ރާއްޖޭގައި ކޮވިޑްއާ ގުޅިގެން މަރުވާ މީހުންގެ އަދަދު ގޯސް ނޫން ކަމަށާއި އަދަދުތައް ހުރީ ސިންގަޕޫރު ފަދަ ގައުމުތަކާ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި ނަމަވެސް އެހީ ހަގީގަތާއި ހިލާފު ވާހަކަފުޅެއްކަން ލިބެން ހުރި މައުލޫމާތުން ކަށަވަރު ވެއްޖެއެވެ.
ރާއްޖެ އިން ކޮވިޑް ޖެހިގެން މިހާތަނަށް 189 މީހުން ވަނީ ނިޔާވެފައެވެ. ސިންގަޕޫރުން ކޮވިޑްގައި ނިޔާވެފައި ވަނީ އެންމެ 34 މީހުންނެވެ.
ކޮވިޑްގެ އަދަދުތަކަށް ބަލާއިރު ސިންގަޕޫރާއި ރާއްޖެ އިން އަދުދުތަކުގައި ގާތްކަމެއް އުޅެނީ ހަމައެކަނި ކޮވިޑަށް ފައްސިވި މީހުންގެއެވެ. ސިންގަޕޫރުން މިހާތަނަށް 62219 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 68873 އަށް އަރައެވެ.
ސިންގަޕޫރުގެ އާބާދީ ރާއްޖޭގެ އާބާދީއަށްވުރެ އެތައް ގުނައެއް އިތުރެވެ. ސިންގަޕޫރުގެ އާބާދީ 5.7 މިލިއަނަށް އަރައެވެ. ރާއްޖޭގެ އާބާދީއަކީ 530000 އެވެ. އެހެންކަމުން ސިންގަޕޫރާއި އަޅައި ބަލާއިރު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއި އަދި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ހުރީ މާމަތީގައެވެ.
"ވޯލްޑިން ޑޭޓާ" ވެބްސައިޓުން ލިބެން ހުރި މައުލޫމާތައް ބަލާއިރު އާބާދީގެ ކޮންމެ މިލިއަނަކުން ސިންގަޕޫރުގައި ދުވާލަކަށް ކޮވިޑަށް ފައްސި ވަނީ ތިން މީހުންނެވެ. އާބާދީގެ ނިސްބަތުން ކޮވިޑު-19 އަށް ފައްސިވި މީހުންގެ އަދަދަށް ބަލާއިރު ސިންގަޕޫރަށް ލިބެނީ ދުނިޔެއިން 130 ވަނައެވެ.
އާބާދީގެ ނިސްބަތުން ކޮވިޑު-19 އަށް ފައްސިވި މީހުންގެ އަދަދަށް ބަލާއިރު ރާއްޖެ އޮތީ ދުނިޔެއިން އަށް ވަނައިގައެވެ. އާބާދީގެ ކޮންމެ މިލިއަނަކުން ރާއްޖޭގައި ދުވާލަކަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް ހުރީ 1081 ގައެވެ.
ފާއިތުވި ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދަށް ބަލާއިރު އިއްޔެ ސިންގަޕޫރުން ކޮވިޑަށް-19 އަށް ފައްސިވީ އެންމެ ނުވަ މީހުންނެވެ. ނަމަވެސް ރާއްޖެ އިން އިއްޔެ ވެސް 370 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.
ސިންގަޕޫރުގައި ކޮވިޑް-19 އަށް ފާއިތުވި އެއްހަފްތާ ދުވަހުގެ ތެރޭގައި ފައްސިވި މީހުންގެ އަދަދަށް ބަލާއިރު މިހާރު ދުވާލަކު އެވްރެޖްކޮށް ފައްސިވާ އަދަދު ވެސް ހުރީ 23 ގައެވެ. ނަމަވެސް ރާއްޖެ އިން ދުވާލަކު އެވްރެޖްކޮށް ފައްސިވާ މީހުންގެ އަދަދު އަދިވެސް ހުރީ 587 ގައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސިންގަޕޫރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ އަހަރުގެ އޮގަސްޓް މަހަށް ފަހު އެގައުމުގެ ހާލަތު ގޯހެއް ނުވެއެވެ. ނަމަވެސް ރާއްޖެ އިން ދޭތެރެ ދޭތެރެއިން ފިޔަވަޅުތަކަށް ލުއިތައް ދެމުން ގެންދާތީ މިހާރު ވެސް ހަތަރު ފަހަރެއްގެ މަތިން ރާއްޖޭގެ ހާލަތު ގޯސްވެއްޖެއެވެ. އެންމެ ފަހުން މެއި މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެ، ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް ޖެހިގެން ނިޔާވިއެވެ.
