ސްޓޫޑެންޓް ލޯން ދެއްކުން މި އަހަރުގެ ނިޔަލަށް ފަސް ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ގިނަ ދަރިވަރުންނެއް ކިޔަވަމުންދާއިރު، ސަރުކާރުގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ، ކަމާއި ގުޅުން ހުރި އިދާރާތަަކުގެ މަޝްވަރާއާއެކު ސްޓޫޑެންޓް ލޯންތައް މި އަހަރުގެ ނިޔަލަށް ފަސް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑު ވާނީ ފިނޭންސް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކޮށް، ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯންތައް މި އަހަރުގެ ނިޔަލަށް ފަސް ކޮށްދިނުމަށް ނިންމާފައި". ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޓޫޑެންޓް ލޯން ދެއްކުން މީގެ ކުރިންވެސް ފަސްކޮށްދީފައި ވެއެވެ.