ކޮވިޑް-19 ބަލީގައި އެތައް ބަޔަކު ނިޔާވާ އިރު، ރައްޔިތުންގެ މަޖިލިހުން އެކަމަށް ސީރިއަސް ކަމެއް ނުދެވޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް ބަލީގައި ރާއްޖެ އިން މިހާތަނަށް 191 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިދިޔަ މަހާއި މި މަހުގެ މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު 100 އަށް ވުރެ ގިނައެވެ. މިދިޔަ މަހު އެކަނި ވެސް 88 މީހަކު ކޮވިޑް ޖެހިގެން ނިޔާވިއެވެ. ކޮވިޑް ބަލީގައި މިހާ ގިނަ ބަޔަކު ނިޔާވަމުންދާ އިރު، މަޖިލިހުން މިކަން ނުބަލާތީ ބައެއް އާންމުންގެ ފަރާތުން ވެސް މަޖިލިހަށް ވަނީ ފާޑު ކިއުންތައް އަމާޒުވެފައެވެ.

މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ސައީދު ވަނޫ އާންމު ރައްޔިތުންގެ ހިމާޔަތާ ގުޅުން ހުރި އެއްވެސް މައްސަލައެއް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ނުގެންގޮސް ހަމައެކަނި ތިން ބާރުގެ ވެރިންގެ ހިމާޔަތުގެ ބަހުސްތައް ގެންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ސައީދު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅާއި ރައްކާތެރިކަން ހަމަޖައްސައިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނަށާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައިވާތީއެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުން ދަނީ އަމާޒެއް ނެތި ކަމަށާއި އެހެންވެ ނިންމާ ކަންކަމުން ރައްޔިތުންގެ ޓެކްސް ފައިސާ ވެސް އެއްވެސް އަމާޒެއް ނެތި ހޭދަ ވަމުންދާ ކަމަށެވެ.

ސައީދު ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮވިޑް-19 ގެ ބަލިމަޑުކަން އިންތިހާއަށް ގޮސް އިހުމާލު ވެގެން އެތައް ފުރާނައެއް ގެއްލެމުންދާއިރު އާންމު ރައްޔިތުންގެ ފުރާނައާއި ރައްކާތެރިކަމާއި ހިމާޔަތާ ގުޅުން ހުރި މި މައްސަައިގެ ބަހުސަކަށް މަޖިލީހުގައި ސީރިއަސް ކަމެއް ނުދެވޭ ކަމަށެވެ.

"ރައްޔިތުންގެ ހިމާޔަތަށް މާ ސީރިއަސް ކަމެއް ނެތް، ތިން ބާރުގެ ވެރިންގެ ހިމާޔަތުގެ ވާހަކަ ދައްކަ ދައްކައި މި މަޖިލީހުގެ މުޅި ހަފުތާ މި ނިމެނީ، މިހެން ވާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް،" ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދައުލަތުގެ ތިން ބާރު ވެސް އޮންނަނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ. އެހެންކަމުން ތިން ބާރުގެ ވެރިންގެ ހިމާޔަތް ވެސް އަންނަން ވާނީ ރައްޔިތުންގެ އާންމު ސިއްޚަތުގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް މި އަންނަނީ ރައްޔިތުން އައިސްގެން، އެ ލަގަބުގައި ވެސް ރައްޔިތުން މި ހިމެނެނީ، ރައްޔިތުންގެ ހިމާޔަތުގެ ވާހަކަ އައިސް ވެރިންގެ ހިމާޔަތުގެ ވާހަކަ ވެސް އަންނަން ވާނީ،" ސައީދު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ގާނޫނަށާއި މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައި މިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ.

ހަރުކަށި ފިކުރުގެ ބަޔަކު އިސްވެ ދިން ކަމަށް ބެލެވޭ އެ ހަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް، އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހފދ

  މަޖިލީހަކީ އާއިލީ ވެރިކަމެއް ކުރާތަނެއް ހުދުމުހުތާރު ބައެއް އުޅޭތަނެއް. ވަކިމީހަކަށް ކަންކުރަތަނެއް. ވަކި ބަޔަކަށް މަންފާހޯދާ ތަނެއް. ކޮވިޑްގަ ކިތަންމެ ބަޔަކު ނިޔަވިޔަސް މަޖިލީހަކަށް ކީތް. ރައްޔިތުންގެ ޓެކްސް ފައިސާއިން އަމިއްލަ އަމިއްލޔަށް މުސާރަ ކަނޑައަޅައިގެން ތި ތިބެނީނުން. ކޮންކަމެއް

  26
  1
  • ޢަހޮމަދު

   ޢަދި އެވަރުނުވެގެން 10 މިލިއަން ރުފިޔާއަށް ޕާރޓީ ބަދަލުކޮއްގެން.

