މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުން މި މަހުގެ 21 ވަނަ ދުވަހު އިންތިހާބުކުރާ ގޮތަށް ހަމަޖެހިއްޖެެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، މޭޔަރުންނާއި ކައުންސިލް ރައީސުން އިންތިހާބު ކުރީ ސީދާ ރައްޔިތުންގެ ވޯޓުންނެވެ. ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލް ނައިބު ރައީސުން އިންތިޚާބު ކުރުން އޮތީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
އެލްޖީއޭއިން، ކުރިން ކައުންސިލްތަކަށް އަންގާފައި އޮތީ މި މަހުގެ 20 ކުރިން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްގެ ނައިބުން އިންތިހާބު ކުރަންށެވެ. މާލެ ސިޓީ ކައުންސިލުން ވަނީ އެ ތާރީހު ފަސްކޮށްދިނުމަށް އެދި އެލްޖީއޭ އަށް ސިޓީއެއް ފޮނުވާފައެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވާ މި މަހުގެ ފަސް ވަނަ ދުވަހު ސިޓީ ކައުންސިލަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، މި މަހުގެ 21 ވަނަ ދުވަހު އޮންނަ ކައުންސިލްގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށް ގޮތެއް ނިންމުން ރަނގަޅު ކަމަށް ދަންނަވާފައެވެ.
އެކަން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެލްޖީއޭގެ ސީއީއޯ އަފްޝަން ވަނީ "ވަގުތު" އަށް ކަށަވަރުކޮށް ދެއްވާފައެވެ.
ވާދަވެރިކަން ބޮޑު މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ހަތަރު ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެއެވެ. އެއީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމަށް މާލެ ސިޓީ ކައުންސިލްގެ 12 ގޮނޑި ލިބިފައިވެއެވެ. އެމްޑީޕީއަށް ހަ ގޮނޑި އަދި ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް ލިބިފައިވެއެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން 21 ގައި
16 ސިކުންތު ކުރިން ( ޖޫން 9, 2021 )
އެންމެނަކީވެސް ރަނގަޅުމީހުން.
ސުޖާއު ތިކަމައް އެންމެ އެކަށީގެންވަނީ.
މިއީ މޑޕ ގެ ގޮނޑިއެއް. މޑޕ އިން މިގޮނޑިއަށް ކުރިމަތި ލުމާއެކު 7 ވޯޓް ލިބޭނެ. ޕޕމ ގެ ވޯޓް 12 ގނޑިއަށް ބެހިގެންދާނި. ގިނައިން ލިބޭ މީހަކަށްވެސް ލިބޭނީ 4 ވޯޓް. އެތެރޭގަ ތިހާ ބައިބައިވުން އޮތުމަކީ ބަލިކަށިވާނެކަމެއް. ވިސްނާލެއްވުން ރަނގަޅު.
ޕޕމ އަކީ ސްޓްރެޓެޖިކަލީ ކަންކަން ކުރުމަށް ގާބިލު ޕާޓީއެއްނޫންކަން ރައްޔިތުންނަށް ތި ދައްކުވައިދެނީ. 4 ބޭފުޅުން. ޖުމްލަ 12 ގޮނޑި. ކޮންމެ މީހަކު އެމީހަކަށް ލީމީ ދެން ބާކީ 5 ގޮނޑި. ބެސްޓް އޮޕްޝަން. އެކަކަށް 7 ވޯޓް. އެއީ އެކަމަކު %1 ޕަސެންޓްގެ ޔަގީންކަން އޮތް ކަމެއް. އެކަމަކު، ތި ޕާޓީން 1 އެކަކު ނުކުތީމަ މޑޕ އަށް ތި ގޮނޑި ލިބޭނެ އެއްގޮތެއްވެސް ނޯންނާނެ.. އެތެރޭގަ ތިހާ ބައިބައިވުން ބޮޑުވީމަ ފައިދާ ނަގާނީ އިދިކޮޅުން.
ޕާޓީ ނިކަމެތިވި ވަގުތު ރ.ޔާމިން އަރިހުގަ ޕާޓީނަގަަ ދެމެހެއްޓުމަށް އެންމެ ބުރަ މަސައްކަތްކުރީ ސުޖާއު؛ ނަމަވެސް މިފަހަރު މިކަން ކުރަނީ ކެފޭޭޭ ޕޮލިޓިކްސްގެ
ފޮރޮވިފައިވާ އެޖެންޑާގެ ތެރެއިން. . އެއީ އަދިރި އަދބ ގެ ކޮޅު. ވަރަށް ސަލާމް.
