ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު 4:30 ގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ އެންމެ ފަހުގެ މައުލޫމާތު އެމަނިކުފާނު ހިއްސާ ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 68،502 އަށް އަރާފައިވާ އިރު، މި ބަލިން ރަނގަޅުވެފައި ވަނީ 49،488 މީހުންނެވެ. މި ބަލީގައި ނިޔާވެފައިވާ މީހުންގެ އަދަދު ވަނީ 189 އަށް އަރައިފައެވެ. އަދި މިވަގުތު ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 18،462 އަށް އަރާ އިރު، 164 މީހަކަށް ފަރުވާ ދެނީ އެޑްމިޓްކޮށްގެންނެވެ.
މިވަގުތު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި އޮތީ ވެސް މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަޅާފައި ވަނީ ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ހުއްދަ އޮވެގެން، ގިނަވެގެން ދެ މީހުންނަށެވެ.
މީގެއިތުރުން ކެފޭ، ރެސްޓޯރަންޓުތަކާއި ސައި ހޮޓާ ފަދަ ތަންތަނުގައި ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އަދި އެފަދަ ތަންތަނުން ހަމައެކަނި ދެވޭނީ ޑެލިވަރީ ހިދުމަތެވެ.
ކޮވިޑާ ގުޅޭ ގޮތުން ސޯލިހް ދައްކަން ޖެހޭ އިތުރު ވަހަކަ އެއް ނޯންނާނެ...އަހަރެމެންގެ ހާލަތު އެންމެނަށް ހާމަކޮށް ފެންނަން މިއޮތީ....ރީތި ގޮތަކީ ތިމާ އަށް ނުވިކަން ގަބޫލު ކޮށް އަމިއްލައަށް އެއްފަރާތްވުން....އަހަރެމެން އިތުރު އެއްވެސް ގޮތެއް ބޭނުމެއް ނޫން..
ވަރަށް ރަނގަޅު ވަރަށް ބިނާކުރުވަނި ކޮމެންޓެއް، ރައްޔިތުންގެ ހައްގުގައިވެސް އިސްތިއުފާ ދެއްވާ#ސޯލިހުއިސްތިއުފާ
ތަންދޮރު ނޭގޭ ގަމާރު ވެރިއެއްކަން މުޅި ރައީސް އޮފީސްގެ ހުރިހާ އެންމެންވެސް އޮބަ ގަބޫލު ކުރެއެވެ. މޮޔަ ވެރިއެއް ގަމާރު ވެރިއެއް ވާއެއް ނުވާއެއް ނޭގޭ މިހާރު ބަލަން ވެއްޖެ ނޫންތޯ ކޮވިޑުގައި މި މަރުވި މީހުންނަނީ ކޮންޕާޓީއެއްގެ ރައްޔިތުން ތޯ މީ ބަލަންވާރު ކަމެއް އެބޭ ފުޅުންގެ އާއިލާތަށް ސަޕޯޓު ކުރަނީ ކޮން ޕާޓީއަކަށް ތޯ ނޫންތޯ މީ ޒާތީވެގެންގޮސް މަރާ މީހުންތައް އަވަސް ބަލާ ހުރިހާ މީހުން ހޭލާ ނިދިން ހޭލާ މީހުން މިތިބެނީ ނިދާފައި ބަލިމީގެ އެންމެ ފުރަތަމަވެސް ބަލާނީ އައިޑީ ކާރޑް ކޮންޕާޓީއެއްތޯ އެހެންވެ އެމްބިއުލާސްވެސް ލަސްވަނީ
އަނެއްކާ އަނެއްގޮދުތައް ހަދަންދޯ؟ މިޝްކާގެ މައްސަލަ އޮއްބާލަން މިއަދު ވަރަށްދޮގުހަދާނެ. ރައްޔިތުން އަޑުއަހަން ބޭނުމިއްޔާ އަޑުއަހާ. މަށެއް އަޑެއްނާހާނަށް.
ސޯލިހް އާއި އޭނާގެ އާއިލާ ތިބެނީ އަރާމުގަ ކައިގެންބޮއެގން ގެގަ ކެބިނެޓް މިނުސްޓރުންނާ ދެންތިބި ދައުލަތުގެ ވިޒާރާތަކުގަ ތިބ ި މިހުންވެސް ،ޕްރއިވެޓް ސެކްޓަރ ފުޑުފުޑުކޮށްލައި އާއިލާތަަަައް ބިކަކޮށްލާފި އުބޫއށާ ކޯލިޝަަަނައް ސަލާން ވަރައްވެސް
ރޮއެރޮއެފަ ނަމަވެސް ކޮންމެވެސް ގަޑިއެއްގަ ބޭރައް ނިކުމެވޭ ގޮތެއް ވޭތޯ ބަލާދީބަލަ އަހަރެމެން ވިއަފާރި ކުރާ ތަންތަނައް ކުލި ބަރާބަރައް ދައްކަން ޖެހޭ...
ތިބުރާންޗައް ވެރިކަންހޯދައިދެން މަސައްކަތްކުރި މީހުން މިގައުމުގަ މިހިނގާ ހުރިހާކަމަކައް ޒިއްމާވާންޖެހޭނެ ކުރީގަވެސް އިނގޭ އެއީބޮޑުގަމާރެއްކަން އެނގިހުރެ މިއަލިފާން ގަނޑައް ރައްޔަތުން ކޮއްޕާލީ މިހާރު ތިބޭނީ ރާކަނި މަސްކާހިއްފިލާފަ ބާރައް އަތްޖަހާ
މި ވެރިކަން ގެންނަށްޖެހުނީ ޔާމިނުގެ ވެރިކަމުގެ އަނިޔާ ވެރިކަށް ވެސް ބޮޑު ވެގެން ވެރިކަމާއި ޖާހާ ދެމެހެއްޓުމަށް ހުރިހާ ލީޑަރުން އުޅެނީ ގައުމަށް ރަގަޅަށް ކަމެއްކޮށްދީ ރައްޔިތަކަށް ހެއުއެދިގެން އުޅޭނެ ހެއުލަފާ ވެރިއަކަށް ދި ވެހިން މި ވަނީ އަނެއްކާ ވެސް ބޭނުން ވެފައި. ކޯލީސަންގެ ވެރިން ކޯޅުމެއްގަ ތިބެގެން ޒިންމާ ނެގޭނެތޯ. ލީޑަރުންގެ ލީޑަޝިޕެއްނުފެނޭ ނޫންތޯ.