   17
   1
  • ކޮވިޑް

   އަދި ކޮބާ މެމްބަރަކަށް ވުމަށް ޝަރުތެއްވެސް ނޯވޭ އޯކޭ ލިޔަންކިޔަން ނޭގުނަސް މަގުމަތީ އަޅޭއްލަވާ ޕޯޑިމައްގަ އަވަގުރާނަ ގޮވިވަރަކަށް ޝަރުތު ހަމަވާނީ. އެކަމް ސެކިއުރިޓީ އަކަށް ވެސް ވެވެނީ ޑްރީ އެއް އޮންނަ މީހުނަށް ކެކެކެކެކެކެ

   14
 2. ދުންމާރި

  ކެނެރީ މަޖިލީހަކަށް ދިވެހި ރައްޔިތުންނެއް ދިވެހި ޤައުމެއް މުހިންމެއްނޫން ކެނެރީ މަޖިލީހަށް މުހިންމީ ކެނެރީގޭ ނަޝީދު އޭނަޔަށް އިންސާފު ނުލިބިގެން ތެޅިބާލަނީ މިޤައުމުގަ ކިތައް ޤަތުލު އާންމު ހިނގާ އިންސާފު ނުލިފަތޯ އޮތީ؟ ފާއިތުވީ މުއްދަތުގައި ކޮވިޑުގެ ހާލަތުގައި އަދި މިނޫނަސް އެކިކަންކަމުގައި ދައުލަތުގެ އިހުމާލުން ކިޔަށް ފުރާނަތޯ ގެއްލުނީ އެކަންކަމާ ކަންބޮޑެއްނުވޭ ކެނެރީގޭ ނަޝީދަށް އިންސާފު ނުލިބިގެނ ތެޅިބާލަނީ ނަޝީދަށްވެސް އެހެން ފަރާތުތަކަށްވެސް އިސްސާފު ލިބެންޖެހޭނެ ދިވެހި ޤައުމަށްވުރެ ދިވެހި މުސްލިމު ރައްޔިތުންނަށްވުރެ ކެރީގޭ ނަޝީދު މަޖިލީހަށްވެސް ސަލާމަތީ ބާޜުތަކަށްވެސް ސަރުކާރަށްވެސް މުހިންމުވެގެން މިއުޅޭ ސަބަބެއްނުވިސްނޭ

  17
  1
 3. ޢަހޫ

  ފިނިފެންމަލާ ކަލޭމެން ރަ އްޔިތުންނެރެގެން މުޒާހަރާކުރީ ކޮވިޑޮފަތުރާކަށްނޫތޯ. 10މިލި އަން ރުފިޔާއަށް ޕާރޓީ ބަދަލުކޮއްފަ ލަދުކޮބާތަ އަނގަ ހުޅުވަން.

  4
  19
  • ރާއްޖެ

   ބަލަ މުޒަހަރާއަށް 10 މީހުން ވެސް ހަމަ ނުވެޔޭ ބުނީ ކަލޭމެން. ދެން ކިހިނެއް އެވަރުން މި ވަރުގެ އައުޓްބްރޭކެއް ފެތުރުނީ. ކޮވިޑް ފެތުރީ އެމްޑީޕީ އަދި ސަރުކާރުން އޮޑި ދޯނި ފަހަރުގަ ނާޗަރަންގީ ކުޅުނީމަ.

   8
   2
   • ޢަހޮމަދު

    ބަލަ ކޮވިޑެ އްނެތޭ އެއ އީ އިންތިހާބުނުބާންވަން ކިޔާ އެ އްޗެކޭ ކިޔަޢިގެން ޓިނު އަދުރޭ ނޫންތަ ހަޅޭލެވީ.

 4. Anonymous

  މަޖިލީހަކީ މިގައުމުގެ ހަލާކު ހާއްސަކޮއް ކެނެރީ މަޝީދު ތިޔަތަން އުވާލަންވެފަ އޮތް ތަނެއްތީ.

