މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ގޮސް މަޖާކޮށްލާނެ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖައްސަން ފާސްކުރި ނަމަވެސް ކައުންސިލްގެ ނިންމުން ތަންފީޒު ކުރާނީ ސަރުކާރާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް ސޯލިހް ވިދާޅުވީ ފަރުކޮޅުފުށި ދަތުރު ދާ ރަށަކަށް ހެދުމަށް ސިޓީ ކައުންސިލުން ނިންމީ ސަރުކާރާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އިހްތިސާސްގެ ހިނގާ ރަށްތަކުގެ ތެރޭގައި ފަރުކޮޅުފުށި އޮތް ނަމަވެސް އެ ބިމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތް އެޗްޑީސީ އިން ޕްލޭން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެޗްޑީސީއަށް މިލްކުކޮށްދީފައިވާ ހުޅުމާލެ ބިމުގައި އެއްވެސް ކަމެެއް ކުރާ ނަމަ އެ ކުންފުންޏާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެނބޫދޫ ފިނޮޅުގައި ދަތުރުދާ ރަށެއް ތަރައްގީ ކުރުމުގެ މަޝްރޫއު އެމަނިކުފާނު އިފްތިތާހް ކުރައްވާފައި ވަނިކޮށް، ފަރުކޮޅުފުށި ޕިކްނިކް އައިލެންޑްއަކަށް ހެދުމުގެ ކުރިން ސަރުކާރާ މަޝްވަރާ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
މުއިއްޒު "ވަގުތު" އަށް ވިދާޅުވީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖައްސަން ނިންމީ ކައުންސިލް މެމްބަރުންނަށް ފެނިވަޑައިގަތުމުން ކަމަށެވެ. އަދި އެ ނިންމުން ތަންފީޒު ކުރާނީ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.
"މަޝްވަރާ ކުރާނެ. ކައުންސިލްގެ ނިންމުން ތަންފީޒު ކުރެވޭނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްގެން. ކައުންސިލް އިން ފާސްކުރީ ކައުންސިލް އިން އެތަން ތަރައްގީކުރަން ބޭނުންވާތީ" މުއިއްޒު ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ ރޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެކި ލިޔެކިޔުން ތަކުން ދައްކާ ގޮތުގައި ފަރުކޮޅުފުށި މިހާރު އޮތީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅާފައި ކަމަށެވެ. އަދި އެރަށަށް ދަތުރުދާ ރަށަކަށް ހަދާ، އެރަށް ތަރައްގީ ކުރުމަށް ކުރާ ކޮންމެ އިންވެސްޓްމެންޓްއަކުން މާލެ ސިޓީ ރައްޔިތުންނަށާއި، ސިޓީ ކައުންސިލަށް ލާބަ އާއި މަންފާ ލިބޭ ގޮތަށް ކަނޑައަޅާފައިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހް ކުރައްވާފައެެވެ. 3.3 ހެކްޓަރު އެ ބިމުގައި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލާއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާ ދޭ ރޫމެއް ހެދުމަށްވެސް ސަރުކާރުން ރާވާފައިވެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ހަތް މަސް ދުވަސް އެރަށަށް ދަތުރު ދެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން ދެ އަހަރު ވީއިރުވެސް އެރަށަށް ދިއުމަށް ހުޅުވާލާފައެއް ނުވެއެވެ.
ފަރުކޮޅުފުއްޓަކީ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ތަނެވެ. އެ ތަން ހުސްކުރީ ވެސް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށެވެ. އޭގެ ފަހުން އެ ތަން ކޮވިޑް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ދަނީ ބޭނުން ކުރަމުންނެވެ.
ތިއީ ވަރަށް ރަގަނޅު ހިޔާލެއް ރަށް ވަށައިގެން މޫދަށް އެރެވޭ ގޮތް ހަދާފަ ދެ ބުރިޖަކުން ރަށަށް އަރާ ފޭބޭ ގޮތް ހަދާފަ އާއިލާތަކަށް ޕިކުނިކު ގޮސް އުޅެވޭ ރަށެއްގެ ގޮތުގައި ތަރައްގީ ކިރުމަކީ މާލެ ސަރަހައްދު ގައި ދިރިއުޅޭ މީހުންނަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއް މަރުބާ މުއީޒު
ކީ އްކުރަން މަސްވަރާ ކުރަނީ ކަލޭތީ މިހާރު މިގަ އުމުގެ ވެރިމީހާނު.. ބޮލުރޮދި.
ތީ މާލެ ސަަރަހައްދުގައި ދިރި އުޅޭ މީހުންނަށް ޖިސްމާނީ ގޮތުން ދުޅަހެޔޮކަން ލިބި ގަތުމައްޓަކައި ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއް މީހުންނަށް ފައިދާ ކުރެވެނި ކަންތައްތަކަށް ރައީސް ސޯލިހު މަރުހަބާ ކިޔާނެ
ކުރިން ބުނީ މަޝަވަރާ ކުރީމޭ، ދެން މިހާރު ރައީސް އެކަން ދޮގު ކުރީމަ މި ބުނަނީ މަޝްވަރާ ކުރާނަމޭ.
ޢިންސާފުގެ ނަމުގައި ކޮމަންޓް ކުރިފަރާތަށް ދަންނަވާލަން ބޭނުންވަނީ މޭޔަރު ދެއްކި ވާހަކައާއި ގުޅޭ ޚަބަރު އަލުން ކިޔާލަބަލަ ކޮން އިރަކުތޯ ސަރުކާރާ މަޝްވަރާކުރި ކަމަށް ބުނީ.https://vaguthu.mv/news/569361
މުއިއްޒު ކަލޭ ތިޖަހާ ސަކަރާތް ނިކަން ވިސްނަބަލަ..މިހާރު ތިގަންނަގަޑަކީ ހުސް ސިޔާސީ ސްޓަންޓް..ކަލޭ މިނިސްޓަރަކަށް ހުރެ މާލޭ ރައްޔަތުންގެ ތެރެއިން ޓާޓާ ފުލެޓް ލިބުނު މީހުންނަށް ހަދާލީ ކިހިނެތް.. އެފުލެޓްތައް އަތްނުފޯރާހާ ބޮޑެތި އަގުތަކުގަ އެހެރީ..ދެން ކަލޭ ކައިރީގައި ތިއިން މީހާވެސް އެތަންތަނުގެ ކުލި ކުޑަކޮށްދޭނަމޭ ކިޔާފަ އެއިނީ ފިލާފަ..ރައްޔަތުން ލޮލުގަ އަދުން އެޅުވުން ހުއްޓާލާފަ ތިމާމެންނަށް ހެދުނު ބޮޑެތި ދޮގުތަކަށާއި އޮޅުވާލި އޮޅުވާލުންތަކަށް ފުރަމަ މާފަށް އެދެންވީ.