ވާނެ ކަމެއް ނޫން. 4 ވޯޓް ލިބިދާނެ. މޑޕ ގަ އެބަތިބި 7 މެންބަރުން.. އެމީހުން ނެރެނީ 1. ތި ގޮނޑި މިހާރުވެސް މޑޕ އަށް ކާމިޔާބުވެއްޖެ. ވިސްނުންތެރިކަމާއެކު ކަންކަން ނިންމުމުގެ ގާބިލުކަން ޕޕމ ގަނެތް. ސިޔާސީ މީހުންނަކީ ސްޓްރެޓެޖިކް ތިންކަރސް އަސް ނުވީމަ ދެން ކާމިޔާބީ ތަންކޮޅެއް ދަށުގަ އުޅޭނީ... މިފަހަރު 12 ގޮދު ލިބިފަ އޮތަސް އެއީ މިސަރުކާރުގެ ސިޔާސަތުތައް މިވަގުތު ހުރިގޮތުން ލިބުނު ގޮނޑިަކެއްކަން ހަނދާން ބަަހައްޓަންވާނެ. މޑޕ ސިޔާސަތު ބަދަލުކޮށްލުމާއެކު އެޕާޓީގެ ތާއީދު ބޮޑުވެގެންދާނެ...
ޑެޕިޔުޓީމޭޔަރު ކަން ބޭނުންވެގެން ނަހުލާ ތިޖައްސާ ވައްތަރު އެއްވެސްމީހަ ކު ޖައްސަފާނެހެން ހީނުވޭ..އަމިއްލައެދުން ބޮޑުވެ ޕޕމގެ އެތެރެ ބައިބާ ކުރަން މޑޕ މރމ ޖާބިރު ޖޕ އުމަރު މިއީ ނަހުލާއަށް ހިއްވަރުދޭ ގްރޫޕު..މިމީހުން އެދޭގޮތަށް ނަހުލާ ގެންގުޅޭ ދެތިން މީހަ ކު ހުއްޓާނުލާ ސޯޝަލްމީޑިޔާގަ ހަޔާތްގޮވަނީ..ސުޖާއަށް ތިމަގާމުދީފަ ޕާޓީގެ ލީޑަރުންނާ ގުޅިގެން ސަރު ކާރު މައިތިރި ކުރަން ހުންނަވެއްޖެނުން..ނަހުލާއަށް ވިލިމާލެ ގޮނޑިއަށް ވޯޓުދިނުމަށްވުރެ މޑޕއަށް ވޯޓުދީފަ ކުޅިބަލަން ތިބިނަމަވެސް ތާހިރުވާނެ..
މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއެވެ. މިތަނުންކޮންމެބޭފުޅަކު އޯކޭ
ސުޖާހޮވޭނީ
ސުޖާގުޑް
ހަމަތެދެއް ސުޖާރަގަޅީ
ސުޖާވަރެއްނެއް
ހުަލުމާލާމެންބަރު ރަގަޅުވާނޭ
ސުޖާ ނިމްމަފިން
ޕީޕީއެމްގެ ތެރޭގައި ހަރުދަނާ ކަމެއްހުރިނަމަ ކުރިމަތިލާނީ އެންމެ މީހެއް، ނަމަވެސް ރައީސް ޔާމީން ގެ ފޮޓޯވިއްކައިގެން މެންބަރު ކަމަށް އައިސް ޑެޕިއުޓީީ އަކަށް ވުމަށް ވަރަށް ބޮޑަށް ވިލިމާލެ ދާއިރާގެ މެމްބަރު ދަނީ މަސައްކަތް ކުރަމުން އޭނާގެ ބަޔާން ތަކަށް ބަލާއިރު އޭނާ ނޫނީ އެމަޤާމަށް އެކަށީގެންވާ މީހަކު ނެތްކަން ދައްކަން ވަރަށް މަސައްކަތް ކުރަމުންދަނީ ނަމަވެސް ސިޔާސީގޮތުން ބަލާއިރު ޕީޕީއެމް އަށް ފައިދާހުރި ހުރި މީހަކަށް ނުވެދާނެ.ވީމާ ފުންކޮށް ޕާޓީ ގެ އިސްބޭފުޅުން ވިސްނަންޖެހޭ.އެންމެ ވޯޓަކުންވެސް ގޮޑި ޕާޓީ އަށް ގެއްލިދާނެ