އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓެއް އެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި އޮތްކަން އެނގިވަޑައިގަންނަވާ ކަމަށާއި، ކޮންސިއުލޭޓް އެޅުމާ ގުޅޭ ގޮތުން އިތުރަށް ވިސްނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމީ އެ ގައުމުގެ ސަރުކާރުގެ ކެބިނެޓުންނެވެ. އެ ހުށަހެޅުން ދިވެހި ސަރުކާރާ ހިއްސާކޮށްފައިވާއިރު، މި ކަމުގައި ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނުނިންމައެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުން މުހިއްމު ކަން ފާހަގަކުރައްވައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ އައްޑޫ ބައިނަލް އަގްވާމީ ދުނިޔެއަށް ހުޅުވާލައި ވިޔަފާރިތައް އައްޑޫގައި ފުޅާ ކުރުމަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

އެކަމަކު، އައްޑޫއަށް އުފަން ބައެއް އިލްމުވެރ ޒުވާނުން ވެސް ހިމެނޭހެން ގިނަ ބަޔަކު ވަނީ އައްޑޫގައި އިންޑިއާގެ މާ ގިނަ ބަޔަކު ނޫޅޭއިރު އެ ގައުމުގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުން އެ ސަރަހައްދުގެ ހިމާޔަތާ މެދު އުފެދިދާނެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ކޮންސިއުލޭޓް އެޅުމާ މެދު ރައީސްގެ ހިޔާލުފުޅަކީ ކޮބައިތޯ "ވަގުތު" އިން ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ އޭގައި ގައިމު ވެސް ރައްޔިތުންގެ ތެރޭގައި ދެ ޚިޔާލެއް އޮތް ކަން ފެންނަ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ކަމާ މެދު ސަރުކާރުގެ ތެރޭގައި އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށާއި އެ ކަމުގައި ވަކި ގޮތެއް ސަރުކާރުން ނިންމަވާނީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭ އެކަމާ މެދު މަޝްވަރާ ކުރަން. އަދި މިހާތަނަށް ވަކި ގޮތެއް ނުނިންމަން،" ރައީސް ވިދާޅުވިއެވެ.

ދެ ގައުމެއްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހުރި ކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ އިންޑިއާގެ ޓްރިވަންޑަމާއި ސައުދީ އަރަބިއްޔާ ޖިއްދާގައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ކަމުގައި ގޮތެއް ނިންމުމުގައި ސަރުކާރުން ރައްޔިތުންގެ ވިސްނުމަށާއި ދޭދޭ ގައުމުތަކާ މެދު ރާއްޖޭން ބާއްވާ ގުޅުމަށް ރިއާޔަތް ކުރައްވާނެއެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމުގެ ނިންމުމެއް އެ ގައުމުގެ ސަރުކާރުން ނިންމާފައި މި ވަނީ، އިންޑިއާއިން ރާއްޖެއަށް "އަތް ގަދަ ކުރަން" އުޅޭ ކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށެވެ. މި ކަން އިންޑިއާ އާއި ދިވެހި ސަރުކާރުން ވެސް ދޮގު ކުރެއެވެ.

"ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ނަމުގައި މީސް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ވަނީ ފަށައިފައެވެ. މި ކެމްޕޭންގައި އައްޑޫއަށް އުފަން ގިނަ ޒުވާނުން ވެސް ބައިވެރިވެއެވެ. ދާދި ފަހަކުން މި ކަމާ ގުޅޭ ގޮތުން އަޑު އުފުލުމަށް ޕެނަލް ޑިސްކަޝަނެއް ވެސް ބޭއްވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އައްޑޫއަށް އުފަން އެމްއެންޑީއެފްގެ ކުރީގެ އާމަރީ ކޮމާންޑަރު އަލީ އިހުސާނާއި އައްޑޫއަށް އުފަން ކޮމްޕިއުޓާ ސައިންސާއި ހިސާބު އިލްމުގެ ޕްރޮފެސަރު ހަސަން އުގައިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫއަށް އުފަން މިފަދަ ބައެއް އިލްމުވެރި ބޭފުޅުން ކަމާ ދެކޮޅު އިރު އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އައްޑޫގެ ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ކަމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޏަނަ

  މީ އަހަރެމެންގެވެސް ގައުމު ، މިގައުމުގެ ތަންތަން ވިއްކާކަށް ނޫން ވެރިކަން ރައްޔިތުން ހަވާލުކުރީ

  26
 2. ހަނި

  ތިބުނާ މެންބަރުންނަކީ ލާރި އަށް ވިކި ހުސް ވާ ބަޔެތް

  20
 3. ކިޔާލު

  ދެ ޚިޔާލެއް ބޭނުމެއް ނޫން. ބޭނުމީ އަދި އޮންނަންވީ އެންމެ ޚިޔާލެއް. އައްޑުއަތޮޅުގައި އިންޑިޔާ ބަޔަކު ތިބެގެން ނުވާނެ. ރައްޔިތުން ބޭނުންވާ ގޮތަކީ މިއީ. ނިމުނީ.

