މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ހަވާލު ކުރާނެ ކުންފުންޏެއް ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އުއްމީދު މި ކުރެވެނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބްރިޖްގެ މަސައްކަތް އިވެލުއޭޓްކޮށް ނިންމާ ވަކި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް. އެހެންވީމަ މި މަސް ނިމުމުގެ ކުރިން ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ވަކި ބަޔަކާ ހަވާލު ކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރުމަށް އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީ ކޮލިފައިކޮށްފައިވާ ކަމަށާއި އެއީ މިކަމަށް ގާބިލް ކުންފުނިތަކެއް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ.

އެކަމަކު، އެ ހަތަރު ކުންފުންޏަކީ ކޮބައި ކަމެއް ހައި ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ.

މާލެ-ތިލަފުށި ބްރިޖަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫއެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި މި މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ.

މި މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް ހައި ކޮމިޝަނުން ލަފާކުރެއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅާލަން ހަމަަޖައްސާފައި އޮތީ ތިން ބްރިޖުންނެވެ. ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެއެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެއެވެ.

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށް ގެންދާ ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން އިންޑިއާ އިން ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ދައްކަން ޖެހޭނީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ކަަމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    އިންޑިޔާ ބަޔަކާއޭ ނުބުނީ ކީއްވެ ޕަޕެޓާ!

    31
    1
    • ޙައްގުބަސް

      މިކަލޭގެ އިސްތިއުފާ ދީފަ ދާށޭ މިކިޔަނީ! ގާސިމާ މައުމޫނާ އަޅެ ދުނިޔޭގެ އެބަތިބިތަ؟ މި ދެމީހުންގެ އަނގަމަތީ އިންޑިޔާއިން ނިކަން ރަނގަޅަށް ޓޭޕް އަޅުވާފަ އެތިބީ ބައިތިއްބާފަތަ؟ މިދެ މީހުން އެހެލާފައި މިސަރުކާރުން ތިބޭއިރު ހަމަ އެކައްޗެކޭވެސް ނުބުނެ މިތިބެނީ ކިހާ ލާރިއެއް މިދެ މީހުންގެ އުނގަށް އަޅައިގެންބާ! މިގައުމުގެ މިނިވަންކަމާ އިސްތިގުލާލު ވެއްޔާ މޮޑެމުންދާއިރު ހަމަހޭވެރިކަމެއް ނައާދޭ! މިއީ މިމީހުންގެވެސް ގައުމުކަމެއް ހަމަ ހަނދާން ނުވަނީބާ؟ ގައުމަށް ބަޔަކު ޙަރާންކޯރުވަމުންދާއިރު މިދެ މީހުން މިތެބެނީ ބައިއަތު ހިފައިގެން ޗުޕުވެސް ނުބުނެ!! ކަލޭމެނަށް ދިވެހިރައްޔިތުން މަޢާފެއްނުކުރާނެ!!! ތިޔަ ނުބައި ނުލަފާކަންމަތީ ތިބެ މިގައުމު ހަލާކުވެއްޖެނަމަ ނުވަތަ އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓް އަޅަން މިސަރުކާރުން ހުއްދަ ދީފިނަމަ އެއީ ކަލޭމެންގެ ބައިވެރިވުމާއެކު ކުރިކަމެއްކަމަށް ބަލާން!! އަދި ކޮންމެވެސް ދުވަހަކުން އެކަމުގެ އަދަބު ކަލޭމެނަށް ދިވެހިރައްޔިތުން ދީ ކަލޭމެން ގަންހިންގާތަން ހަމަ ދެކެން ބޭނުން! އެހެންވީމަ ވަގުތު ފާއިތުނުވަނީސް ކަލޭމެންގެ އަޑު އުފުލާ! ދިވެހި ވިޔަފާރިވެރިންވެސް އެބަޖެހޭ އަޑުއުފުލަން!! ވަގުތީ ފައިދާ ދޫކޮށްލާ! މިއީ ގައުމީ މަސައްކަތެއް!! ސިޔާސީ ކަމެއްނޫން!!

      10
  2. ސެންޗޯ

    ސާބަސް ރައީސް ގައުމާގެން ކުރިޔަށް ﷲ ރައީސް ކުރައްވާ މަސައްކަތުގައި ބރަކާތް ލައްވާ ދޭވެ އާމީން

    3
    29
  3. ކާފަބޭ2020

    ތިޔައަޅާބުރިޖު 88 މީހުނަށްވެސްފެންނާނެތޯ؟ ވަރަށްވޮޑުކުރިއެރުމެއްލިބިއްޖެ! މިއަންނަމަހުން.ިއަންނަމަހުން މިމަހު( އެއީކޮންމަހެއްކަމެއްނޭގެ) ހަވާލުކުރާވާހަކައެޢީ އަތުންހަންދާވަރަށްއަތްޖަހަންޖެހޭނެކަމުގައިދެކެމު ތާލިޔާތާލިޔާ😆😆😆😆😆😆😉😉😉

    26
    1
  4. އިބްރާ

    މިހާލަތުގައި ބްރިޖެއް ބޭނުމެއްނޫން. މިހާރުވެސް ދަރަނި މާބޮޑުވެއްޖެ. މިހާރު ގެނެސްދެއްވާފައިވާ ތަރައްޤީވެސް އޯކޭ. އަވަހަށް އިސްތިއުފާދެއްވާ.

    39
    2
  5. އަހްމަދު

    އައްޑޫ އިންޑިއާއަށް ވެދުމަށް އެރުވުމަށްފަހު ތޯ ގުޅިފަޅު ބުރިޖު އަޅަނީ؟؟؟؟

    37
    1
  6. ސްލޯ ގެރި

    އިންޑިޔާ ސިފައިންނާއި ހަވާލު ކުރޭ

  7. ހުސޭނު

    ކުރީ ސަރުކާރުން ބްރިޖްއަޅަމުން ދިޔަދުވަސްވަރު ، މިހާރު ސަރުކާރު ހިންގަވަމުންދާ ބޭފުޅުން ވިދާޅުވަމުންއައީ އެއީ އެކަށީގެންނުވާ ވަރުގެ ބޮޑުއަގެއްގައި ކުރާ ކަމެއްކަމަށް. މިފަހަރު ރައްޔިތުންނަށް ހަމައަގު އެނގޭނެކަމަށް އުއްމީދުކުރަން.

  8. ސެންޗޯ

    ކުރިން އެޅި ބުރިޖުއަށް ލޯނު ދައްކަނީ މިސަރުކާރުން އެހެންވީމާ އަލަށްއަޅާ ބުރިޖާ ދެ ބުރިޖު އެޅި ކަމަށް އަސްލުގަ ވާނީ މިސަރުކާރުންތަ

    1
    3
  9. ޒަމީ

    ކީއްވެތަ އަންނަމަހޭ ވިދާޅުނުވީ

  10. Anonymous

    މިހާރުވެސް އޮވޭނު ބްރިޖް. ބިއްލޫރި ބްރިޖް އެއް

  11. ޢަބްދުﷲ

    މާލެ-ތިލަފުށި ބްރިޖްގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރެވޭނެ: ރައީސް

    3 ގަޑިއިރު ކުރިން ( ޖޫން 8, 2021 )

    އަޅުވެތި ކަމާއެކު ގެންނަ ބޮތިޖަކީ އަނިޔާ އެއްކަމުގައި ދަރިންގެ ދަރިން ވެސް ހަނދާން

    ކުރާނެ. އަދި އެބަޔަކަށް ލާނެއްދ