ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަކި ގޮތެއް ނިންމަން ދެން މަހްލޫފް މަގާމުން އެކަހެރިވެ ހުންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ، މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާ ގުޅިގެން ޕީޖީން އެ ކަމުގައި ގޮތެއް ނިންމަވަން ދެން މަގާމުގެ މަސައްކަތުން އެކަހެރިވާން ރައީސް އަންގަވާފައިވާ ކަމަށެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލި ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ވެސް މަހްލޫފްގެ ނަން އޮތެވެ. މި ލިސްޓު ރައްޔިތުންގެ މަޖިލީހަށް ޚިއްސާ ކުރުމުން މަޖިލީހުން ވަނީ ކުރިން އާންމުކޮށްފައެވެ.

އެހެން ނަމަވެސް ޚިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް މަހްލޫފް ގެންދެވީ ވިދާޅުވަމުންނެވެ. ޚިޔާނާތުގެ ދައުވާ އުފުލައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް މީގެ ކުރިން އޭނާ ވިދާޅުވެފައިވެއެވެ.

ފުލުހުންނާއި، އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ޖޮއިންޓް ތަހުގީގަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން ޕީޖީ އޮފީހަށް ފޮނުވީ މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް އުފުލުމަށެވެ.

މަހްލޫފްގެ މައްޗަށް ކުރަން ފޮނުވި އެއް ދައުވާއަކީ ސަރުކާރުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމާ މެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ

އޭސީސީގެ ބަޔާނުގައިވާ ގޮތުން، މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަން ފޮނުވަން ނިންމީ ސަރުކާރާ އެއްކޮޅަށް މަޖިލީހުގައި ބިލެއް ފާސް ކުރުމަށް އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު އެސްއޯއެފް އެކައުންޓުން ޖަމާކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވެގެނެވެ.

މި ފައިސާ މަހްލޫފްގެ އެކައުންޓަށް ޖަމާކުރިއިރު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައެވެ.

އޭސީސީގެ ބަޔާނުގައިވާ ގޮތުން، މަޖިލީހުގައި ނެގުނު ވޯޓަށް ފަހު ޚިޔާނާތުގެ މޭސްތިރިޔާ ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކުންނާއި މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ތާރީޚުން އެއީ ޚިޔާނާތުގެ ފައިސާ ކަން ތަހުގީގަށް ފާހަގަވާން އޮތް ކަމުގައެވެ.

މި ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދޮގު ބަޔާން ދިން ކަމުގެ ކުށުގެ ދައުވާ

އޭސީސީގެ ބަޔާނުގައިވާ ގޮތުން، ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

މި ގޮތުން އޭސީސީއަށް މަހްލޫފް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް މަހްލޫފް އެ ކޮމިޝަނަށް ފޮނުވި ސިޓީއަކީ ހަގީގަތް އޮޅުވާލުމަށް ޓަކައި ކުރި ކަމެއް ކަން ތަހުގީގަށް ފެންނަން އޮތް ކަމުގައިވެއެވެ.

ރަސްމީ މަގާމެއްގައި ހުންނަވައިގެން ތަހުގީގީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވިއިރު، ގާނޫނުލް އުގޫބާތުގައިވާ ގޮތުން މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.

މި ކުށުގެ އަސާސީ އަދަބަކީ، ގާނޫނުލް އުގޫބާތުގައިވާ ގޮތުން، ހަ މަސް ދުވަހާއި އެއް އަހަރު ދުވަހާ ދެމެދެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

 1. ަަަައަލީ

  ސުކުރިއް ރައީސް ސޯލިހު ތީިިިހިވަރު ގަދަ ކެރޭ ފަހުލަވާނެ...މަހުލޫފު ވެސް ހިވަރުކޮފަ އިސްތިއުފާދީ

  60
  116
  • އަލީ ބަފާ

   ހެހެހެހެ.

   66
   4
  • އަލީގެދަރި

   ކޮންކަމަކާ ސޯލިހަށް ތިޔަ ޝކުރިްޔާދިނީ. މަސައްކަތެއްނުކޮށް މުސާރަ ދޭނެތީ. ކުރިންވެސް ތިގޮތަށް ބެހެއްޓި. ޕީޖީ ނިންމާނީ ދައުވާނުކުރަން.

