ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއަށް ލިބޭނީ ޖުލައި މަހުގައިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ޖުލައި މަހު ރާއްޖެއަށް ލިބޭނީ ސިންގަޕޫރު ކުންފުންޏަކާ ގައްނަން ހަވާލުކުރި ހަތް ލައްކާ ވެކްސިންގެ ޑޮޒުތަކުގެ ތެރެއިން ފަސް ލައްކާ ޑޯޒު ވެކްސިން ކަމަށެވެ.

ރައީސް ވިދާޅުވީ، އެކުންފުންޏާއި އެކީ މިއަދު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި ޖުލައި މަހުގެ ތެރޭގައި ވެކްސިންގެ ފަސް ލައްކަ ޑޯޒު ރާއްޖެއަށް ގެނެވޭނެ ކަމުގެ ޔަގީންކަން ކުންފުނިން ދެއްވާފައިވާ ކަމަށެވެ.

މިވެކްސިންގެ އިތުރުން ރަޝިއާގެ ވެކްސިން ކަމަށްވާ ސްޕުޓްނިިކް ވީ ރާއްޖެއަށް ގެނައުމަށް އެއްބަސްވުމެއްގައި ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ސޮއިކުރާތާ ހަތަރު ހަފްތާއެއްގެ ތެރޭގައި ރާއްޖެއަށް އެ ވެކްސިންގެ ދެލައްކާ ޑޯޒު ރާއްޖެއަށް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ ކަމަށާއި އެހެން ކަމުން މިމަހުގެ ތެރޭގައި އެގައުމުން ފޯރުކޮށްދޭ ވެކްސިން ލިބޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ. އެހެން ނަމަވެސް އެއީ އަދި ކޮން ވެކްސިނެއް ކަމެއް އެނގި ނުލައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ވެކްސިން ޖަހާފައިވާ މީހުންނަށް ބަލާއިރު، 311،740 މީހުން ހިމެނޭހެން އާބާދީގެ 70 އިންސައްތަ މީހުން ވަނީ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި 172،263 މީހަކު ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ. އެއީ އާބާދީގެ 39 އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަނދާން ނައްތާލާ

    ރައީސްއޮފީހުގައި ހުރި ކަލަންޑަރަކު ނެތް ޖުލައި މަހެއް. އެހެންވީމާ މިއަހަރަކު ޖުލައި މަހެއް ކީއްކުރަން ކޮވިސީލްޑު ވެކުސިނެއްވެސް ނާންނާނެ.

    6
    1
  2. ހަސަނާ

    2 ހަފުތާ 3 ފަހަރު ޖޫން މަހުތެރޭ ޖޫން މަހު ފަހުކޮޅު. މިހާރު ޖުލައި މަހު ނަސީމު ކުރިންބުނި ޖޫން މަހު 2 ލައްކަ ލިބޭނެކަމައް މިކަންވެސް ވެނޓިލޭޓަރު މައްސަލާ އާ އެއްގޮތް...

    6
    1
  3. Anonymous

    އެމެެރި ކާއިން ދޭ އެއްވެސް ވެ ކކްސިނެއް މަށަ ކު ވާ ނުޖަހާނަން. އެއީ ކޮންމެ ނަމެއް ކިޔާ ކޮންމެ ވެ ކްސިނެއަ ނަމަވެސް .