ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 96 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތް ހަވާލުވެގެން ބާރު ސްޕީޑްގައި އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުހިންމު ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން، ފެންހިންދާ ޕަމްޕް ސްޓޭޝަން ހަރުކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން މައުލޫމާތު ދީފައިވާގޮތުގައި، މި މަޝްރޫއުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މިއީ 34.42 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު