ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު 190 އަށް އަރައިފިއެވެ.

މިއަދު ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 77 އަހަރުގެ ފިރިހެނެއް ކަމަށް "ވަގުތު" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާ ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ކޮވިޑްގައި އަދިވެސް ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ. އިއްޔެ ވެސް ކޮވިޑް ޖެހިގެން ވަނީ އުމުރުން ދުވަސްވީ މީހަކު ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު