ޑައިވިން ކުރަނިކޮށް ޑީކޯވެގެން ހާލު ދެރަވި މީހަކު އެމްއެންޑީއެފްގެ ހެލިކަޕްޓަރުގައި މާލެ ގެނެސްފިއެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު "ވަގުތު" އަށް ވިދާޅުވީ، ޑީކޯ ވެފައިވަނީ އުމުރުން 24 އަހަރުގެ ބިދޭސީ އެއް ކަމަށެވެ.

ބިދޭސީ މީހާ ޑީކޯ ވެގެން ވާދޫއަށް ގެންގޮސްފައިވަނީ އިއްޔެ ނޫން އޭގެ ކުރީ ދުވަހު ކަމަށާއި އޭގެ ފަހުން ފަރުވާ ދިނުމަށް ތިނަދޫއަށް ގެނެސްފައިވަނީ އިއްޔެ ރޭ ދަންވަރު ވަގުތެއްގައި ކަމަށް ސައީދު ވިދާޅުއެވެ.

ތިނަދޫ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިން ނަމަވެސް، މިއަދުގެ ވަގުތެއްގައި އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކަޕްޓަރުގައި އޭނާ މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އޭނާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ކޮން ހޮސްޕިޓަލަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވާ ގޮތުގައި އެ ބިދޭސީ މީހާ މާލެ ގެނެސްފައިވަނީ މިއަދު 14:27 ގައެވެ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީނަގެ

    ޢިންޑިއާ މީހެއްތޯ ؟

    7
    2
    • ޢަލީ

      ބަންގްލަދޭޝް

      1
      1
  2. ސުވޭސް

    ޢުމަރާ އިންޑި އާ ހެލްކޮޕްޓަރ ފޮނުވާ

  3. މާމީ

    ޢިންޑިއާ ހެލިކޮޕުޓަރު ގަ ރަގަޅު ގޮތަކީ