 2. Anonymous

  ތީ ވަރަށް ކަޑަ ކަމެއް މަހޫ އެއީ މިސަރުކާރުގަ ހުރި އެއްމެ ރަނގަޅު މިނިސްޓާރ.

  79
  73
 3. Anonymous

  ހެކިނެތިގެން ދައުވާ ނުކުރުން ވަރަށް ކައިރި

  49
  1
 4. ޓަކިބެ

  ކޮބާ ދެން އިސްތިއުފާ ދޭންވީނު. ބުނީމެންނު އިސްތިއުފާ. ދޭނަމޭ.

  44
  3
 5. އަހުމަދު ދީދީ

  ޕީޖީއިން އެމްޑީޕީ ރުހޭ މީހުންގެ މައްސަަލަ އަނބުރާ ފޮނުވައިލާނެ.

  44
 6. ހަނި

  ޕިޖިން ދަވާކުރަން ފޮނުވާނެ ކަމްގެ ޔަގީން ކަމެތް ނެތެވެ

  36
 7. ވައްޓޭ

  ތީ ވަރަށް ވެސް ރަނގަޅު ކަމެއް ތި ކަން ވެސް އެނގުނު ކަން ވެސް ދެންވެސް ލިސްޓުގައި ތި ހުރިހާ މީހުންނަން ވެސް ވަރަށް އަވަހަށް ދައުވާކުރާނެކަމަށް އުއްމީދު ކުރަން

  27
  1
 8. މުހަމްމާ

  ސާބަސްއިބުރާހިމް މުހަމްމަދުސޯލިހުއައް ސުކުރިއްޔާ

  15
  28
 9. މުހަމްމަދު

  ކޮބާ ދެންތިއްބެވި ބޭފުޅުންނަންވެސް ވަރަށް އަވަހަން ދައުވާ ކުރޭ އިބުރާހީމު މުހަމްމަދު ސޯލިހުއަށް ސާބަސްްްްްްް

  16
  18
 10. ނަޑަރު

  މުސްކުޅިން ބުނެއުޅޭ ހަރުބަހެއް އޮވޭ ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ދިޔައީއޭ އެއީހަމަ ރަނގަޅު ވާހަކައެއް ދެން އަވަސް ގޮތަކައް ސަރީއަތްކޮއް މަހުލޫފް ޖަލައްލާ ކަންކުރި ބޮޑުން ހަމަ ލަގްޒަރީ އެޕާޓްމަންޓުގަ ބައިތިއްބާ މިއޮތީވާ ގައުމެއް

  39
  4
 11. ޙުސްވަގުން

  މަހޭ ނެތި ދާނެ

  31
 12. އަލީ

  ޔާމީނަށް ވަގަށްގޮވީ އެ އްމެންނަށް ތިޔަފަދަގޮތް މެދުވެރިކުރަ އްވާންދޭ! އާމީން.

  52
  4
 13. ށުމަން

  ދިވެހި ރައްޔިތުން ހޭ އަރާކަށް ނުވޭތޯ! 5 އަހަރު ހަމަވި އިރު ކިތައް ވަޒީރުން މިދަނީ ހިޔާނާތާ، ވައްކަމާ، ލޫޓު ވުމާ ޖިންސީ އެބިޔުސް ކުރުން ފަދަ ނުބައި ކަން ކަން ކުރަމުން. މީތޯ ރައްޔިތުން ޓެކްސް ފައިސާ އިން ބޮޑު މުސާރަ އާ ކާރު ދީގެން މިމީހުން ގެން ގުޅުނީމަ ކަންތައް ކުރިގޮތް، ރައްޔިތުން ގެ ފައިސާ ބޭކާރު ވަނީ

  35
  1
 14. Anonymous

  ބޮޑު ހިޔާނާތް ތެރިއެއް ރަނގަޅު ވާނީވެސް ވަގުން ނަށް

  19
  3
 15. ޢަލީ

  ކޮބާ މަހޭ! ކަރުން ނާރު ފުއްޕާފަ ދުވަހަކުވެސް ރިޝްވަތު ނުހިފަމޭ ނުހިފާނަމޭ ހުދު ކާފޫރޭ ކިޔާފަ ރަނގަޅަށް ކާލައިގެން ނު ތިހިރީ. ތިއޮތީ ބަސްޓް ވެފަ!

