ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ހަމަ ދުވަހުގެ ތެރޭގައި ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މީގެ ކުރިން ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނެ ކަމަށް ވިދާޅުވެފައި ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

އެޗްޕީއޭއިން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެ ވެކްސިންގެ ދެވަނަ ޑޯޒް ހަމަސްތެރޭ ދިނުމާ ގުޅޭ ގޮތުން އެ ނިންމުން ރާއްޖެއިން ނިންމިއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފާ ވެސް ލިބިފައިވާ ކަމަށެވެ.

"މި ލަފަޔާ ގުޅިގެން ކޮވިޝީލްޑް/އެސްޓްރަޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒު ދިނުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދެއްވާފައިވާ ގޮތަށް ރާއްޖޭގައި ކޮވިޝީލްޑް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒު ހަމަސް ދުވަހުގެ ތެރޭގައި ޖެހޭނެ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ވަނީ ލަފާ ދެއްވާފައި" އެޗްޕީއޭއިން ނެރުނު އިއުލާނެގައި ވެއެވެ.

ރާއްޖޭގައި ހަމަސް ފަހުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ދޭން ނިންމާފައިވާއިރު، މިހާރު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ހުސްވެ މި ވެކްސިން ޖެހުން ވަނީ މަޑު ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އަބްދޫ

  ކުރިންބުނީ 4 ހަފްތައައި 12 ހަފްތައާ ދެމެދުކަމަށް ދުނިޔޭގެ ގައުމުތަކުން ބުނަމުންއައިވެސް އެގޮތަށް. އެއީ 1 މަހާއި 3 މަހައިދެމެދު. ރާއްޖެއިން ބުނީ 8 ހަފްތަ އާއި 12 ހަފްތާ އައިދެމެދު ޖެހެުމުން ރަނގަޅުވާނެކަމަށް އެވަރު ހަމަ އޯކޭ. މިހާރު މިކިޔަނީ 6 މަސް އޯކޭ ކަމަށް ދުވަސްކޮޅަކުން ބުނެފާނެ އަހަރުވިޔަސް އޯކޭވާނެ ކަމަށް. ލިބޭ ވެކްސިނެއް އެންމެ އެދެވޭގޮތަށް ފުރިހަމަކުރުމުގެ ރޭވުން ގެންގުޅެފަ ހުރިކަމަކަށް ނުބެލެވޭ.

  20
 2. ައާންމުން

  ލިބުން ދުވަހަކުން ޖެހިޔަސް އޯކޭ ވާނޭ ބުނިނަމަ

  23
 3. ގިތެޔޮ ގުޅި

  އަދި ފަހުން ބުނެފާނެ ދެން އަންނަ ރިޔާސީ އިންތިޚާބުގެ ފަހުން ޖެހިހިއަސް ރަނގަޅޭ..

  22
 4. ދުމަށި

  ސަރުކާރެ އް އޮޕަރޭޓް ކުރަން ނުދަ އްނަ ބަޔަކު އެރީމާ މިކަހަލަ ތަކޮލީފު ރަ އްޔަތުން އުފުލަން ޖެހޭނެ.

 5. ކެހިވެރި ނަޖިސް

  އިރު އިރު ކޮޅަށް ނެރޭ ބަންޖެ އްތަ.

 6. ޜިފް

  ޢަހަރެމެން މި ތިބެނީ 2 ވަނަ ޑޯޒް ނުޖެހިފަ...! ޕްލޭން ރަގަޅަށް ކުރިނަމަ މިހެން ނުވީސް!

 7. ދުންމާރި

  މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުންމުގެ ހައްދެއްނެތް މި ބުރާންތިތަކަށް ނޭނގޭ ދުނިޔޭގަ ކަހްންހނގާ ގޮތް ގިނަ ދިވެހިން އިންޓަރނެޓުން ބަލަމުން މައުލޫމާތު ހޯދަމުންދާކަމެއް އިންޑިޔާ ވެކްޝިންގެ 2 ވަނަ ޑޯޒް ދުނިޔޭގެ އެހެން ޤައުމުތަކުން ޖެހި މުއްދަތާ ރާއްޖެއިން ޖަހަން ބުނި މުއްދަތާ ދިމައެއްނުވޭ ކުރިން ބުނަމުން އައީ 4 ހަފްތާވުމުން ލަސްނުކޮށް ވެކްޝިން ޖެހުމަށް ނަމަވެސް އިންޑިއާ ވެކްޝިން ނުލިބުމުން މިހާރު އެބުނަނީ 6 މަސްތެރޭގަ ޖެހިޔަސް އޯކޭވާނޭ މިވަރުން ދަނޏާ ބުނާނެ ނުޖެހިޔަސް އޯކޭއޭ މީދެން ތަންކޮޅެއް ބޮޑުވަރު މި ޤައުމުގެ ރައްޔިތުންގެ ގަޔަށްޖަހާނެ ވެކްޝިން ހިލޭވެސް ޤައުމުތަކުން ލިބޭނެ މިސަރުކާރުގެ ނާޤާބިލްކަމުން އަދި އިންޑިޔާގެ އަޅުވެތިކަމުގެ ދަށުގަވާތީ މި ޤައުމުގެ ރައްޔިތުންނަށް ވެކްޝިން ނުލިބި ބައްޔަށް މި ހުށަހެޅެނީ މިކަމުގެ ޒިންމާ ލާދީނީ އެމްޑީޕީ ސަރުކާރުން ނަގަންޖެހޭނެ

