ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ނުވަތަ އެއްވެސް ކަހަލަ ވެކްސިނަކުން އިންސާނެއްގެ ޑީއެންއޭ ބަދަލެއް ނުވާނެ ކަމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޙާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

މުހައްމަދު އަލީ މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބައެއް ފަރާތްތަކުން އެކި ކަހަލަ ވާހަކަ ދައްކަވަމުން އަންނަ ދަނޑިވަޅެއްގައި ބައެއް ފަރާތްތަކުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޔުނިސެފް މޯލްޑިވްސްގެ ފޭސްބުކު ޕޭޖުގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެއްގައި މުހައްމަދު އަލީ ވަނީ ކޮވިޑް ވެކްސިނުން ޑީއެންއޭ ބަދަލުވާ ކަމަށް ބުނެ ސަމާލުވުމަށް ބުނެފައިވާ މެސެޖަކަށް ރައްދު ދެއްވާފައެވެ.

އޭގެ ޖަވާބުގައި މުހައްމަދު އަލީ ވިދާޅުވީ، އެއްވެސް ކަހަލަ ވެކްސިނަކުން އިންސާނެއްގެ ޑީއެންއޭ ބަދަލެއް ނުވާނެ ކަމަށެވެ.

"ކޮވިޑް-19 އަށް ހެދިފައިވާ ވެކްސިނަކުން ވެސް އަދި އެއްވެސް ކަހަލަ ވެކްސިނަކުން ވެސް އަދި އެއްވެސް ކަހަލަ ބޭހަކުން ވެސް އިންސާނެއްގެ ޑީއެންއޭ ބަދަލެއް ނުވާނެ" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން މުހައްމަދު އަލީ ވަނީ އިތުރު ބައެއް ކަހަލަ ސުވާލު ތަކަށާއި އާއްމުން ދައްކާފައިވާ ވާހަކަތަކަށް ޖަވާބު ދެއްވާފައެވެ. އެގޮތުން މައުތްވޮޝް ނުވަތަ ލޮނުމެދު ކަހަލަ ތަކެތި ބޭނުން ކުރުމުން ކޮވިޑް-19 އިން ރައްކާތެރިވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާތީ މުހައްމަދު އަލީ ވިދާޅުވީ، އެފަދަ ތަކެތިން ކޮވިޑް އިން ރައްކާތެރި ނުވެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އަޅުގަނޑު ޑރ މުހައްމަދު ޢަލީއަށް ވަރަށް އިޚްތިރާމް ކުރަން. އެކަމަކު ތި ދާއިރާއަކީ ސައިންޓިސްޓުންގެ ދާއިރާ. ތީސައިންޓިސްޓެއއްތޯ؟

    19
    6
  2. ސސ

    ކޮވިޑް 19 ގެ ވެކްސިނަކީ ހުރިހާ ބައްޔެއްގެ ވެކުސިން މިހާރު ދުނިޔެއިން ހުރިހާ ބަލިޔެެއް ފިލާފައި މިވަނީ ހަމައެކަނި އޮތް ބައްޔަކީވެސް ކޮވިޑް 19 ކިޔާ އެއްޗެއް !

    17
    2
  3. ހަމްޒާ

    ފައިޒާ އަދި މޮޑާނާގެ ވެކްސީން މަސައްކަތް ކުރަނީ ޑީއެންއޭ ނިޒާމާއި ކުޅެގެންކަމައްވާއިރު..މިގޮތައް މިކަން ކުރުމުން ޑީއެންއޭއަށް ލިބިދާނެ ގެއްލުމެއްގެ ލޯންގުޓާރމް އަސަރެއް އަދި ސުޓްޑީކުރެވިފަކާއެއް ނެތް. އެއީ ވެކްސީން އާ ކަމުން. ވީމާ އޭގެން ޑީއެންއޭ އަށް ގެއްލުން ނުކުރާނެކަމައް ޔަގީންކަމާއެކު އެއްވެސް ބަޔަކައް އަދި ނުބުނެވޭ.

    17
    3
  4. ޝައިފާން

    މީއެއްކަލަ 16 ހަފްތާ އިން ޖަހަން ބުނި ވެކްސީން 6 މަސް ފަހުން ޖެހުމައް ފަތަވާދޭ މީހުންދޯ.

    14
    1
    • Anonymous

      ލިބުން ދުވަހަކުން ޖެހޭނެ... މަނީ މަނީ ޔެސް ސަރ.. މި ފައިސާތައް ވަންނާނީ، ދުނިޔޭގް މަހުޖަނުންގެވެސް މަހުޖަނުންގެ ބޭންކް އެކައުންތަކަށް. ވެކްސިން ގަނެގަނެ މުޅި ދުނިޔެ އެމީހުންނަށް ދަރާ ގައުމުތައް ބޭންކްރަޕްޓްވީމަ، ދުނިޔޭގެ ވެރިންނަށް މި މީހުންތައް ވެގެން ދެން ތިބި އެންމެންނަކީ މިމީހުންގެ އަޅުންނަށް ވުމުގެ ކޮޅުމަތި މިފެންނަނީ.

      1
      1
  5. ޑޮކްޓަރ އުސާމާ

    ކޮންމެއަކަސް ޑޮކްޓަރުގެ ހިނިގަނޑު ވަރަށް ފޭކު. ލޮލް

  6. ހަސަދު

    ޑީއެންއޭ ބަދަލު ނުވާނެ ކަން ދޭހަވާ ސްޑަޑީޒް ހެދިފައި އެބަހުރިތޯ. ސްޓަޑީ އަކަށް ބޭސް ކޮސްފަ ނޫނި އެކަހަލަ ސްޓޭޓްމަންޓް އެއް ދެވިދާނެތޯ.

    5
    1
  7. ސާމާނުބެ

    ޑރ ވިދާޅުވި ވެކްސިން ޖެހީމަ ކޮވިޑްޖެހިގެން މަރުނުވުމުގެ 100 ޕަސެންޓް ފުރުސަތު އޮންނަކަމަށް

    2
    1
  8. އަމީ

    ކަލޯ މެން ކިޔެވި އިރު ނުވީމަ މިހާރު ނުވާނެ އޭބުނަން އިނގެނީ ކިހިނެއްތަ؟ އަލުން ކިޔަވަން ދޭބަލަ.