މިއަދު އިތުރު 370 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 217 މީހުންނެވެ. މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށްތަކުން މިއަދު ފައްސިވީ 148 މީހުންނެވެ. ހިންގަމުންދާ ރިސޯޓްތަކުން އިތުރު ހަތަރު މީހުން އަދި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށްވިއިރު މިމަހުގެ 04 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރީ މިއަދު އެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4263 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %9 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 17461 މީހުންނަށެވެ. މިއަދަކީ ކޮވިޑް ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދު މެއި މަހުގެ 17 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1369 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    މީ އެޗްޕީއޭ އިން ކުޅޭ ކުޅިވަރެއްތާ؟ މިވެނިހިސާބެއްގާ ކޮވިޑްކޭސްތައް ގިނަވާނެ ކަމާ ލޮކްޑައުނަކަށްދިއުމުންކޭސްތައް މަދުވާނެކަމަށް ބުނަނީ މިކުޅިގަނޑު ކުޅެގެން. ދުވާލަކުނަގާ ށަމްޕަލްތައް އިތުރުކުރަނީ އެއަދަދުތައްހޯދަން. އަދަދުތައް މަދުކުރަންވީމާ ސާމްޕަލްނެގުން މަދުކުރަނީ. ދެންމިބުނަނީ ރައްޔިތުން ގޭންނުނުކުމެ ތިބީމާ ކޮވިޑްޖެހޭމީހުން މަދުވެޔޭ. އެކަމަކު ހަގީގަތަކީ ނާގާ ސާމްޕަލް މަދުވީމާ ޕޮޒިޓިވް ވާއަދަދު މަދުވަނީ. މީމިކުޅޭ ކުޅިޔަކީ.