މުއްސަނދި މީހުން ހިންގަމުން އަންނަ ވިޔަފާރިތަކާއި ކުންފުނިތަކުން ބައެއް ގައުމުތަކުގެ އާދަކާދައާއި ސަގާފަތް "ވަގަށް" ނަގައިގެން އަމިއްލަ ފައިދާ ނެގުމަކީ އެއީ އާއްމުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ފެންމަތިވެފައި މި ވަނީ ދިވެހިންގެ ސަގާފަތުގައި ހިމެނޭ ފޭލީގެ ޑިޒައިން ވަގަށް ނަގައި އޭގެއިން ފައިދާ ހޯދަން މަސައްކަތް ކުރަމުންދާ ރާއްޖެއިން ބޭރުގެ ޕޭޖެކެވެ. އެހެން ގޮތަކަށް ބުނާނަ ބޭރު ބަޔަކު މި ވަނީ ދިވެހިންގެ ފޭލި "ވަގަށް" ނަގާފައެވެ.
މިހާރު މީސްމީޑިއާގައި މިކަމާއި ބެހޭ ގޮތުން ގިނަ ދިވެހިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ފޭލި ވިއްކަން ޖަހާފައިވަނީ ގްރީސްގެ ފެޝަން ކުންފުންޏެއް ކަމަށްވާ "ބްލުއާ" ނަމަކަށް ކިޔާ ޕޭޖެއްގައެވެ.
ޕޭޖު ބަލާލުމުން އެނގިގެން ދަނީ އެމީހުން ފޭލި ވިއްކަމުން އަންނަނީ އެއީ އެމީހުންގެ އަމިއްލަ އުފެއްދުމެއް ގޮތުގައި ފަރުމާ ކޮށްގެން ކަމެވެ. ދެރަ ކަމަކީ މީގެން އެއްވެސް އެއްޗެއްގައި އެއީ ދިވެހި ސަގާފަތާއި ގުޅުން ހުރި އެއްޗެއްކަން އެނގެން ނެތުމެވެ.
މި ފޭލީގެ ޑިޒައިން ވަގަށް ނަގައިގެން އެމީހުން ވިއްކަނީ 24،435 ރުފިޔާ އަށެވެ.
އެ ކުންފުނިން ހުދުކުލަ އާއި ކަޅުކުލައިގެ ފޭލި ވިއްކަމުން ދަނީ އާދައިގެ "ސެރޯންގް" ކެޓަގަރީގަ އެވެ. އެ މީހުންގެ ވެބްސައިޓްގައި ހުދު ފޭލި މާކެޓުކޮށްފައިވަނީ "އާރިއާ ސެރޯންގް" ގޮތުގައެވެ.
This company is using the Maldivian traditional “feyli” on their clothing website and calling it ‘Aria’. @bloeurshop REMOVE it from your site now!!!! pic.twitter.com/TOM9BQtoLf
— Angel shuja (@AngelFamushu) June 9, 2021
"ބްލުއާ" އިން ދިވެހިންގެ ފޭލި ވިއްކަން ފެށުމާއި އެކީ ދިވެހިން ވަނީ ރުޅިގަދަވެ އެ ވާހަކަދައްކަން ފަށާފައެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ ޓުވިޓާގެ އިތުރުން އިންސްޓަގްރާމުގައި އެ ޕޭޖު ޓެގް ކޮށް އެކަން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެއީ "އާރިއާ" އެއް ނޫން ކަމަށާއި އެއީ ފޭލި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
Hi @NCA_MDV @MoACHmv @MoTmv we have to copyright our traditional wear/ items in order to avoid these issues! It’s long due! We need to take action collectively! Or foreign brands like @bloeurshop are just ripping off our culture without any consequences! #copyright #maldives pic.twitter.com/c1I9B2pJAa
— Angel shuja (@AngelFamushu) June 9, 2021
އަދި އަމިއްލަ އެއްޗެއް ކަމަށް ހަދައިގެން އެތަކެތި ވިއްކަމުން އަންނައިރު، ގޫގުލްގައި ފޭލި ޖެހުމުން އެއީ ދިވެހިންގެ އަމިއްލަ އުފެއްދުމެއް ކަން އެނގިގެން ދާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެތަކެތި، އެ މީހުންގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ވިއްކުން ހުއްޓާލުމަށް ގޮވާލާފައެވެ.
ޒިންމާ އުފުލަންޖެހޭނީ ދިވެހިސަރުކާރުން. ދިވެހިސަރުކާރުން ދިވެހިރައްޔިތުންނަށް ބައިނަލްއަޤްވާމީ މާކެޓްގައި ވިޔަފާރިކުރުމަށް ބޭނުންވާ ޚިދުމަތްތައް ނުދޭތީ ދިމާވި މައްސަލައެއް. އޮންލައިން ޕްލެޓް ފޯމުތަކުގައި ދިވެހިންގެ އެއްޗެހި ވިއްކުމަކީ އާދަވެގެން ހިނގަމުން އަންނަ ކަމެއް. މިކަން ހުއްޓޭނީ ދިވެހިންނަށް އޮންލައިން ޕްލެޓް ފޯމުތަކަށް ނުކުމެވޭގޮތަށް ދިވެހިރާއްޖޭގެ ބޭންކުތަކުން ޚިދުމަތް ދޭން ފެށި ދުވަހަކުން. އެކަމަށް ހުރަސް އަޅަނީ މަނިޓަރީ އޮތޯރިޓީން. ޑޮލަރު ރާއްޖެއަށް ގެނެވެން އޮތް މަގެއް މިއީ. އެކަމަކު މިމަގު މިއޮތީ ބަންދުކޮށްފައި.
ބަރާބަޜު....ހަމަ ވިއްކަންވީ....ތިކިޔާ ދިވެހި ފޭލި ހަދަނީވެސް، ގެންނަނީވެސް ބެންކޮކުން
ބޮޑު ފޭލި ވަގު
ދިވެހިންނާއި ފޭލި
އަޅުގަނޑު ހަމަ ހިތަށް އަރަނީ ޓުވިޓަރގައި އަޑުގަދަކޮށް އަމުރުވެރިކޮށް މިކަން މިކުރީ އެމީހުންނަށް މެސެޖެއްކޮށްގެން، ނުވަތަ އީމެއިލްއަކުން ނަމަވެސް މިއީ ދިވެހިންގެ ސަޤާފަތާގުޅޭ ހެދުމެއްކަމުގައި ބުނެދިނުމަށްފަހުގައިބާއޭ. ދިވެހިންގެ އާދައަކަށް ވެއްޖެ މިހާރު ޓުވިޓަރ ފަދަ ސޯޝަލް މީޑިއާގައި އަޑުގަދަކޮށްގެން ކަންކަން ކުރުން.
ޔޫރަޕު ގިނަ ގައުމު ތަކުގަ ސެންޓް ވަކިކުރަން ބޭނުން ކުރަނީ ފުލްސްޓޮޕްގެ ބަދަލުގަ ކޮމާ.