ރައްޔިތުންގެ މަޖިލިހަށް ހުރަސް ނާޅާނެ ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގެންނަވާނެ ކަމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް އެގޮތަށް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ރައީސް ސޯލިހް ކަމަށް ނަޝީދު ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

ނޫސްވެރިއަކު އަމާޒު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ސޯލިހް ވިދާޅުވީ ނަޝީދު އެހެން ވިދާޅުވި ކަމުގައި ވިޔަސް، އެމަނިކުފާނު މަޖިލިހަށް ހުރަސް ނާޅުއްވާނެ ކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް [މަޖިލީހުގެ އިންކުއަރީ] އަށް ހުރަސް ނާޅާނެ ކަން، އެމަނިކުފާނު އެހެން ވިދާޅުވި ނަމަވެސް،" ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ދުވަހު މީގެ ކުރިން މަސައްކަތް ކުރެއްވި ރައީސް ސޯލިިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްއެންޑީއެފުން ވަކިވަކި ސިފައިން ގެންދިއުމާ ގުޅޭ ގޮތުން ނެރުނު ބަޔާނަކީ ސިފައިންގެ ގާނޫނާ ހަވާލާދީ ނެރެފައިވާ ބަޔާނެކެވެ.

އެ ބަޔާނާއެކު ވެސް 241 ކޮމިޓީއަށް އެމްއެންޑީއެފްގެ ފަރާތުން އެއްބާރުލުން ލިބިގެން އަންނަ ކަން އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މި ދަނޑިވަޅަކީ ސިޔާސީ ހަލަބޮލިކަން އިތުރު ކޮށްގެން ވާނެ ދުވަސްވަރެއް ނޫން ކަމަށާއި އެ އަމާޒަށް އެއްވެސް ރައްޔިތަކު އަދި މީޑިއާ ވެސް މަސައްކަތް ނުކުރައްވަން އެދިވަޑައިގެންނަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މިއީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ގައުމު ދާންވީ ވަގުތެއް ނޫން، އަޅުގަނޑުގެ އެދުމަކީ ގައުމުގައި ހުރި މާ ބޮޑު މައްސަތަކުގެ އަމާޒުގައި އެންމެން މަސައްކަތް ކުރުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ހިންގާ އިންކުއަރީއަކީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއެކެވެ.

މި އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި މަޖިލީހަށް ފޮނުވި ލިޔުމުގައި ސޮއި ކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން ވެސް އެދުނެވެ. އެކަމަކު އެ މައްސަލަ ފުލުހަށް ހުށަހަޅަން ލަފާދީ ޕީޖީ އޮފީހުން އަނބުރާ ފޮނުވާލިއެވެ.

މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމުގެ ތުހުމަތުކޮށް ޒަމީލްގެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ވެސް ހުށަހެޅުނެވެ. އެކަމަކު ނަޝީދުގެ ހުށަހެޅުއްވުން އެ ކޮމިޓީން ބޭރުކޮށްލީ އެމްޑީޕީގެ މެންބަރުންތަކެއް ވެސް ވޯޓާއެކުއެވެ.

މިއާއެކު ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. ވަގުތުކޮޅަކަށް އެމްޑީޕީގެ އެތެރޭގެ މަސްރަހު ވެސް ހޫނުވެގެން ދިޔައެވެ.

އެހެންވިޔަސް މިއަދު މަޖިލީހުގެ ކޮމިޓީއަށް ވަނީ ފުލުހުންގެ ބައެއް އޮފިސަރުންނާއި ސިފައިންގެ ބައެއް އޮފިސަރުން ވެސް ހާޒިރުކޮށްފައެވެ. އަދި ސަރުކާރުން ހުރަސްނާޅާ ކަމުގައި ނަޝީދުގެ ވަރަށް އަރިސްކޮށް މަސައްކަތްތަކެއް ކުރައްވާފައިވާ އަސްލަމް ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާފަބޭ2020

