ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ކިބައިން އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މަައާފަށް އެދިވަޑައިގެންފިއެވެ.

ހިސާންގެ ކިބައިން ސަން ސިޔާމް މައާފަށް އެދިވަޑައިގަތީ ހިސާން "ދަންޖައްސަން" ޖެހޭ ކަމަށް މަޖިލީހުގައި ސިޔާމް ވިދާޅުވި މައްސަލާގައެވެ. ސިޔާމް އެހެން ވިދާޅުވީ އެ ކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ސިޔާމް ވިދާޅުވެފައިވެއެވެ.

ސަން ސިޔާމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުވާފައިވާއިރު، މި ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ ސިޔާމް މިހާރު ހިސާންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ގޮތަށް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް އެހެން މެންބަރުން ވެސް މި ކަން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ހިސާންގެ އަރިސް ބޭފުޅަކު ވެސް މި ކަން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މި މައްސަލަ އިމްތިޔާޒު ކޮމިޓީގެ އިތުރުން ފުލުހަށާއި، ޑިފެންސް މިނިސްޓްރީއަށް ވެސް ހުށަހަޅައިފައެވެ.

އިދާރާތަކަށް މި މައްސަލަ ހުށަހެޅީ، ހިސާން މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް މި ކަން ގެނައުމުން މަޖިލީހުގެ ރިޔާސަތުންނެވެ.

ހިސާން "ދަންޖައްސަން" ޖެހޭ ކަމަށް ސިޔާމް ވިދާޅުވަނީ މަޖިލީހުުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމެއް ނިންމާލި ވަގުތެއްގައެވެ. އެ ކޮމިޓީގައި ވެސް އިންނަވާ ހިސާނަށް ސިޔާމް ފާޑުވިދާޅުވެ ދެއްކެވި އެ ވާހަކައިގެ އޯޑިއޯއެއް ވަނީ ލީކުވެފައެވެ.

ޖޭއެސްސީ އާއި ހިސާނަށް ސިޔާމް ފާޑުވިދާޅުވެފައި މި ވަނީ، މަޖިލީހަށް ހާޒިރުވަޑައިނުގެން އަހަރު ދުވަހު ހުންނެވުމަށް ފަހު ކުއްލިއަކަށް އެ ކޮމިޓީއަށް ވަޑައިގަތަމުން އެމްޑީޕީގެ މެންބަރުން ސިޔާމަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

ސިޔާމް ހާޒިރުވި ކޮމިޓީ ބައްދަލުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއަށް ބޭއްވި ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނާދިރާ

    ތިތަ ހިސާނުގެ ވަރެއްވެސް އެނގިދާނެތާ މާފަށް އެދުނީމަ

    19
    8
  2. އަކީބު

    މާފަށްވެސް އެދެން ޖެހޭނީ....ފަ އިބުޑަށްވެސް ޖެހޭނީ ވެ އްޓެން..މި ފަހަރަކު ޕާޑްޕާޑެ އް ނުކުރެވޭނެ.

    10
    4
  3. ޑީމަކްރަތީ

    ސިޔާމް މެންވެސް ރައީސް ޔާމީނަށް ދޯކާ ދިނީ މޮޅުތަކެއް ވާނެ ކަމަށް، މިހާރު ހުންނާނީ ހިތިރަހަލާފައި؟؟

    14
    2
  4. Anonymous

    ދައުލަތައް ލާރި ގަނޑެއް ކާލާދެން އަވަހައް.

    7
    1
  5. މިތުރާ

    މާފަކުން ނުފުދޭނެ،،ދުލަކީވެސް ހަތިޔާރެ އް ، އޭގެސަބަބުން މީހާ އަށް ނަފުސާނީ ގޮތުން ލިބުނު ގެ އްލުމުގެ ބަދަލުވެސް ދޭންޖެހޭ.

    8
    3
  6. ސަމީ

    ތުނބުޅި ނުލާހުރިކަމުން ތިޔަ ސަލާމަތްވީ ދޯ، ތުބުޅިލީ މީހަކު ތިޔަކަހަލަ އެއްޗެއް ބުނިނަމަ ފުރަތަމަ ގިޔަރުގައި މިހާރު އެމީހަކަށް ކުރެވެން ހުރި ހުރިހާ ދަޢުވާއެއް ކޮށް ވީހީ ޖަލުގަ ހެން ހީވަނީ، މީ މިތާގެ ފެންވަރު ހުންނަވަރަކީ.

  7. އެސޮރު

    މާފަސްއެދުމައި މާފުދިނުމަކީ އެދެފަރަތުގެ އަމިއްލަކަމެއް އެކަމަކު ގާނޫނީގިތުން އަޅަންޖެހޭ ފިޔްވަޅު އެޅެންއޮތްގިތަކަށް އަޅަންޖެހޭނެ