ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއަށް އެމަނިކުފާނުގެ ހަށިފާރަވެރިން ހާޒިރު ކުރާނެ ކަން އެނގިއްޖެއެވެ.

ސިފައިންގެ ވަކިވަކި ބޭފުޅުން ހާޒިރު ކުރުމުގައި ދިފާއީ ބާރުގެ ފަރާތުން ގާނޫނީ ސުވާލުތަކެއް އުފެއްދި ނަމަވެސް އިއްޔެއިން ފަށައިގެން ސިފައިންގެ ވަކިވަކި އޮފިސަރުން ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމްތަތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުވާން ފަށައިފައެވެ.

"ވަގުތު" އަށް އެގިފައިވާ ގޮތުގައި އިންކުއަރީއަށް ހާޒިރު ކުރާ ވަކިވަކި ސިފައިންގެ ތެރޭގައި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޖީ) ގެ ކޮމާންޑަރުންނާއި ރައީސް ނަޝީދުގެ ހަށިފާރަވެރިން ވެސް ހިމެނެއެވެ.

އެގޮތުން އެސްޕީޖީގެ ކޮމާންޑަރުން މިއަދު ހާޒިރު ކުރެއެވެ. އެކަމަކު ރައީސް ނަޝީދުގެ ބޮޑީގާޑުން ހާޒިރު ކުރާނެ ވަކި ދުވަހެއް އަދި ނޭނގެއެވެ.

ކޮމިޓީއިން ހާޒިރު ކުރާނެ ސިފައިންގެ ލިސްޓެއް އެކުވާލާފައިވެއެވެ. ކުރިން މައުލޫމާތު ލިބުނު ގޮތުގައި 40 އެއްހާ ސިފައިންގެ ނަން އޭގައި އޮތެވެ. އެކަމަކު ފަހުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އޭގައި ވަނީ 29 ސިފައިންގެ ނަމެވެ.

ކުރިން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން ހާޒިރު ކުރަން ދެކޮޅު ހެދުމާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވިއެވެ.

މި ގޮތަށް މަޖިލީހަށް އަންގައި ފޮނުވިި ލިޔުމުގައި ސޮއިކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި ދައުވާ އުފުލަދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވިއެވެ. އެކަމަކު، ފުލުހަށް މައްސަލަ ހުށަހަޅަން ލާފާދީ ޕީޖީން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

މި މައްސަލަ މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީއަށް ވެސް ފޮނުވިއެވެ. އެކަމަކު ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލަ އެ ކޮމިޓީން ބޭރުކޮށްލީ އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާއެކުގައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް މެންބަރުން ނުރުހުން ފާޅު ކުރަމުން ގެންދެވިއެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއެކު އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަތްމަކަށް އިތުރު ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހަވާސާ އިބޫ

  އެމްއެންޑީއެފް އުވާލާފައި އިންޑިޔާގެ ސިފައިގެ މަރުކަޒަކަށް އެމްއެންޑީއެފްގެ މަރުކަޒުހަދަންވީނުން! އޭރުން މިސަރުކާރާއި މަޖިލީސް ބޭނުން ހުރިހާކަމެއް ކުރެވޭނެ މިގައުމުގައި ރާވެސް ބޮވޭނެ!

  16
  2
 2. ހޮޅޭ

  ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީސް އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ތަހުގީގީ އިދާރާ

 3. ޢަލީ

  އެމްއެންޑީއެފް އުވާލާފައި އިންޑިޔާގެ ސިފައިގެ މަރުކަޒަކަށް އެމްއެންޑީއެފްގެ މަރުކަޒުހަދަންވީނުން! އޭރުން މިސަރުކާރާއި މަޖިލީސް ބޭނުން ހުރިހާކަމެއް ކުރެވޭނެ މިގައުމުގައި ރާވެސް ބޮވޭނެ!

 4. އަލީ

  ބަކަރިކޮށްޓަ އް ހުރިހާބާރުތަށް ތިޔަދަމަ އިގަތީދޯ!!! ދެންކޮބާހޭ ތިކިޔާގާނޫނު އަސާސީ އޭކިޔާ ލިޔުންގަނޑުގެ ބޭނުން ؟

  1
  1
 5. Anonymous

  މި އޮތް ބަލިމަޑުކަމުގަވެސް މިމީހުންގެ ވިސްނުން އެހެންދިމާލެ އްގެ މިހުންނަނީ، ހެޔޮނުވާނެ ދޯ މިގޮތަށް ކަންތަ އްކުރަން، އިންސާނި އްޔަތުގެ ކަންފު ޅެ އްވެސް ނެތްބަ އެއ އް

 6. އަލީ

  ތިޔަ ކަންތަ އް ނިމޭނީ އިންޑި އާ އިން ބޮޑީ ގާރޑުން ގެނެސް ސެކި އުރިޓީ ބެލެހެއްޓުން ކުރިޔަށް ދާ ހިސާބުން. ވަތަނީ ލޯތްބެ އް ނުހުންނަ މީހުން އަމި އްލަ ގަ އުމުގެ މު އަ އްސަސާތަކަށް ބޭ އިހުތާރު ކޮށް އިތުބާރެ އް ނުކުރާނެ. ނަޝީދުގެ އަމަލުތަކުން ފެންނަނީ އަބަދުވެސް ބޭރުގަ އުމުތަކަށް ބަރޯސާވާތަން