ކޮވިޑް އަދަދުތައް ހުރީ ސިންގަޕޫރާއި އެއްވަރުގައި ކަމަށް ރައީސް ވިދާޅުވެ ދެއްވި މަައުލޫމާތަކީ ހަގީގަތާއި ހިލާފު މައުލޫމާތެއް ކަމަށް ވާތީ މީސް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ.
ެއެއީ އޮޅިގެން ބަޔަކު ލިެއފަ ދޭ އެއްޗެއް ކިއާއިރު އެހެން ވެދާނެ.
އަދުލުވެރިކަމެއް ނެތް ވެރިއެއް!!! މިމީހާ ވެރިކަމުގައި ބަހައްޓައިގެން ދިވެހި ގައުމު އަޅުވެތިވެ، އިގްތިސާދީ އަނދިރި ދުވަސްތަކަކާއި، އިޖްތިމާއީ ބަލިމަޑުކަމެއް ނޫނީ ރައްޔިތުންނަށް ލިބޭނެކަމަކަށް ނުބެލެވޭ.
ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރި މީހަކު ދިވެހި ރައްޔިތުންނަށް މިހާތަނަށް ދޮގު ހަދާފައިވާ ކަން ތާރީޚުންވެސް ފެންނަން ނެތް
އެހެނެއްނޫން ވާނީ ހަމަ އުޑެއްބިމެއް ނޭންގެނީ.ނޫނީ މީނަ އަށް ރިޕޯޓް ތައްޔާރު ކޮށްދޭ މީހުން ގަސްތުގާ ކުރާކަމެއް އިބޫ ނުކިޔަވާ ހުރިކަން އެންގޭތީ، މިހެން ހަދާކަށް ނުވާނެ ދޯ އެފަކީރަށް؟
މިސަރުކާރުގެ އެއްވެސް ބޭފުޅަކު ތެދެއް ހެދެންއޮތަސް ނަހަދާނެއެވެ.
އެހެން ވިދާޅު ވެވުނީ ރައްޔަިތުން އެކަން ބަލާގަނެދާނެކަމަށް ބަލައިގެން، އަސްލު ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާވަރަށް ގޯސްވެފައިވަނީ ވެރިމީހާގެ އެވަރުގެ ކޮލެޓީ އެއް ގަޓެއް ނެތީމަ، ބަޔަކު ބުނާ ބުނުމެއް އެބަޔަކު ބުނެދީފައިވާ ގޮތަށް އެކަނި ބުނަން އެނގެނީ އެހެންވީމާ، ވެރިމީހާގެ ބަދަލުގައި ފޮޓޯ އެއް ބެހެއްޓިޔަސް ވާނީ ހަމަ އެއްވަރު. އަވަހަށް އިސްތިއުފަ ދެއްވުން ދެން އެންމެ ރަނގަޅީ
* ވިސްނުންތެރިކަމާއެކު، ރޮއިރޮއިފަ އުޅުމުން، ކޮވިޑާ ގުޅިގެން އެހީގެ ގޮތުގައި ލިބުނު ފައިސާ ސިންގަޕޫރަށް ވުރެ މާގިނަ.
* ވިސްނުންތެރިކާމާއެކު ޚަރަދުކުރީތީވެ، ކޮވިޑަށް ޚަރަދުކުރެވުނު ވަރު ސިންގަޕޫރަށް ވުރެ މާމަދު.
* ކޮވިޑްގެ އަދަދުތައް ހުރީ ސިންގަޕޫރާ އެއްވަރެއްގަ.
