މާލެ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރާނެ ކަމަށާއި މިއީ ޓްރާންސްޕޭރެންޓް ނުވަތަ ހާމަކަން ބޮޑު އުސޫލުތަކުން ހިންގާނެ ކައުންސިލެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވަނީ، މާލެ ސިޓީ ކައުންސިލުން ވަރަށް ފަހުން ބޭއްވި ބައްދަލުވުމަކަށް އެމްޑީޕީން ޖަލްސާތައް ލައިވް ކުރަން ހުށަހެޅުމުން އެ ހުށަހެޅުން ކައުންސިލުން ބޭރު ކޮށްލި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓް ވެސް ކޮށްފައި ވަނިކޮށެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަކީ އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ފާސްކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.
"އޮފީހުގެ އައިޓީ އިންތިޒާމުތައް އެ ކަމަށް ފުރިހަމަ ކުރުމަށް މަސައްކަތް ދަނީ ކުރެވެމުން،" ދެ ސަރުކާރެއްގައި ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒު ލިޔުއްވާފައިވެއެވެ.
Council akee transparent council akah hedhumattakaa council ge jalsaathah live kurumakee Council ge furatham rasmee jalsaa gai faaskoffaivaa SAP gai kanda alhaa faaskoffai oi kameh. Offeehuge IT inthizaam thah ekamah furihama kurumah masakkai thah dhanee kurevemun. (1/2)
— Dr Mohamed Muizzu (@MMuizzu) June 9, 2021
ކައުންސިލް ޖަލްސާތައް ލައިވް ކުރުމުގެ އިތުރުން މާލެ ސިޓީ ކައުންސިލަރުންގެ މާލެ ތަފްސީލްތައް އެ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ޝާއިއު ކުރުމަށް ވެސް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލާވެލެވުނު މާލެ ސިޓީގެ ހަތަރު ވަނަ ކައުންސިލްގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމަށެވެ. މިއީ ޕީޕީއެމަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރެވެ.
ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މާލެ ސިޓީގެ މޭޔަރު މި ފަހަރު އިންތިޚާބު ކުރީ ސީދާ މާލޭގެ ރައްޔިތުންގެ ވޯޓަކުންނެވެ. މުއިއްޒަކީ މާލެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރެވެ.
ނޫމަޑީގެވެސް ދެފުއް އެއޮތީ ފެންނަން އެއްފަހަރު ސަރު ކާރާއެއް ކޮޅަށް އަނެއްފަހަރު ސަރު ކާރާދެ ކޮޅަށް. ޢަނެއް ކާ ގުޅިފަޅުގެ ދެފުއްވެސް އެއޮތީފެންނަން ރާގޮނޑިރާޖާ އަށްފޮނުވިސީޓީގަ ބުނަނީ ގުޅީފަޅުގަޕޯރޓްއަޅަން ތިލަފުށި އެއްގޮތަކަށްވެސް ކަމުނުދާކަމަށް. މިހާރު ބުނަނީ ގުޅީފަޅު ކަމުނުދާ ކަމަށް ޕޯޓްއަޅަން ރަގަޅީ ތިލަފުށިކަމަށް. މީކޮންކަހަލަ ބޯބުރާންޗެއްތަ.
ބުރާންތިންނަށް ހީވާނީ ދެންތިބީވެސް ހަމަ ތިމާކަހަލަ ބުރާންތިންނޭ. ތީކީ އާކަމެއްނޫން!