އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ން މިއަދު ފޮނުވައިފިއެވެ.

އޭސީސީއާ އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ފުލުހުން ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގު ނިންމާއި އެ މައްސަލާގައި ދައުވާކުރަން މިއަދު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލި ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ވެސް މަހްލޫފްގެ ނަން އޮތެވެ. މި ލިސްޓު ރައްޔިތުންގެ މަޖިލީހަށް ޚިއްސާ ކުރުމުން މަޖިލީހުން ވަނީ ކުރިން އާންމުކޮށްފައެވެ.

އެހެން ނަމަވެސް ޚިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް މަހްލޫފް ގެންދެވީ ވިދާޅުވަމުންނެވެ. ޚިޔާނާތުގެ ދައުވާ އުފުލައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މީގެ ކުރިން އޭނާ ވިދާޅުވެފައިވެއެވެ.

އޭސީސީން ޕީޖީއަށް ފޮނުވީ މަހްލޫފްެގ މައްޗަށް ދެ ދައުވާއެއް އުފުލުމަށެވެ. އެއީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާއަކާއި ގާނޫނުލް އުގޫބާތުގެ ދަށުން އުފުލާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކުށުގެ ދައުވާއެކެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

ރިޝްވަތު ނެގި ކަމުގެ ދައުވާ ކުރަން ނިންމާފައިވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

މީގެ ކުރިން މަހްލޫފް ވެސް ދިފާއުވާން ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމުގައެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޖުހާ

    ދެން ލަލަލާ.....

    42
    2
  2. ހެކި

    ހެކި އެބަހުރިތަ. ؟

    39
  3. Anonymous

    ކޮންގްރޭޓްސް މިސްޓަރ

    36
    1
  4. ހޯހޯ

    ފުލުސްނިކުމެ ވަގުހިފާ

    41
    2
  5. ޙޕސަނ

    މިމީހުންގެ މަޤޞަދސކީ މަހުލޫފު ބޜުޕކުރުން... ދެން ތިޔަ ލިސްޓްގެ ވާހަކަ އެއް ނުދައްކާނެ.... ހަސަން ލަތީފު އަށް މަރުހަބާ...

    38
    1
  6. ސަފަރު ކައްދަގެ ތިއްތިބެ

    މަހުލޫފަށް ސަލާމަށްފަހު ލިޔަމެވެ. މަހުލޫފު ރައްޔިތުންނަށް ކޮމިޓް ވިގޮތަށް އަވަހަށް އަމިއްލައަށް އިސްތިއުފާދީފަ ތިޔަ ކަމަކީ މަހުލޫފު ނުކުރާ ކަމެއް ކަމުގައިވާނަމަ އެކަން ޝަރީއަތަށް ސާބިތުކޮށްދީ އޭގެފަހުގައި ސިޔާސީގޮތުން ނޫނީ ބޭނުންވާ އެހެން ދާއިރާއަކުން ކުރިޔަށް ދިއުމަށް ނަސޭހަތްތެރި ވަމެވެ. މިނަސޭހަތަކީ ބަފަޔަކު ދަރިއަކަށް ވެސް ނުދޭނެފަދަ ހެޔޮނަސޭހަތެކެެ. އަމަލާއި ބަހާ ދިމާނުވުމަކީ މުާފިޤު ސިފައެކެވެ.

    68
    1
  7. ާަަަްައަލީ

    މިނިސްޓަރ މަހުލޫފް ބުނި ދައުވާ ކުރަން ފޮނުވާފިނަމަ ވަގުތުން އިސްތިއުފާ ދޭނަމޭ ...ބުނާ ބަހުގެ އިތުބާރު ހުނަވާނެ ދޯ މަހޭ

    65
    2
  8. ސްޓަންޓް

    ތީހަމަ ދަޅަދައްކާލަން ކުރިކަމެއް އެއްކަމެއްވެސް ނުވާނެ މަބްރޫކު ބުނެފަ އެބައޮތް ވަޒީފާއިން ވަކިކުރާނީި ދަޢުވާ އުފުލީމައޭ މިތިބީބަލަން ހަމަހުސް

    51
    2
  9. ބޮލި މުލައް

    ޕޖ އާ ހިސާބުން ތިކަން ނިމޭނެ

    45
    3
  10. ޙ

    ޑުރާމާ

  11. މަގޭގައުމު

    ބަލަ މަހުލޫފު މެން އީވާ މެން ކުރި މަލާމަތް މިހާރު ތިޔަަ ފެންނަނީ ޑޮލަރުގެ ޕުރިންޓު ނަގައިގެން މީހުންނަަށް ފުރައްސާރަކުރިދުވަސްކޮބައި ؟؟

    13
  12. ކޮރަލް

    އެމްޑީޕީ ނޫން ހުރިހާ މިނިސްޓަރުން މަޑު މަޑުން ބޭރު ކުރަނީ އެވެ.