* ގައުމީ އުފެއްދުންތެރިކަންވެސް ހުރީ ސިންގަޕޫރާ އެއްވަރެއްގަ. ސާބަހޭ ރައީސް
ހާދަހާވާ ދޮގެއް ރައްޔިތުންގެ ކުރިަތީގައި ހައްދަވައޭ އިބުރާހިމާ ލަދުހަޔާތެއްވެސް ނެތީތަ؟ އިބުރާހިމްގެ ދުލަކީ ސުވާލުކުރެވޭނެ ދުލެއް މިކަން ހަދާންބަހައްޓަވާ! ވެރިކަމައް އައީވެސް ދޮހަދައިގެން އިބުރާހިމާ އެއްކްލް ބައުމެސިންތައްހުރި ހޮހަޅައިގެ މައްސަލަ ނުބައްލަވަންތޯ މިއީވެސް ރައްޔިތުންގެ ކުރިމަތީގައިވީ ވައުދެއްނޫންތޯ ލަދުގެ ކަންފުޅެއްވެސް ހުރިނަމަ މިހާރު ވެރިކަން ދޫކުައްފީސްކަން ކަށަވަރު
ނުކިޔަވާ ސޯލިހް ހަމަކިޔަނީ ކިޔަން ވެގެން ކަން މިހާރު ގަބޫލް ކޮށްފިން
ސިންގަޕޫރާ ރާއްޖެއާ އަޅާ ކިޔާއިރު ވަސީލަތުގެ ގޮތުންނާއި އާބާދީގެ ގޮތުން ރާއްޖެއަށްވުރެ އެތަށް ހާސްތަނެއްކުރި އަރާ އޮތް ގައމަކާ އަލާ ކިޔުމަކީ އިބްރާގެ ސިކުޑީގެ އުނިކަމެއް އެތަށް މިލިއަން މީހުންނެއ އުޅޭ ގައުމަކުން މަދުމީހުން ބަލިޖެހި މަރުވައިރު މިގައުމުގަ 5.00000 މީހުންގެ ތެރެއިން 200 އާ ގާތް ކުރާ އަދަދަކަށް މީހުން މަރުވުމަކީ ވ ސީރިއަސް ކަމެއް ވެރިއަކު ހަމަ ހޭގަ ހުރެގން ދައްކާ ކަހަލަ ވާހަކައެއްނޫން ސޯލިހު ތިދެއްކީ
ސޯލިހު އެބުނަނީ ކޭސް ފެޓަލިޓީ ރޭޓް ކަމަށް ބެލެވެނީ. ކޮންމެ މިލިއަން މީހުންގެ ތެރޭން ކޮވިޑް ޖެހޭ އަދަދު ސިންގަޕޯރ އާ އެއްވަރެއް ނޫން. ރާއްޖެ އުޅެނީ އެންމެ މަތީ ލެވެލްގައި. މީގެ ސަބަބަކީ މީހުން އުޅެން ޖެހިފައި ގޮތް. ޖާގަ ކުޑަވުން. ކޭސް ފެޓަލިޓީ ރޭޓް އަަކީ ޕޮޒިޓިވް ކޭސްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ މީހުންގެ ނިސްބަތުން މަރުވާ ރޭޓް ރާއްޖޭގައި އެރޭޓް ހުރީ 0.27% . މިއީ ވަރަށް ދަށް ރޭޓެއް. ސަބަބަކީ ބައެއް ގައުމުތަކަށް ވުރެ ރާއްޖޭގައި މުސްކުޅިން މަދުވުން. ޔޫކޭގައި މިރޭޓް ހުރީ 2.83% ގައި ނިއުޒިލަންޑްގައި 0.97% ގައި.
ސިންގަޕޫރުގެ އާބާދީ ވެސް ނެގޭ މީހަަކަށްވެހުރެ މީހަކު ލިޔެފަދޭ އެއްޗެއް އެކިޔަނީ މޮޔަވީމަ
އަހަރެން ދޮގު ހެދިޔަސް އެއީ ތެދެއްކަމަށް ގަބޫލުކުރާ ގުނބޯތަކެއް އުޅޭތީ ގަސްތުގަ ދޮގު ހެދެނީ. އެކަމަކު މަށާ ދިމާލަށް ދޮގުހަދާ މީހެކޭ ބުނެފިއްޔާ، ނަފުރަތު އުފެއްދިކަމަށް ބަލާ، އެމީހަކަށް ދައުވާ ކުރާނަން.
