ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ކުއްލިގޮތަކަށް ފޭސްބުކް މެދުވެރިކޮށް ކުރި ލައިވްގެ ވީޑިއޯ، ފޭސްބުކުން "ގެއްލިއްޖެ" އެވެ.

ގާސިމްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރި މި ލައިވްގައި، ޖުމްހޫރީ ޕާޓީގެ ފަރާތުން އޭނާ ވަނީ ގިނަ ނިންމުންތަކެއް ނިންމައި އެކަން ހާމަކޮށްފައެވެ. ނަމަވެސް މިކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުުވަމުން ދަނިކޮށް ގަޑިއެއްހާއިރު ވެސް ނުވަނީސް މި ވީޑިއޯ ވަނީ ޑިލީޓްކޮށްލާފައެވެ.

ގާސިމް މިއަދު ކުރި ލައިވްގައި މައިގަނޑު ގޮތެއްގައި ހާމަކޮށްފައިވަނީ، އިދިކޮޅު ސިޔާސީ ޕާޓީތައް އެކީ އެކަތިގަނޑަކަށްވެ، މީގެ ކުރިން އުފައްދާފައި އޮތް "އެކުވެރި ބޮޑު ކޯލިޝަން"ގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބާކީކޮށް، ވަކިން ކޯލިޝަން ސަރުކާރެއް އުފައްދާ ކަމެވެ. އެގޮތުން އެމްޑީޕީގެ އެއްވެސް ބޭފުޅަކު ނުހިމެނޭގޮތަށް އުފައްދާ ކޯލިޝަން ސަރުކާރުގެ ކެބިނެޓްއަށް ބައެއް ބޭފުޅުންގެ ނަންތައްވެސް ގާސިމް ހުށަހަޅުއްވާފައި ވެއެވެ.

ޖުމްލަ 22 ވުޒާރާއެއް ގާސިމްގެ މި ކޯލިޝަން ސަރުކާރުގެ ކެބިނެޓުގައި ޤާއިމް ކުރުމަށް ހުށަހަޅާފައިވާއިރު، އެ ސަރުކާރެއްގެ ރައީސުލްޖުމްހޫރިއްޔާއަކީ ގާސިމް އިބްރާހީމް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނައިބު ރައީސަކީ ޑރ. މުޙައްމަދު ޖަމީލް އަހުމަދު ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އަހުމަދު ފާރިސް މައުމޫންގެ ނަންވެސް ހުށަހަޅާފައި ވެއެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޯލިޝަން އެއް ނެރޭނީ މިހާރު އޮތް ކޯލިޝަނުން ސާފު ކެންޑިޑޭޓެއް ނެރެން އެއްބަސް ނުވެއްޖެ ހާލަތެއްގައި ކަމަށެވެ.

މިއަދުގެ ލައިވް ވީޑިއޯ ކުރިއަށްދިޔަ ވަގުތުވެސް ގިނަ ބައެއްގެ ފާޑުކިއުން ގާސިމަށް އަމާޒުވިއިރު، ޖުމްހޫރީ ޕާޓީގެ ތެރެއިންވެސް ގާސިމްގެ ނިންމުމާއި މެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އެގޮތުން ގާސިމް ހުށަހެޅުއްވި ކެބިނެޓްގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސް އެންޑް ލޭބަރ، އަބްދުﷲ ކަމާލުއްދީން ވަނީ ވީޑިއޯ ޢާންމު ކުރިތަނާހެން، އެ މަޤާުމު ބަލައިގަތުމަށް ޝަޢުޤުވެރި ނުވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިދިކޮޅު ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ، ގާސިމް އެމްޑީޕީ ނުލައި ކޯލިޝަން ސަރުކާރެއް އިއުލާނުކޮށްފައި ވަނީ އިދިކޮޅު "ހިޔަނި" ކެބިނެޓަށް ނޭނގި ކަމަށެވެ.

ގާސިމް އެމްޑީޕީ އާއި ވަކިން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅުއްވާފައި މިވަނީ، އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މީގެ ކުރިން އުފައްދާފައިވާ "ބޮޑު ކޯލިޝަން"، ރިޔާސީ އިންތިޚާބު އައިސް ބޯމަތި ވެފައި ވަނިކޮށް ރޫޅި ބައިބައި ވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީވެސް ހިމަނައިގެން ކުރިން އުފައްދާފައިވާ އެ ކޯލިޝަން ތެރޭގައި ބައިބައިވުން އުފެދިފައިވާއިރު، ކޯލިޝަންގެ އެއްވެސް މަޝްވަރާއެއް ނެތި އެމްޑީޕީގެ ފަރާތުން ރިޔާސީ ގޮނޑިއަށް ވާދަކުރުމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ކޮސް

  ގާސިމޫ..ބޯހަލާކު..!!!

 2. Anonymous

  ކެނެރީ ރާހުތްބޭ ފުރަތަމަ ހާޖާނުހެދީ

 3. Anonymous

  ގާސިމު ކުރިއައް ކުރިއައް

 4. ހެ

  ގާސިމް ގުރައިދޫއަށް ގެންދާކަށް ފަހެ ނުވޭތަ އެތަނުގެ ރައީސްގެ މަގާމުދީފަ ބަހައްޓާނީ

  • ބޯހަލާކު

   ކިހާ ދެރަކަމެއް.. ކަމެއްވާއިރަށް ގުރައިދޫ ނުބެހިބަދޯ..

 5. ހުސޭނުބޭ

  ލައިވް ވީޑީއޯއަކުން ނިކަން އަވަހަށް ސާވިސް ޗާޖު ދީބަލަ!