    19
  13. Happy 123

    ޥަރަށް ދެރަ މީސަރުކާރުގައި ހުރި އެންމެ ހިންގުންތެރި ހީވާގި މިނިސްޓަރު ތި ބޭރުކޮށްލަނީ

    9
    14
    • ޔައުގޫބް

      ތިޔަ ދައްކަނީ ބޭރައްހިންގުމުގެވާހަކަތޯ..؟

  14. ސެންޗޯ

    ވަގުންގެ މައްސަލަތައް ނިންމުންާ މާ ލަސްވެސްވެއްޖެ

    14
  15. އެލެކްސް

    މަހުލޫފް އާއއ އި އީވާ ދެމީހުން ޔާމީނުގޭ ދޮށަށާ އުކީ ް. މިޑޮލަރުތައ އްދޯ

    19
  16. މޫސަ

    ކުރިހާ މަލާމާތް އަމި އްލަ ބޮލަށް. ހަ އް ހަ އް ހަ އް

    19
  17. ފަތިމާ

    ސަރުކާރުތެރޭ ޖެހިގެންއުޅޭ މައްސަލައިގެ ފޯކަސްބަދަލުކޮއްލުމަށް ރައްޔިތުންގެ ލޮލުގައެ ޅުވި އަނދުނެއް މިއީ

    19
    1
  18. Anonymous

    ޔަަާމިން ގެޭދޮށައް ނުޫޓް އަޅަންދިޔަ މިީހަާ ހިއްވަރުކުރެޭ ކުށެއްނުކުރަކަން ސަާބިތުކޮއްދިީ

    14
    • ހުސޭނުބޭ

      ދެންފަހެ ދަންނައެވެ! މަހުލޫފް އަމިއްލަ އަތުން އޭނާގެ އަމިއްލަ ބޮލަށް ނޫޓްތައް އަޅާދުވަސް އެބަހުރެ އަންނަކަން ޔަޤީނެވެ.

  19. ﷲގެ އަޅާ

    ލާރި ލިބޭ މީހުންގެ ދަރިންނަށްތާ އިންޑި އާ ސްޓާރުންނާ އެކު އެމީހުން ތިބިތަނަކަށްގޮސް ލަވަވެސް ކި އޭނީ😂😂😂 އަހަރުމެން މި އުޅެނީ މި އުޅެނީ ހެދިކާ ކޮޅެ އްގަންނާނެ ލާރި ފޮ އްޗެ އްވެސް ބާކީ ނުކުރެވިގެން . ކްރީމް ކްރޭކާރސް އާ މިލްކް ޓީ އަހަރެން ބޮނީ މހެދިކާ ހަނދާން ނަ އްތާލާފަ . ހަލާލް ގޮތުގަވެސް އުޅެވޭ ހިތްހަމަ ޖެހިލަ އިގެން . 5000ރ ކާންބޯން ބާކީ ކުރެވެނީ. ﷲ ބަރަކާތް ލަ އްވާނެ ހަލާލު ލާރީގަ "ބޮޑުންނޭ"

    17
  20. މިތުރާ

    އއ އޭރުވެސް ހީވި ބަޔަކު އެން އަޅަަ އިގެން ކަން އެހާވަރަށް ފުމުނީ،،،، އެކަކު އަނެ ކަކަށް ވަގަށް ގޮވަމުން ދުވީ، ނުވިތާކަށް މޑޕ ސަރުކާރުން މިނިސްޓަރު ކަންވެސް ލިބުނު،،،،ޖަލަށް ލީމަ ބަލިވާނެ،، ދެން އުޅޭނީ ގޭގަ އި...ތިމީހުން ގެ މުދާވި އްކަ އިގެން ވެސް ރފ ނަގަންވީ....

    10
  21. އަސްލީ

    މަހްލޫފަކީ ސިޔާސީ ބުރަދަނެއް ހުރިމީހެއް ނޫން.. ވީމާ ސަރުކާރަކައް މީނާ ބޭރުކޮއްގެން ލިބޭނެ ގެއްލުމެއް ނެތް.

    15
    3
  22. އަހުމަދު

    ޕީޖީއަށް މިފަހަރު އުންސުރު ހަމަވާނެބާ؟

  23. އަހުމަދު

    ވެންޓިލޭޓަރ މައްސަލަޔަށް ވީހެން ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.

  24. މަހޭވަގޭ

    އަނހާ މިނިސްޓަރ ވަގޭ ކިހިނެއް ތި ހެދީ؟ ސޮރީ މިނިސްޓަރ މަހޭ ރަނގަޅު ގޮތަކީ

  25. ނަސީމާ

    ރައީސް ނަޝީދައް ދިން ހަމަލާ އަނެއްކާ އެމްޑީޕީގެ އެތެރެޔައް އިޝާރާތްކުރެވެމުންދާ މިދަނޑިވަޅުގައި ތިއީ ރައްޔިތުންގެ ބޯތައް އެހެން ދިމާލަކައް އަނބުރާލަން ރަނގަޅު ޚަބަރެއް. އެކަމަކު ހަގީގީ މައްސަލަ އެމްޑީޕީއަށް ފޮރުވާލެވިދާނެތޯ. ނަޝީދުއަށް ދިން ހަމަލާގެ މޯޓިވް އެމްޑީޕީގައި އޮވެދާނެކަމައް އިންވެސްޓިގޭޓަރު ބަލަން ޖެހޭ. އެއީ ހަގީގީ އިންސާފުވެރި އިންވެސްޓިގޭޝަނެއްގައި ބަލަން ޖެހެނީ މޯޓިވް އޮތްކަމައް ބެލެވޭ އެންމެންނަކީ ކުއްވެރިންކަމުގައެވެ.

  26. ގޮހޮރޭ ހުޅުމާލެ

    މަހޭ ކޮބާ ކިހިނެތްމިވީ އެހެންވެ އަހަރުމެން ބުނީ އެމްޑީޕީޔާ ނުގުޅޭށޭ މުޅި ޒިންދަގީ ބަރުބާދުވެ މީހާ ތިހިރަ ހަރާބުވީނުން ދެންވެސް ތިޔަ ދުންމާރިން ދޫކޮއް ޒާޓުމެން ފަޅިޔައް ޖެހިލަބަލަ އޭރުން ވަރުގަދަ ރައްދެއް ދެވިދާނެ ކަމައްފެނޭ ވައުސުއްލަމް

    1
    1