ބްލައިންޑްލީ ސަޕޯޓްކުރާފަރާތްތަކުން ސްޓެޓިސްޓިކްސް އަކައްނުބަލާނެ ބުނާނީ އވިދާޅުވީނޫންހޭ އެހެންވީމަ އެވާނީ ތެދަކަށޭ ޑަބްލިއުއެޗްއޯއިންނޭ ދޮގުރިޕޯޓްނެރެނީ
ދޮގުހެދުމުންވެސް ހައްދު ފަހަނައަޅާފަ. މީތޯ ދުޢާ ދެއްވި ވެރިންގެ މިސާލަކީ؟
ޢިލްމެއް ނެތް ތާގަ، ތެދުވެރިކަމެއްވެސް ނެތީއޭ ދޯ. ކީއްކުރާނީ. ޔާﷲ. އަޅަމެންނަށް ތެދުވެރި ވެރިއަކު ދެއްވާފާނދޭވެ.
އަޅެފަހެ ބީތާވިޔަސް މިވަރު ފުކެއްބޮޑުދޯ؟
ކޮވިޑު ގައި ކަރަފުޝަން އެންމެ ގިނައިން ހިގާފައިވާ ގައުމު ތަކުގެ ތެރޭގައި ރާއްޖެ އަދި ހިމަނާފައި ނުވާ ކަމީ އިބޫ ގެ ހިތްވަރ
ސިންގަޕޫރް
އާބާދީ 5 މިލިއަން
ކޮވިޑް ކޭސް 64000
މަރު 68
ދިވެހިރާއްޖެ
އާބާދީ 500000
ކޮވިޑް ކޭސް 68000
މަރު 190
ސިންގަޕޫރެކޭވެސް ނޫން ދޯ ކިޔަންވީ. ސޯމާލިޔާއަށްވުރެވެސް ހާލު ބޮޑު
ހަމަ ގަސްތުގާ އިބޫއަށްދޭ ލަނޑު މީ. ރިޕޯޓް ތައްޔާރުކުރާ މީހުނަށް ވެސް އެނގެނީ ތޯއްޗެއް ސޯލިހަކީ ނުކިޔަވާ ހުރި ގަމާރެއްކަން. ކެކެކެކެ ނޫނީ ހަމަ އަގުވައްޓަން ފާޅުގަ ކުރުވާކަމެއް މީ. ޤައުމެއްގެ ރައީސް އެއް ވިއްޔާ. އަޅެ ރިޕޯޓް ފަޒުނާ ލައްވާ ލިޔެލާނަމަ ނޫނީ ކުއްފިލުވަން ދޭނަމަ ދޯ؟ ފަޒުނާ އަށް ވެސް އިތުބާރު ނެތީ ކަން ނޭގެ.
އެހެންވެގެންނޭ މިކިޔަނީ ތަންދޮރު ނުދަންނަ ނުކިޔަވާ މީހެކޭ. މިހެން ކިޔާތާތީ ހޭޓް ސްޕީޗޭ ކިޔައިގެން ގާނޫނު ހަދަން ތިޔަ ދެފައި ނަގަނީ
ތެދު ހެދުމަކީ ތެދުވެރި ވެރިން ނުވަތަ ހަ ޤީޤީ މުސްލިމުން ކުރާކަމެ އް ތިވެދާނެ!
މަރުވާމީހުން އެކިޔަނީ ޖެހޭ އިންސައްތައިން މަރުވާމީހުންގެ އަދަދަށް ބަލާފަ. ރާއްޖޭގަ މަރުވާމީހުން 0.27 ޕަސެންޓުގަ ހުރީ. އެއީ އެބުނާވާހަކައަކީ އެއީހަމަ ވަރައްރަނގަޅު ވާހަކައެއް. ރާއްޖޭގަ ކޮވިޑުގަ މީހުންމަރުވާ ނިސްބަތް ހުރީ އެންމެ ކުރިއަރާފައިވާ ގައުމުތަކަށްވުރެވެސް ރަނގަޅަށޭ ބުންޏަސް ދޮގަކަށް ނުވާނެ. ވާނުވާ ބަލާ! ދެންވެސް ﷲއަށް ޝުކުރުކުރަންވީ!
