ބ. ކެންދޫން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

ކެންދޫ ސިއްހީ މަރުކަޒުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ހަވީރު 18:00 އަށް އެރަށުން އިތުރު 13 މީހަކު ފައްސިވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 36 އަށް އަރާފައެވެ.

އެރަށުން މިއަދު ފައްސިވެފައިވަނީ ވަކި ތަރުތީބެއް ނެތި ނެގި ތިން ސުންކާއި ފްލޫ ކްލިނިކަށް ދެއްކި ހަތަރު ސުންކެއްގެ އިތުރުން ގާޓުން އެއްތާވި ހަ މީހެކެވެ.

މިހާތަނަށް އެރަށުން 259 މީހެއްގެ ސުންކު ނަގާފައިވާއިރު، 30 193 މީހަކު ބައްޔަށް ނައްސިވެފައިވާއިރު، ނަތީޖާ ނުލިބި 30 މީހެއްގެ ސުންކު އެބަ ހުއްޓެވެ.

259 ސުންކުގެ ތެރެއިން 30 ސުންކު އަކީ މިއަދު ނަގާފައިވާ ސުންކު ކަމަށާއި އޭގެ ތެރޭގައި ވަކި ތަރުތީބެއް ނެތި ނެގި 18 ސުންކާއި ފްލޫ ކްލިނިކަށް ދައްކައިގެން ނެގި ސުންކަކާއި ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވެގެން ނަގާފައިވާ 11 ސުންކު ހިމެނެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، އެރަށުން މި ބަލި ޖެހުނު އެއްވެސް މީހަކު ބަލިން ފަސޭހަވެފައެއް ނުވެއެވެ. އަދި ބަލި ޖެހިގެން ނިޔާވެފައެއް ވެސް ނުވެއެވެ.

ކެންދޫއިން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކެއް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިވަގުތު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނާދިރާ

  ދޯހަޅި ކައުންސިލެއްގެ ނަތީޖާ

 2. ކެންދޫ ފަރިއްކޮޅު

  ކެންދޫގެ ކާފިއުވަގުތުގަކުގައި ރަށުތެރޭނުބެލެހެއްޓޭ ދާދި މިދާކަށްދުވަހު ކެންދޫގެބޭފުޅެއްގެ ޑިންގީއެއްވަނީ ފަށްތާލާފަ މިއީކީ މިފަދަދަނޑިވަޅެއްގައި މީހުންނަށް ގެއްލުންދޭންވީ ދަނޑިވަޅެއްނޫން ގަބޫލުކުރާގޮތުގައި މިމަށްސަލަބަލަންޖެހޭނެ މިއީކީ ބަލައިގަނެވޭނެކަމެއްނޫން .

 3. މަރޮށިހަސަނު

  ކެންދޫގައި މިފަދަނާތަހުޒީބު އަމަލުތަށްކުރާތީ އެރަށަށްދާން ވަރަށްޖެހިލުންވޭ ކޮބާތަ ތަހުގީގީ މުއަށްސަސާ މީހެއްގެ ދިރިއުޅުމަށް ހުރަސްނާޅާށެވެ ތިމާއަށް އެދުވަސްފެންނާނެކަން ހަނދުމަނަށްތާނުލާށެވެ މިއީ ނުރަށްކާތެރި ބަލިމަޑުކަމެއް އައިސްގެންއުޅޭވަގުތެކެވެ ބިރުވެތިވާށެވެ.

 4. ސަން

  ދޯހަޅި ކައުންސިލެއް. ކަރަންޓީންވާ ދެކޮޅު ހެދި ބޯހަރު ސޮރެއްގެ ސަބަބުން މުޅި ރަށަށް ކުރިމަތިވި ހާލަތު ދެކިބަލަ. ކަރަންޓީންވާ ދެކޮޅު ހަދާނީހުން ރަށުން ބާލަންވީ. މާ ގަދަ އަރައިގެން ރަށު ތެރޭގައި ނޫޅެވޭ ވަރު ކުރަންވީ. ޕޮލިސް ޑެސްކުގަ ހުންނަނީ އެންމެ މީހެއް. ކައުންސިލުން ޕލިސް ސްޓޭޝަނެއް އަޅަން ބިން ދޭންވީނު. ލައުޑް ސްޕީކަރުު މައްސަލަ ހުށަނާޅާ