  27
  1
  • އިންސާފް

   ޓްރިވެންޑްރަމް ގައި ދިވެހިންގެ ބަޔަކު ތިއްބަސް ހެޔޮ ދޯ؟؟ އަދި އެމީހުންނަށް ފަސޭހަ ކުރަން އެތާ ދިވެހި ކޮންސިއުލޭޓް ހުންނަން އޯކޭ ދޯ؟؟ ޑަބަލް ސްޓޭންޑްރޑް!!!!

 4. އަލީ

  އެެއް ހިޔާލަކީ މިހާރު ހުއްދަދިނުން. އަނެއް ހިޔާލަކީ ތަންކޮޅެއް ފަހުން ހުއްދަ ދިނުން.

  12
  3
 5. މޫސާ

  ރާއްޖޭގެ ކޮންސިއުލޭޓެެއް އިގިރޭސިވިލާތުގައި އެޅުމުން ފައިދާ ކުރާނެތަ އެގައުމުގެ ރައްޔިތުންނަށް؟

  14
  1
 6. އިބްރާހިމް

  އާދޭހާއިއެކު ދަންނަވަން. އެއްވެސް ޤައުމެއްގެ ކޮންސިއުލޭޓެއް ރާއްޖެތެރޭގައި ނާޅުއްވާ.

  17
 7. Anonymous

  ތަނެއް ދޮރެއް އުޑެބުޑެއް ނެެޭ ގެޭ އިންސަާނެއްގެ ބޯ

 8. މަސްދަތުރު

  ދިވެހިންނޭ، ކުރީ ޕްރެސް ކޮން ގަ ހަމަ މީނަ ބުނި ކޮންސިއުލޭޓް އައްޑޫގަ އަޅާކައް ނޫޅެމޭ، މިފަހަރު އެބުނީ އެކަމާ އެބަވިސްނަމޭ! އޮންނާނީ މިހާރު ހުރިހާ ލިޔެކިޔުމެއްނިމި ކުރެހުންވެސް ނިމިފަ.

 9. އެނޯ

  އިންޑިއާ ގެ ކޮންސިއުލޭޓެއް ރާއްޖޭގެ އައްޑޫ ސިޓީގައި ބެހެއްޓުމުގެ އެންމެބޮޑު ބޭނުމަ ކީ ހިންދީ ދީން ރާއްޖެއަށް ތަޢާރަފު ކުރުން. މިއީ ދިވެހިން ދާއިމީ ނުރައް ކަލަށް ވައްޓާލުން. މި ކަމަށް އެއްބަސްވާނެ ދިވެއްސެއް ނުހުންނާނެ. އެމުޑީޕީގެ މަދުބަޔަ ކު އާނއެ ކޭ އެބުނަނީ އެމީހުންގެ އަމިއްލަ ވިސްނުމާ އިދި ކޮޅަށް.

 10. އަލީ

  ހާދަހާވާ ބޮލައް އުނދަގޫ ރައީސެކޭމީ.

 11. މޫމިނު

  ޢައްޑުގައި އިންޑިޔާގެ ކޮންސިޔޫލޭޓް އޮފީހެށް އެޅުމާމެދު އަޅުގަޑު ދެކޮޅު

 12. އަބްދޫ

  ކޮންސިއުލޭޓަކީ ކޮންސިއުލޭޓް ހުންނަގައުމަށް އެއްވެސް ކަމެއް ކޮށްދޭ ތަނެއްނޫން. ކޮންސިއުލޭޓްކީ އެގައުމެއްގެ ރައޔިތުން ބޭރުގައުމެއްގަ ގިނައަދަދަކަށް ދިރިއުޅޭނަމަ އެމީހުންށް ހިދުމަތް ދިނުމަށް ހުޅުވާ އޮފީހެއް. އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގަ ހުޅުވަންޖެހޭ އެއްވެސް ބޭނުމެއް އަދިފެންނާކަށް ނެތް. ނަސީދު އާއި ސާހިދު ގެ އެއްބަސްވުމެއްގެ ދަށުން އައްޑޫއިން ބޮޑު ބިމެއް ގާނޫނުއަސަސިއާއި ހިލާފަށް ވިއްކާލެވިފަިވަނީކަމަށް ތުހުމަތުކުރެވޭ، މިކަންކަށަވަރުވާނި މައްސަލައުފެދި ކޮންސިއުލޭޓް ގާއިމް ނުކުރެވޭ ހިސާބަށް ކަންކަން ދިއުމުން. ގާނޫނުއަސަސީގަ ބުނާގަޮތުން ބޭރު އަސްކަރިއްޔާގެ އެއްވެސް ބަޔަކު ރާއްޖޭގަ ބޭތިއްބޭނީ މަޖިލީހުގެ ހުރިހާމެމްބަރުން ގެވޯޓުންފާސް ވެގެން. ބޭރުގެ އަސްކަރީބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއް ނުދެވޭނެ. މިލްކުކޮށެއްވެސް ނުދެވޭނެ. ގާނޫނުއަސަސީ ބުނާގޮތުން ބޭރުގެ އެމްބަސީ އަޅަން އެމީހުންގެ މިލްކަކަށް ވާގޮތަށް ބިންވެސް ނުދެވޭނެ.