ރާއްޖެ: މަރުވި މީހުން 189، ޕޮޒިޓިވް 68873. މަރުވި ޕަރސެންޓޭޖް %0.274
ސިންގަޕޫރު: މަރުވި މީހުން 34، ޕޮޒިޓިވް 62219. މަރުވި ޕަރސެންޓޭޖް %0.055
ކޮބާ ކޮވިޑް ޖެހޭ އިންސައްތައިން މަރުވާ މީހުންގެ އަދަދަށް ބެލީމަ ރަނގަޅު ވާހަކައަކަށް ވެފަ؟ މި ދެ ޕަރސެންޓޭޖްގަ އެބަހުރި 4.98ގުނައިގެ ތަފާތު. މާނައަކީ ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން މަރުވާ މީހުންގެ އަދަދު ހުރީ ސިންގަޕޫރަށްވުރެ 5ގުނަ މަތީގައޭ.
އަދިވެސް މި ސޯލިހަށް ހީވަނީ މީނަ ކިޔާހާ އެއްޗެއް ދިވެހިން ގަބޫލުކުރާނެ ކަމަށްދޯ. ސިންގަޕޫރާބެހޭ މައުލޫމާތު ނޭނގޭ މީހެއް މިހާރު ރާއްޖޭގައި މަދުވާނެ. ދެން ކޮން ދޮގެއް ހަދާކަށް. ﷲ އަށް ބިރުވެތިވެބަލަ.
ހާކިމާ ރައްޔިތުންނަށް ދޮގުހަދަން ފެށީިމަ ދެން ރައްޔިތުން އެމީހަކާ މެދު ކުރާނެ އުއްމީދެއް އޮންނާނެތަ!!! ބޮޑެތި ކުއްވެރިންނަށްވުރެވެސް ﷲ ގެ ހަޟްރަތުގައި މިފަދަ މީހުންގެ އަދަބު ބޮޑުވާނެ.
ހަމަ ތަނެއް ދޮރެއް ދޮރާއްޓެއް ނޭގެނީ މިސަރުކާރުގެ މީހުން ހިސާބައްވުރެ ގަމާރީ ލައްޓި ގްރޭޑް މީހުން ހަމަ ރަގަޅަށްވެސް ގަމާރު މީހުން އުޅޭ ސަރުކާރެއް އަހަރެން ހީކުރިން ވިލިމާލެ ބްރީޖް ދެންމެ ދެންމެ އަޅާ ނިންމާލަން އުޅޭހެން އޮބަ އެޅޭނޫން ބަލަ ނެކުނު ފުންމިޔަކަސް ގާހަކަޔަކަށް ނުފުންމޭނެ މި މިސާލުން މިސަރުކާރު މިސާލު ނަގާބަލަ އަންނި ވަރިކަމުގައި ހުރި ނަމަ މިއައްވުރެން ހިތަންމެހާވެސް ރަގަޅުވާނެ ސްލޯ ސްލޯ ގަމާރު ސޯލިޙް.