 8. ރަޒީނު

  އެއް އަހަރު ފަހުންވެސް ޖެހޭނެ ކަން އަހަރެމެންނައް އެގެއެވެ. އަދި އެއް އަހަރު ފަހުންވެސް ވެކްސީން ނުލިބިއްޖެއިޔާ އަދި 10 އަހަރުފަހުންވެސް ޖެހޭނެ.. އަދި 10 އަހަރުވާއިރު ވެކްސީން ނުލިބިއްޖެއިޔާ 20 އަހަރުފަހުންވެސް ޖެހޭނެ.. އަދި 20 އަހަރުވާއިރު ނުލިބިއްޖެއިޔާ 50 އަހަރު ފަހުންވެސް ޖެހޭނެ. މިހުރިހާ ގޮތަކައްވެސް ޖެހެން އޮންނާތީ އޭރު 8 ހަފްތާތެރޭ ޖަހަން ބުނީ. އަދި 8 ހަފްތާގައި ޖުވީމަ 12 ހަފްތާ މިހެންގޮސް 16 ހަފްތާއަށް ބަދަލުވެމިހާރު 6 މަހައް ބަދަލުވީ. އެހެންނުން. ކަލޭމެން ފިކުރުކޮއްބަލަ.

 9. ސަފަރު ކައްދަގެ ތިއްތިބެ

  ދެވަނަ ޑޯޒު ހަމަސް ދުވަހުގެ ތެރޭގައި ޖެހޭނެ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ފުރަތަމަ ޑޯޒު ޖެހި އިރުނުބުނެވުނީ ކީއްވެތޯ؟ އެއިރު މިގްރޫޕް އޮތީ ކޮންތާކުތޯ؟ ރައްޔިތު އެންމެނަށް ފުރަތަމަ މިވެކްސިން ޖެހި އިރު 2ވަނަ ޑޯޒެއް ނުލިބިއްޖެއްޔާ ހަދަންވާގޮތެއް ނުރާވާ އެންމެހާ ރައްޔިތުން ހަލާކު ކުރީ ކީއްވެތޯ؟ މަ މިވާހަކަ މިދައްކަނީ މަށަކީ ވެސް ފުރަތަމަ ޑޯޒް ޖަހައިގެން 2ވަނަ ޑޯޒް 8 ހަފްތާފަހުން ޖަހަން ރެޑީގައި ހުރިމީހަކަށްވާތީ! ފުރާނަޔާ ގުޅިފައި ވާ ނާޒުކު ކަންތައްތަކަކީ ތިޔަހާ ފަސޭހަކޮށް ޒިންމާ އިން ރެކެވޭނެ ކަންތައްތަކެއްނޫން. ފުރަތަމަ 4 ހަފްތާ، ދެން 8ހަފްތާ، އޭގެފަހުން 12 ހަފްތާ، މީ ގެ ކުރިންބުނީ 16 ހަފްތާޔޭ، އަނެއްކާ 6 މަސް..ކިހާބޮޑު މުސީބާތެއް؟ މާދަން ބުނާނެ 2ވަނަ ޑޯޒު ނުޖެއްސަސް އޯކޭ ވާނެޔޭ! އެއްވެސް އެއްޗެއް ނޭގޭ ރޯނު އެދުރުން. ކީއްތޯ ވާނީ މިވެކްސިން މަސައްކަތް ކުރާގޮތުގެ ޑެމޯއެއްނަމަވެސް ދައްކައިގެން، މި 8 އަށް ހަފްތާ އާއި 6 މަހުގައި ތަފާތު ޓެކްނިކަލީ ބުނެލަދިނިއްޔާ؟

 10. އިންސާފު

  ޢަޅުގަޑު މިހާރު ޢެޗް.ޕީ.އޭ އަށް އިތުބާރެއް ނުކުރަން.

 11. ޕާޒްޕޯޒް

  މިއީ ވާލްޑު ވައި ޑު ނިންމުމެއްތޯ.. ނޫނީ އެޗްޕީއޭ ނުވަތަ ދިވެހި ސޮރުކާރުގެ ނިންމެވުމެއްތޯ.
  ޕްލީސް މިޔެއް ސާފުކޮށްލަދެއްވާ

 12. ފައުޒީ

  ހަދާންކުރާތި..އެޗްޕީއޭގަ ތިތިބަ މީހުން ޖަވާބްދާރީކުރުވާނަން ދެންއަންނަ ވެރިކަމެއްގައި. އަދަބުވެސް ދެވޭނެ ޝަރީއަތްކޮއް.. ހަނދާންކުރާތި..ތިތިބީ ދޫކޮއްލާފަކާއެއްނޫން ހަމަ އެއްގޮތަކައްވެސް. ވަކިވަކީން ޖަވާބްދާރީ ކުރުވާނަން.. ހަނދާންކުރާތި.

 13. ދެރަ

  މިހާރު ބޭނުމެއްނޫން ތިޔަ ޖަހަންވެސް. އޭރު ބިރުންތިބެ ވެސް ޖެހީ.. ނުލިބުނީމަ 2 މަސް 6 މަހަށް.. ދެން ވެދާނެ 12 މަހަށް.. އެހެން ވެކްސިނެއް ފަށައިދިނިއްޔާ މާ ރަނގަޅެއްނު