އާންމު ތަނެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން ހުށަހެޅީ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާކަށް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ދެވި ޚިޔާލު ފާޅު ކުރަން ހުރަސް އެޅޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ.

މި ބިލަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް ތާއީދެއް ނުކުރެއެވެ. އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅަށް ވަނީ ވާހަކަ ދައްކަވައިފައެވެ. އަދި ބައެއް ދީނީ އިލްމުވެރިން އިސްވެ ތިއްބަވައި ބިލާ ދެކޮޅަށް މީސް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފައްޓަވައިފައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ސޯލިހް ވިދާޅުވީ އެ ބިލު ހުށަހެޅުމުގެ މަގްސަދަކަށްވީ ނަފުރަތު އުފެދި ބައެއްގެ ފުރާނައަށް ގެއްލުންވާތީ އެ ކަން ހުއްޓުވުން ކަމަށެވެ.

"އޭގެ ބޭނުމަކަށް ވެފައި މި އޮތީ އެއްވެސް ފަރާތަކުން ހުށަހަޅާ ހިޔާލަކަށް ހުރަސް އެޅުމެއް ނޫން، ނަމަވެސް، ފާޅުކުރާ ހިޔާލަކުން ނަފުރަތު އުފެދި އެ ބޮޑު ފިތުނައަކަށް ބަދަލުވެ ފުރާނައަށް ގެއްލުންވާ ހިސާބަށް ދާތީ އެކަން ހުއްޓުވުން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރައްވާފައިވާ ރައީސް ސޯލިހް ވިދާޅުވީ އެ ބިލް މަޖިލިހަށް ހުށަހެޅި ކަމުގައި ވިޔަސް، މަޖިލީހުގެ ކޮމިޓީއަކަށް ބިލު ގޮސް ބިލު ދިރާސާ ކުރާ މަރުހަލާގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"މި ބިލާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަން ފެނޭ، ސަރުކާރުގެ ވުޒާރާތަކުން ވެސް ބިލަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ދާނެ، މަޖިލީހުން ވެސް ރައްޔިތުންގެ ޚިޔާލު ހޯދައިގެން ބިލަށް ޖެންނަން ޖެހޭ ބަދަލު ގެންނާނެ،" ރައީސް ވިދާޅުވިއެވެ.

މި ބިލާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ އިރު، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ލީޑާޝިޕްގެ ތެރޭގައި "ސެކިއުލާ ދައުލަތް" އަކަށް ރާއްޖެ ބަދަލު ކުރަން ބޭނުންވާ ބަޔަކު އުޅޭ ކަމުގެ ތުހުމަތު އަބަދުވެސް އަމާޒުވެފައިވެއެވެ. އެކަމަކު އެއީ އެ ޕާޓީން ދޮގު ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޅ.ނޫރާނީއާގޭ

    އަޅެ ދެންކޮންކަމަކުބާ ހެހެ ކީއްކުރާނީ އަތައްގޮވަނީއިންޝާﷲ

    34
  2. ސިންގާ

    މި ބިލަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް ތާއީދެއް ނުކުރެއެވެ. އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅު.

    31
    1
  3. ޅ.ނޫރާނީއާގޭ ސިންގާ

    މި ބިލާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވޭ

    33
    1
  4. ޔާމިން

    ދީނީ އިލްމުވެރިން އިސްވެ ތިއްބަވައި ބިލާ ދެކޮޅަށް މީސް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފައްޓަވައިފައެވެ.ސާބަހޭ

    34
  5. ސިންގާ

    ދީނީ އިލްމުވެރިން އިސްވެ ތިއްބަވައި ބިލާ ދެކޮޅަށް މީސް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފައްޓަވައިފައެވެ.

    26
    2
  6. ސިންގާ.

    މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ލީޑާޝިޕްގެ ތެރޭގައި "ސެކިއުލާ ދައުލަތް" އަކަށް ރާއްޖެ ބަދަލު ކުރަން ބޭނުންވާ ބަޔަކު އުޅޭ

    36
  7. ތި ވެރިމީހާ

    ބަލަ ތީ ރައީސް އޭ މި ގައުމުގެ، ތިޔައް ވުރެ ކަންތަކާ ވެގެން އުލެބަލަ، ބޮޑު ފިނޑިއެއްހެން ނޫޅެ ގައުމު ހިންގަބަލަ، ތިކަން ނުވަންޔާ ކީއްކުރަންތަ ކުރިމަތި ލީ؟؟ ތި ގަނޑުވަރުން ނުކުމެގެން ގައުމު އަތައްލާގެން، ޒިންމާދާރު ވެބަލަ، މުޅި ގައުމު ހަލާކުކޮއްލަނީ އޭ ތިޔަ ފިނޑިކަމުން

    36
  8. މމސ

    ނަފްރަތު ހުއްޓުވަންވީ ފުތަރަމަ ތި ޕާޓީ ތެރޭގަ .ކޮންމެ ހެން ދީނާ ކުޅެން މޮޅެތި ބިލްތައް ހުށަހަޅާނެކަމެއް ނެތް

    32
  9. މަބޭ

    ރައްޔިތުންގެ ހިޔާލުހޯދުމުގެނަމުގަ ބައްދަލުކުރާނީ ވަކިބަޔަކާ ދެންބުނާނެ މިކަންކޮއްފަމިއޮތީ ރައްޔިތުން އެދޭގޮތަށޭ

    28
  10. މެޑަމް

    1- އެ ބިލު ހުށަހެޅީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން ހިމާޔަތް ކުރުމަށް
    2- އެ ބިލު ހުށަހެޅީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން މިތާ އިތުރުކުރުމަށް
    3- އެ ބިލު ހުށަހެޅީ އިސްލާމް ދީން ނިކަމެތި ކުރުމަށް
    4- އެ ބިލު ހުށަހެޅީ މިރާއްޖޭގައި އެހެން ދީންތަކަށް ފުރަޞަތު ދިނުމަށް
    5- އެ ބިލު ހުށަހެޅީ ބިރަކާނުލާ މަޖާކުރުން ފުޅާކޮށް އާންމުކުރުމަށް
    6- އެ ބިލު ހުށަހެޅީ ޢިލްމުވެރިންގެ ދޫތައް ބަންދުކުމަށް

    30
    1
  11. ނާދިރާ

    ނޑޕ ގެ އިބިލީސް މެނިފެސްޓޯ އިން ލާދީނީވާ ނޑޕ މީހުންގެ ހިމާޔަތުގަ ލީ ބިލެއް ތީ. ތިޔަ އުޅުނީ މި ގައމުން އިސްލާމްދީން ފޮހެލަން

    23
  12. ާއިސްމާޢީލް

    އަޅެ ތެދެއް ހަދާބަލަ އިބްރާހީމް މުޙައްމަދު ސާލިހު

    22
  13. ކިހާ

    ލާދނީކަން ފަތުރަން. ދެްން އަންނަ ދައުރެއްގަ ވެސް ވޯޓެއް ނުދޭނަން. މޑޕ ދަފުތަރުގަ އޮންނާނީ ވެސް.

    14
  14. ބަރުގޮނު

    މިބިލް ހުށަހެޅުއްވި އިރު ، އެކިއެކި މީހުންނާ މެދު އެހެންމީހުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް ދައްކާ މަޖާ ، ނަމަވެސް ޙަޤީޤަތެއް ނެތް ވާހަކަތަކާއި އެވާހަކަ ދެެއްކިމީހާވެސް ޤާނޫނުގެ އަތްދަށުވާ ގޮތަށް ބިލް ފަރުމާ ކުރެއްވި ނަމަ ވަރަށްމޮޅު. މިސާލަޖަށް މާލޭ މޭޔަރަކަށް ޑރ. މުޢިއްޒު ހޮވިދާނޭތީ މުޢިއްޒަށް ހުތުރުވާ ގޮތަށް އަދި އެހެން މީހުން ގެ ހިތުގައި މުޢިއްޒާ މެދު ނަފްރަތު އުފެދޭގޮތަށް "ހޮޅި މުޢިއްޒު" ކިޔާ މަޖްލިސްގެ ރައީސް ، ރައީސް ނަޝީދު ދެއްކެވި ވާހަކަ ފުދޭ.

    17
  15. ޖިންނި

    ތި ލާދީނީ ބައިގަނޑަށް ހަލާކުހުރި

    13