ގައުމުގެރަށްޔިތުންއުޅޭހާލާއި ބަލީގައިމަރުވާޢަދަދު ނުއޮޅޭ މިކަންމިހެންހިގާ ރަށްޔިތުންހާސްވެ
ކަންބޮޑުވެފައިވާ މިދަނޑިވަޅުގައި އެހެންގައުމެއްގެ ވާހަކަ ވިދާޅުވެލެއްވުމުގެ މާނައަކީ އިންޑިއާގެ ހާލަތަށް ރާއްޖެނުދާވާހަކަތޯ އެފަދަހާލަތަށްދިއުމަށްނޭދެން ﷲ ގައުމުގެ ދަރިން
މިވަބާއިން ސަލާމަތްކޮށްދެއްވުންއެދި ދުއާކުރަން މިހާލަތުގައި މިބަލިން ރަށްކާކޮށްދެއްވުންއެދި
ގިނަގިނައިން ދުޢާކުރުމަށްވުރެއެދެވޭގޮތެއްނޯންނާނެ މުސްލިމުންގެހަތިޔާރަކީދުޢާ ނިންމަވާދެއްވާނީ
ﷲ މިކަންމިހާސާފުކޮށްއޮއްވައި ހަގީގަތާޚިލާފަށްވެސް އެހެންގައުމެއްގެވާހަކަ ދައްކަވަނީ އިންޑިއާގެހާލަތަށް މިގައުުމުދިއުމަށްއެދޭތީތޯ ﷲއަށްޝަރީކުކޮށް ބުދާ،ގެރިއާ އަދިވެސް އެހެންތަކެއްޗަށް އަޅުކަންކުރާ ބަޔަކުދިރިއުޅޭ ގައުމެއްގެފެންވަރަށް މި މުސްލިމުންގިނައިންއުޅޭ ގައުމު ނުލައްވާށި އާމިން
މައުމޫން ބުނިގޮތަށް ހެދިނަމަ ރަގަޅުވީސް މައުމޫން ދައުރުގަ ބަލިމަޑުކަށް ކޮންޓްރޯލު ކުރެއްވި ގޮތުގެ ތަޖުރިބާ ހުންނާނެ މައުމޫން ގާތު އަހާލިނަމަ މި ކޯލިޝަންވެރިކަމެއްނުން އެވެރިންގެވެސް ލަފާ ރައީސް ހޯއްދަވަންވާނެ އެ ލަފާގެ މަތިން ރައީސް ކަންކަން ކރެއްވުން އެދެން
މީ ފިސާރި ސަރުކާރެއް ދޮގު ހެދުމާއި އޮޅުވާލުމާ ވައްކަން ކުރުން ނޫން ކަމެއް ނެތް.
ސިންގަޕޫރު އަކީ ރާ އްޖެ މިނިވަންވީ އެކު އެކީގަ އި،،،،ރާ އްޖެ އޮތީ 60 އަހަރު ފަހަތުގަ އި އަދިވެސް،، ސިންގަޕޫރުގެ އާބާދީ ކިހާަވަރެ އް؟ ސިންގަޕޫރު އޮންނަނީ އެހެން ގަ އުމުތާކާ އި ބޯޑަރ އިން ގުޅިފަ ރާ އްޖެ އަކީ ވަކިން އޮންނަ ތަނެ އް ،ރާ އްޖެ ހެން ތިބި އެހެނިހެން ގަ އުމުތަ އް ،ފީޖީ، ވެނުވަތޫ، ތަހީދީ.... އެސްވެސްވަރަކަށް ކޮވިޑު ނެތް.ސިންގަޕޫރަކީ ދުނިޔޭ ގެ ބާރުބޮޑު ގަ އުމު ތަކުގެ ތެރެ އިން 1 ގަ އުމު،ދުނިޔޭގެ ކުށްމަދު ގަ އުމު ތަކުން ވަނަ ހޯދާ ތަނެ އް،،،،ރާ އްޖޭ ގެ ނިކަމެތި އާ އިލާ ތަ އްބިކަވެ، ކުޑަކުދިން މަގުމަތި ވީ މަނިކުފާނަށް ގަ އުމު ހިންގަން ނޭގުނީމަ، ނޫންނަމަ އެންމެ ކޮވިޑެ އްވެސް ނުފެންނާނެ،...މަނިކުފާނު ، ސިޔާސީ ބޭފުޅުން، މަޖިލިސް މެންބަރުންގެ އަތުގަ ވަނީ ދިވެހިން ގެ ލޭ އުންގުޅިފަ.މަނިކުފާނު އިސްތި އުފާ، އެކޮނޮމިކް މިނިސްޓަ، ކެރަފާ ނަސީމު އިސްތި އުފާ!
بسم الله الرّحمن الرّحيم
ا ب ت ث ج ح خ د ذ ر ز س ش
والسلام