    ތިޔައީ ދެބޯގެރިދުއްވަން ކުރާކަމެއްކަން ނޭގެނީ އެމްޑީޕީގެ ބައެއްމެމްބަރުންނަށެވެ. ހޭބުއްދިސަލާމަތުންހުރިއެންމެނަށް ތިޔައީ އިންޑިއާފުރޭމްއައުޓުކުރަންޖަހާސަކަރާތެއްކަން ސާފް! އަދިވެސްސޮއިނުކުރެވިހުރިބައި ޝާހިދުއައުމުންކުރިއަށްދާނެ! ޙައްގުމިންވަރުއަދާކުރެވޭނީއޭރުން!

    31
    2
  2. ގައުމީ ލޯބި

    ހެޔޮނުވާނެ އާދޭސް މިދެންނެވީ.. މިހާރު މަލިކުމީހުންނަށް ހަދާގޮތާއި ކަޝްމީރު މީހުންނަށް އިންޑިޔާއިން އެކުރާ އަނިޔާއާއި ދުއްތުރާގައި އައްޑޫމީހުން ނުޖައްސާ..!

    އިންޑީގެ މިލްޓްރީ ބޭސް އަދި ތިކިޔާ އެމްބަސީވެސް އައްޑޫން ދުރައްގެންދަވާ.. އަފިރިން ނަށް ހެއު ދުވަހަކި ތެބެޏާ ތަރައްގީ އިންޑިޔާ އައިސްގެން ނުވިޔަސް..

    އެކަމަކު ގައުމަށް ލޯބިހުރި ރައީސެއްގެ ހައިސިއްޔަތުން ތިކަން ހުއްޓުވާދީ.. އަފިންގެ ވޯޓު އޮތީ މަކަމާ ސީދާ ގުޅިފެއި..

    ލާރިދީގެން ވޯޓެއް ނުލިބޭނެ.. މިނިވަންކަން މަތީ ތިބެން އައްޑޫމީހުން ލޯބިކުރޭ! މި ބޮޑު މުސީބާތާއި އަފިރިން ކުރިމަތީލާން ނަހައްދަވާ އާދޭސް މިދެންނެވީ!

    44
    4
  3. ޔަޤީން

    ގައުމުގަހުރި ބޮޑަތި މައްސަލަތައް ހައްލުކުރަންވަން ބޭނުންޅު
    ވާނަމަ އަވަހައް ރައީސްޔާމީން މިނިވަންކޮއްދެއްވާ.
    އަޅުގަނޑުމެން ނައްވެސް އެނގޭ މަޖްލިހައް ހުރަސްއަޅުއްވަނީއޭ ކިއައިގެން ބެސްޓް ފްރެންޑް ސްޓަންޓްޖައްސަވަނީކަން އެކަމަކު ރައްޔިތުން މިހާރުތި ޖައްސަވާ ސްޓަންޓް ނުބަލާނެ ކިތަންމެ ރީއްޗައް އަދިކިތަންމެ މޮޅައް ޖެއްސެވިޔަސް

    9
    1
  4. ސސ

    މަޖިލިސަށް މެމްބަރުން ހޮވީ އިއްތިހާދުގެ ބޮޑު ކޯލީޝަން ބައިވެރިން ދިވެހި ރައްޔިތުން އެއީ ވަކި މީހަކު ނުވަތަ ވަކި މީހެއްގެ ފޮޓޯއިން ވީކަމެއްނޫން މެމްބަރުން ހޮވީ ރައްޔިތުން !

  5. ބަލަކު

    ސޯލިހުބިރުގަތީ ހުރަސްނާޅާނެކަން ނަޝީދުއަށްވެސް އެނގޭނެއޭވިދާޅުވަނީ ހަމަ ބިރުން ވެރިކަމުން ބާލަފާނެކަމުގެ ބިރުން.........

  6. ޗަކޮއި

    އެކަން އެނގޭތީތާ ރައީސް ނަޝީދު އެބުނީ.

    5
    1