަރަކާއި ސިފައިންގެ އިތުރު ދެ އޮފިސަރަކު ހާޒިރުވާނެ ކަމަށް އެނގިފައިވެއެވެ. މިހާރު ފުލުހުންގެ ވަކިވަކި އޮފިސަރުންނާއި ސިފައިންގެ ވަކިވަކި އޮފިސަރުން ވެސް ދަނީ ކޮމިޓީއަށް ހާޒިރު ވަމުންނެވެ.

މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމް ވެސް ވަނީ މި އިންކުއަރީއަށް ކުރިން ހާޒިރުކޮށްފައެވެ.

މިހާރު ވަކިވަކި އޮފިސަރުން ހާޒިރު ކުރަން ފަށާފައިވާ އިރު މަޖިލީހުގެ ކޮމިޓީން ބޭނުންވާ ހުރިހާ އޮފިސަރުން ގެނައުމަށް ނިންމާފައިވާ ކަމެއް އަދި ސާފެއް ނޫނެވެ. ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި 29 ސިފައިން ހާޒިރު ކުރަން އެދިފައިވާނެއެވެ.

ކުރިން އެމްއެންޑީއެފުން ވަނީ ވަކިވަކި ސިފައިން ހާޒިރުކުރަން ދެކޮޅު ހަދައިފައެވެ. މި ކަން އަންގައި މަޖިލީހަށް ފޮނުވި ލިޔުމުގައި ސޮއިކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި ދައުވާ އުފުލަދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވިއެވެ. އެކަމަކު، ފުލުހަށް މައްސަލަ ހުށަހަޅަން ލަފާދީ ޕީޖީން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

މި މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ވެސް ހުށަހެޅިއެވެ. ނަޝީދު ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ބޭރުކޮށްލީ އެމްޑީޕީގެ މެންބަރުންތަކެއްގެ ވޯޓާ ވެސް އެކުގައެވެ. މި ކަމާއެކު ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އަރިސް ބޭފުޅުންގެ ނުރުހުން އަމާޒުވެ އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއެކު އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަތްމަކަށް އިތުރު ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެމެރޫން

    ފުލުހުންނާއި ސިފައިންނަށް އެމް ޑީ ޕީ ސަރުކާރަކީ ބޮޑުވެގެންވާ ބިރެއް އެ ދެ މުއައްސަސާގެ ބޭފުޅުން އެތިއްބަވަނީ ދެން ކަންވާނެ ގޮތަކާއިމެދު ވިސްނަވިސްނާއެވެ. މީ ބޮޑުވެގެންވާ ބޮޑު ކަމެއްނޫންހެއްޔެވެ. މުޅި ގައުމުގައި އޮންނަން ވާނީ އެންމެ ފިކުރެކެވެ. އެންމެ މުއައްސަސާ އެކެވެ. މަޖްލިސް އެންޑީޕީ ގައުމެއްގެ މައްޗަށް ތަންދޮރު ނޭގޭ ވެރިޔަކު އިސްވުމުމް ކަންހިގާނީ ހަމަ މިގޮތަށް ތަންދޮރު ނޭގޭ ޖާހިލު ވެރިޔަކު ހުރުމުން ފެންނާނެ ހުރިހާ ގޮތެއް ރާއްޖޭގެ މިހިރަ ފެންނަނީއެވެ.މާތް ﷲ މިބަލާވެރިކަމުން ހުރިހާ ރައްޔިތުން ރައްކާތެރި ކުރައްވާށި އާމީން

  2. Anonymous

    މީނަގާތު އަހާލަބަލަ. ޑރ. އަފްރާޝީމް ގެ ތަހްޤީޤް ކޮން ޤަރުނަކުތޯ ނިމެނީ އަދި ކޮންކޯޓަކުތޯ އެކަން ބަލަނީ ، ޓެކްސް ފަ އިސާ އިން މުސާރަނަގަ އިގެން ކޮބާތޯ ތިޔަކުރާކަމަކި؟ ކިތަ އް މަރުތޯ ކިތަ އް މީހުންގެ ޙިޔާނާތުގެ މަ އްސަލަތޯ އޮތީ ނުބަލާ؟ ލަދުން ބޯހަލާކު ރަ އްކާތެރިކަމަ އަދުލާ އޮޅި އްޖެ މިހާރު! ވަޒީފަގެ އިނާޔަތަ އް އިންތިހާޔަ އް ދީފަ އާއއިލާޔަ އް ވެލްފެ އާ ފަންޑުން ބެސްކޮށްދިފަ ދެންހުރި ކަމެ އްކޮށްފަ ކުރެވޭ މަސަ އްކަތެ އްގެ ނަތީޖާ އެ އް ނުފެނޭ..

    މިހާރު މިސަރުކާރު ހިނގަނީ. މާފިޢާ އެ އްހެން.... ކީ އްކުރަން ކުރާ ހުވަޔެ އްބާ...