 6. އެދުރުބެ

  މރ. ފްލިޕް ފްލޮޕް

 7. އެއްލާލާތި

  ގާސިމް އިއުލާން ކުރެއްވި ކޯލިޝަނަށް އެހެން ޕާޓީތައް އިންކާރުކޮށްފި ނަމަވެސް ތިތާ ޕާރޓީ އަކަށް އޮތީ އެމްޑީޕީއޭ އަދާލަތު ޕާރޓީ އަކީ އެއީ 6 މީހުން ހަމަވާ ޕާރޓީ އެކޭ އެޕާރޓީ ޖޭޕީ އާއި އެކު ކޯލިޝަން ހަދައިގެން އޮތުމަކުން ޖޭޕީ އަށް ކުރާނެ ފައިދާ އެއް ނޯންނާނެއޭ. ރާއްޖޭގައި މޯސްޓް ޓްރަސްޓެޑް ނިއުސް ސޯރސް އިން މި ޚަބަރު ތައް ކުއްލި ޚަބަރު ތަކުގެ ގޮތުގައި ނުގެނެސްދީ އެތިބެނީ އެއީ އެމްޑީޕީ ގެ ފަރާތުން ކެނެރީގެ ނަޝީދަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެވޭނެ ކަން ޔަގީން ވާތީވެ އެކަމާއި އެމެން ނައްޓާތީވެ ދޯ. ގާސިމް މެން ވީ ނިއުސް ވެސް އެބަޖެހޭ ވަގުތު އަވަސް ގޮތަށް ތަންކޮޅެއް އޯޕަން މައިންޑް ތިބި މީހުން ވީ ނިއުސްގެ އެޑިޓަރުންނަށް ލާ އަދި ވީ ނިއުސް އިން ވެސް ކޮމެންޓްސް ތައް ތާޒާ ކަމާއި އެކު ގެނެސް ދޭން. އެމްޑީޕީގެ ކެނެރީގެ ނަޝީދަކީ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫން އެއްގޮތަކަށް ވެސް އޭނާ އަކީ ޗޮއިސް އެއް ނޫން ޗޮއިސް އެއް ނޫން ޗޮއިސް އެއް ނޫން.

 8. Anonymous

  ގެއްލުނީއްޔޭ

 9. ކެނެރީ ސޮނި މުގާބޭ

  * ޤާސިމް މައުމޫނަށް ދޯކާދިން
  *ކެނެރީ މުނާފިޤު ރާބޯ ޒިނޭކުރާ ސަލީބީ ނަސީދަށް ދޯކާދިން
  *ޑރ ވަހީދު ހަސަން މަނިކަށް ދޯކާދިން
  *އަޅުގަނޑު މެންގެ މިއަދުގެ މި ދިވެހި ޖީލުގެ މާލިމީ ރައީސް ޔާމީނަށް ދޯކާދިން

  ކާންދޭ އަތުގާ ދަތްއަޅާ ވަގު ޖަނަވާރަކަށް ވެސް ކާންދޭ މީހާ ވަކިވޭ.. މިކަލޭގެ ހަރާންކޯރުވާނެ ވެރިކަމާ ހިފަންޏާ ދަރިޔަކަސް... މާމިގިއްޔޭ ކިޔާތީ އެރަށުމީހުން ވެސް ލަދުގަނޭ މި ބެއްޔާ ހޭކޭ ގޮތުން

  • މުނާފިގު ބުރާންޗް

   ތީނަޔަށް އެޑްވައިސްދޭންވެސް ތިބެނީ ބުރާންތިން...

 10. މީރާ

  ސާބަހޭ

 11. ޙާޖީ ތުއްތު ދީދީ

  ތުއްތު ދީދީ ބުނާނީ ތިކަމަށް އެންމެ ލާއިގު މީހަކީ ހަމަ ގާސިންބެއޭ! ގާސިމްބޭ ނަމަނަމަ ތިބަޔަށް އަންނި ނުލަވާތި!

 12. ޙެޔެޭ

  ކުރިއައްކުރިއައްގޮސް އަނގަވަތައް???

 13. އަލީ

  ނައިބަކަށް ތިޔަ ހަމަޖެއްސީ ވިހަގަދަ އިންޖެކުޝަނެއް! މިވިހަގަދަ އިންޖެކުސަން ފުރަތަމަ ޖަހާނީ ގާސިމަށް! ހަދާނާތާރީޚަށްޓަކައި މި ވާހަކަ ރައްކޮށްފައިބާއްވާ!

 14. ފަލްކާއޯ

  މަބުނީ އަދި ގާސިންބެ ސަރުކާރު ކޮޅަށް ބުރަވާނެ ޔަގީންކަމެއް. އެއީ މާޒީގެ ސަފްހާތަކުން ދައްކާގޮތް. އޭނާތީ ހުރިއްޔާ ހުރި ހޮރަކުން ކަށި ޖަހާ ޖަހާ ގޮތެއްނުވި މީހާ އެހެންވީމާ ބަދަލެއްނުވާނެ.

 15. ފިޔަވަޅު

  މޮޔަފުޅުވެފައި

 16. ކެޔޮޅު

  ޤާސިމްބެ ވިސްނާނުލާ ހެދުނު ކޮހަކުން ފައިން އެރުން ތިޔަށް ކިޔަނީ

 17. މަލަކުރި

  ކޯލިޝަނެއް ހަދަން ފާޅުގައި މަޝްވާކޮށް އެއްބަސްވުމަކަށް އައުމުގެ ހިއްވަރު އެލިފަ ތިބި އިނދިކޮޅު ލީޑަރުން ކަމަށް އެމީހުން ގަބޫލުކުރާ ބަޔަކު ނިންމާ އަމިއްލަ ނިންމުން ގަބޫލުކުރާނެ ރައްޔިތުންނެއް ނެތް