  14
  1
 5. ހަސަނާ

  އެންމެ ހލަތުދަށައްދިޔަ ދަޑިވަޅުގަ އިންކަމްސަޕޯޓު އެލަވަންސް ކޮބާ ލޯކަލްކައުންސިލް އިންތިހާބާދިމާކޮއް މޑޕ ކެންޑިޑޭޓުންލައްވާ ފޯމުފުރުވާފަ އެމީހުންގެ ކެމްޕެއިންފައިސާއެއްގެ ގޮތުގަ އެފައިސާގަޑުބެހީ އެހެންނޫންނަމަ މޑޕ ބޮޑުތަނުން ކައުންސިލް އިންތިހާބުގަބަލިވެ ލަދުގަންނުވާލިސް މިއަދު ގައުމުގަ ރައްޔިތުންމާބޮޑައްބިކަވެއްޖެ މަސްވެރިކަމެއްނެތް ކޮބާ އެލަވަންސް ހިޔާނަތްތެރިންގެ ބައެއްކަން ދިވެހިންނައްއެގިނިމިއްޖެ އުއްމީދުކުރަންމިފަހަރުވެސް ބަގާވަތެކޭ ކިއާފަ އިސްތިއުފާނުދީ ދައުރު ނިންމާފަ ނުފިލާނެކަމައް...

 6. ކިޔުންތެރިއެއް

  ވޯޓު ބޭނުންވީމަ ސީރިއަސް ވާނެ.

 7. ސައުދު

  ކެނެރީ މަޖިލިސް

 8. ޖޭކޭ

  ހެންވޭރު ރާޅުގަނޑު ސަރަހައްދަށް މީހުން އެއްކޮށް މަގުމަތީގަ މުޒާހަރާކުރިއިރު ތިބޭފުޅުން ސީރިއަސް ވީންތޯ މި ބަލިމަޑުކަން ބޮޑުވެދާނެތީ. ބޭނުންވާ ކަންކަންނިމުނީމަ ތިޔަ ބޭފުޅުންނަށް ވަރިހަމަ. ރައްޔިތުން ހަނާވިޔަސް. ދެރަކަމަކީ ސިޔާސީ މީހުން ޖަހާ ބެރަށް ނަށަން މީހުން ނިކުމެ ގޮވެލިފަތި ގޮވާތީ.

  1
  6
 9. ސެންޗޯ

  ސައީދޫ ކަލެން ދައްކާ ވާހަ މިހާރު މީހުން ބަލައެއް ނުގަނެއޭ

 10. އަބް

  އެކި މީހުނަށް ސީރިއަސް ވެވޭނީ އެކިކަންކަމުގަ، މަޖްލީސް އަށް މިވަގުތު ރައްޔިތުންނަށްވުރެ ބޮޑަށް މުހިންމީ ނަޝީދުއަށް ހަމަލަ ދެވުނު ގޮތުގެ ތަޙްގީގް. ރައްޔިތުންގެ ވޯޓުން ހޮވި ރައްޔިތުންގެ ފައިސާއިން މުސާރިދިނީމަ މިވަރު މިވަނީ. ލަދުޙަޔާތް ކަންފުލެއް ނެތްތާގަ، ތިމާއަށް ސުވާލުކުރެވޭނެ ދުވަހެއް އަންނަކަންވެސް ހަދާންނެތް

 11. އަލްޖިބްރާ

  ބަލަ ފިނިފެންމަލާ ! މިރާއްޖޭގަ ކޮވިޑް ކޮންޓްރޯލު ވެފަ ވަނިކޮށް ، ކޮވިޑަކީ މިސަރުކާރުން ޖައްސާ ސްޓަންޓް އެކޭ ގޮވަމުން މަގުތަކަށް ނުކުމެ މުޒާހަރާ ކޮށް އެވަރު ނުވަގެން ކެމްޕޭނު ނުކުރެވިގެން މިސަރުކާރަށް ބަވަމުން ގޮސް އެންމެ ފަހުން ކަލޭމެންގެ ބަލާބޮޑުވެގެން ރަށްރަށަށް ގޮސް ކެމްޕޭނު ކުރަން ހުއްދަދިނީވެސް ވަކީ އުސޫލުތަކެއްގެ ތެރެއިން ! ކަލޭމެނަށް އާކުކުޅަކަށް ގާބިހެއް އެޅުނު ހެން ހީވެގެން ކެމްޕޭނު ކުރަން ދުއްވައިގަތީ ހޭބަހައްޓައިގެނެއް ނޫން ! ދެން ކޮވިޑް ޖެހިގެން މީހުން މަރުވީމަ އަޅާނުލަނީ އޭ ތިގޮވަނީ ކޯންޗެއް ނުލިބިގެންތަ ؟ އަދިވެސް މުޒާހަރާ ކުރަން ނިކުންނަން ވީނު ؟ ކޮބާތަ އެންމެ އަގަފުޅާ ކޮށްފަ އުޅޭ އަދުރެމެޓިކްސް ؟