މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ 'ޔޫރޯ 2020" ސްކްރީނުން ބެލުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޖެކްޓަރު ދޫކުރުމަށް ޔޫތު މިނިސްޓްރީން ފަށައިފިއެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ، ޔޫރޯ 2020 ބެލުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ އެއިޑްގެ ދަށުން ރާއްޖެއަށް ލިބިފައިވާ ޕްރޮޖެކްޓަރުތައް ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، މި ޕްރޮޖެކްޓްތައް ހޯދުމަށް ބޭނުންވާ ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީމެއިލް ކުރެއްވުމުން އެކަން ހަމަ ޖެހިގެން ދާނެ ކަމަށެވެ

ޕްރޮޖެކްޓަރު ހޯދުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ.

ޔޫރޯ 2020 އަށް ޕްރޮޖެކްޓަރުތައް ދޫކުރުމަށް ނިންމާފައިވާއިރު، މި މުބާރާތުގެ މެޗުތައް ރާއްޖޭގައި ދެއްކުމުގެ ހުއްދަ ލިބުނު ހަމައެކަނި ޓީވީ ޗެނަލަކީ ރާއްޖެޓީވީ އެވެ.

މި މުބާރާތަކީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތެކެވެ. އެކަމަކު ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ ޔޫރޯ މި އަހަރަށް ފަސްކުރި ނަމަވެސް، މި މުބާރާތް މި އަހަރުވެސް ކުރިއަށްދާނީ "ޔޫރޯ 2020" ގެ ނަމުގައެވެ.

ޔުއެފާއިން ނިންމާފައިވާ ގޮތުން މި މުބާރާތް ކުރިއަށްދާނީ ޔޫރަޕުގެ ތަފާތު 11 ގައުމެއްގެ 11 ސިޓީއެއްގައެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭއިރު، ސެމީ ފައިނަލް މެޗުތަކާއި، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓ

    ސޮނީ ޓީވީ ޗެނަލުންވެސް ދައްކާ

  2. ހާށަވިޔަނި

    ތިލިބޭނީ އެމްޑީޕީ އެކްޓިވިސްޓުންނަށް

  3. އެސްކަޅީއާދަނު

    ސީދާ ކަރަޕްޝަންގެ އަމަލުތަކަށް މަގުފަހިވީ. ތިލިބޭނީ ވަކި ބަޔަކަށް.

  4. ނަައީމް

    ކީއްވެ ލިބުނު އަދަދު ހާމަނުކުރީ

  5. ކާލި

    ޔޫރަޕްގައި ކޮވިޑް ފިލާއިގޮސް އެމީހުން ކުރިންވެސް އުޅުނު ގޮތަށް ކުޅި މަޖާކުރަން ފެށީ ، ފަޤީރުން ކޮވިޑާއި އެކުވެސް އެމީހުންގެ ކުޅިމަޖާ ބެލުން އަތްޖެހުން، ބަލަ ތިމާމެންގެ ނަފުސު އަޅުންގެ އަޅުދާސް ކަމުން ސަލާމަތް ކުރަން ނުވޭތޯ ބުއްދީގެ ހެޔުވިސްނުން ކޮބައިތޯ ؟

  6. ލލ

    މުއްސަދިންގެ ކުޅިމަޖާ ބަލަން ފަޤީރުން އަތް ޖަހަން !

  7. ބަކުރު

    ޢެމްޑީޕީއަށް ނުލިބޭގޮތަކަށް މިސަރުކާރުން އެއްކަމެއްވެސް ނުކުރާނެ ރަށްޔަތުން މިހާތަނަށް ދުއް އެންމެ ނާގާބިލު މަކަރުވެރި ސަރުކާރެއްމީ ...