މި އަހަރު ތެރޭގައި ފުލުހުންގެ ޔުނީފޯމްތަކުގައި "ބޮޑީ ވޯން ކެމެރާ" ހަރު ކުރުމަކީ އަމާޒެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެތޯ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް މިނިސްޓަރާ ސުވާލު ކުރައްވާފައިވެއެވެ. އެ ސުވާލުގެ ޖަވާބު ލިޔުމުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާއިރު އޭގައި ވަނީ އެއީ ޕޮލިސީ ލެވެލްގައި އެކަން ކުރަން ނިންމައިފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ފޮނުވި ސިޓީގައި ވަނީ ކެމެރާތައް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު ކުރަމުން ދާ ކަމަށެވެ. ކުރީ އަހަރުގެ ފެބްރުއަރީ މަހު ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ އަހަރު ތެރޭގައި ކެމެރާތައް ނުގަނެވުނީ ކޮވިޑާއި ގުޅިގެން އެ އަހަރުގެ ބަޖެޓުން އެ ހަރަދު ނުކުރެވެމުން ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިއަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައިވާނެ ކަމަށާއި، 1400 ކެމެރާ ހޯދުމަށްޓަކައި ޓެންޑާ ބޯޑަށް ހުށަހެޅި ކަން ފާހަގަކުރައްވައިފައެވެ.

ނަމަވެސް ޕައިލެޓް ޕްރޮގްރާމެއް ހިންގާ ރިލަޔަބިލިޓީއަށް ބަލައި އެމެރިކާގެ އެކްސްއޯން މަރުކާގެ ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށް ހުށަހެޅި ހުށަހެޅުން ޓެންޑާ ބޯޑުން ބަލައިގެންފައި ނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ. މި ނިންމުން ނިންމާފައި ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގައި ކަމަށް އެ ސިީޓީގައިވެއެވެ.

ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި ކެމެރާ ހަރުކޮށް، މިދިޔަ އަހަރު އެ ވަސީލަތް ޓެސްޓުކޮށްފައިވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވީ މި ޓެކްނޮލޮޖީއާއެކު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ކަމަށެވެ. އެއާއެކު އިދާރާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި ފުލުހުންނާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުވާނެ ކަމުގައި ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮވިޑް

    އެމްޑީޕީ ސަރުކާރެއްނު ޕޮލިހުން ނަށް ހިތުހުރިގޮތެއް ހަދާނެ . މި އުޅެނީ ޕޮލިހުންގެ ފަރާތުން ކުށެއް ނުފެނިގެން، އަސްލު ކެމެރާ އެއް ނޫން ހަރުކުރަންވީ ކޮންމެ ޕޮލިހެއްގެ ފަހަތަށް އެމްޑީޕީ އެކްޓިވިސްޠެއް ލާބަލަ.

    21
    1
  2. މިތުރާ

    ކެމެރާ ހަންދާން ނެތިގެން ގެއެއްގެ ފާރުމަތީން ނުބާއްވާތި،،،،🙃

  3. ލލ

    ރައްޔިތުންގެ ފައިސާ ބޭކާރުކުރުން، ބަސްނާހާ މީހުން ގަދަކަމުންވެސް ހުއްޓުވާ ހައްޔަރުކުރާނެ ،ކޮންމެ ކަމެއް ވީޑިއޯކޮށް ކެމެރާކުރަންޖެހޭތޯ؟

  4. ބީތާ

    ޢިމްރާނޭކިޔާމީހާ ގަ އިގެދެފަރާތު ކެމެރާހަރުކުރޭ!!!

  5. ނޮރޮޕާން

    ކެމެރާމަން، ކަލޭ މުޅި ގަ އިގަ ކެމެރާ ހަރުކުރަންވީ..ފުލުހުން ގަޔަކުނޫން ހަރުކުރަންވީ..ކަލޭ ކަނޑިގަނޑުގަވެސް ކެމެރާލާންވީ.ހަރުވާޅު ގަނޑުގަވެސް ކެމެރާ ލާންވީ.. އެގި އްޖެތަ؟..

  6. ބޮގު

    މަގޭ ކޮމެންޓް ކީ އްވެ ނުފެންނަނީ

  7. ބހުުުުުު

    މަގޭ ކޮމެންޓް ކީ އްވެ ނުފެންނަނީ

    • ބަބޫ

      ތަމަޅަ ބަހުން ލިޔެފަ އިނީމަ. އަދި އަތުލިޔުންގަޑުވެސް ހަޑީ

  8. ބަބޫ

    އުމަރު ތިހެން ބުނިނަމަ ގަބޫލު ކުރެވުނީސް. އެކަމަކު އިތުބާރެއްނެތް މީހަކު ތިހެން ބުނެގެން ތިވާހަކަ ގަބޫލޮކުރާނެ ކުޑަކުއްޖަކުވެސް މިދިވެހިރާއްޖެއަކު ނެތް.