  35
  3
 16. ޙުސެން

  ޢުންސުރު ހަމަވޭތަ އަނެ އްކާ...؟

  36
  1
  • ލޮލް

   ފަންސުރު ހަމަވެޔޯ

   15
   1
 17. ޏަމްޏަމް

  ތިއޫ ދްރާމާ

  22
  1
 18. ޑގގ

  ކޮބާ އަކުރަމް އެދުވަސްވަރު ޔާނު ސަރުކާރާއި ދެކޮޅު ޚަބަރުތައް ރާއްޖެ ޓީވީ އިން ނުގެނެސްދިނީ .. ސަބަބެއް އޮވެގެން

  25
  2
 19. ރިޔާޒުބެ

  އަބަދުވެސް ފިނިތަނުން ކެވޭތޯ ބަލާސޮރެ އްތީ .

  14
  1
  • ލޮލް

   "ހިހޫ ތަނުން" ބުރޯ

 20. Anonymous

  ފުރަތަމަ ރައީސު ޞާލިޙު ނޫންތޯ މަގާމުން ދުރުވާންޖެހެނީ، ތިޔަ ޚިޔާނާތުގެ ފައިސާ އެއްމެ ގިނައަދަދަކަޑް އެއްމެ ފުރަތަމައަށް ލިބުނީ މިހާރުގެ ރައީސު އިބޫ ޞާލިޙަށްކަން ޚިޔާނާތުގެ ބޮޑުވަގު އަދީބު މުޅި ދުނިޔެއަށް އިޢުލާންކޮށްފައިވާއިރު ތިމެންނަ މަގާމުބް އެކަހެތި ނުވެހުރެ ޚިޔާނާތުގެ އެހެން ބައިވެރިންނަށް ދަޢުވާކޮށް އެކަހެރިކުރަނީ ވެރިޔަކަށް ކުށެއްނޮއޮންނާނެއޭ ބުނާ ބީދައިން ސަދޫމުގެ ވެރިކަން ދޮތެ؟؟ ދުޢާކީ ތިޔަހުރިހާ ޚިޔާނާތްތެރިންނާއިވެސް ﷲގެ އިރާދަފުޅުން އިންސާފު އަރާހަމަވުމެވެ. އާމީން،

  17
 21. ހީނުވާ

  މިސަރުކާރުގެ ބޮޑުން އަދީބުއަތުން ކަޅުފޮށީގައި ދިޔާއެއްޗެހި ގެންދިޔަކަމަށް އެއްބަސްވި

  15
 22. Anonymous

  ތީ ވަރަށް ވެސް ރަނގަޅު ކަމެއް ތި ކަން ވެސް އެނގުނު ކަން ވެސް ދެންވެސް ރައީސު އިބޫސާލިހުވެސް ހިމެނޭގޮތަށް ތިޔަޚިޔާނާތުގެ ލިސްޓުގައި ތިބި ހުރިހާ މީހުންނަން ވެސް ވަރަށް އަވަހަށް ދައުވާކުރާނެކަމަށް އުއްމީދު ކުރަން. އަވަސް އަވަސް ޒީރޯ ޓޮލެރެންސް.

  15
 23. ޒީިރޯ ޓޮލެރެންސް

  ތިޔަ ދައުވާ ކުރެވޭނެ ކަމެއްނޭންގެ އެއްނު އެއީ ، ކުޑަސޮރާ ޅަސޮރާ، އުންސުރާ، ފަންސުރު ހަމަވާނެ ކަމެއްނޭންގެ އެއްނު

  12
  2
 24. ކޮބާހީވެ

  އަވަހަށް ދޭ ދެން ބޮލީވުޑަށް އަނބިދަރިން ގެ ޓެލެންޓް ދައްކަން.

  17
  1
 25. ސާހިރު

  ކޮބާ ހަސަންލަތީފު ކޮބާ މަވޯޓާ ކޮބާ އީވާފިރިމީހާ އެއީވެސް ލިސްޓުގަ އޮތްމީހުން ކެރޭނެބާ ފިޔަވަޅެއް އަޅަން

  14
 26. ޚުސް

  .ނަ އިބުރަ އިސްގެ ބާރު މަހުޭ އެހެރީ ބަހަ ޓާފަ.. ނަ އި ބު ރަ އީސްގެ ކޮ އްކޮގެ ފިރިމީހާވީމަ.. ޥަރައްސަލާމް

  11
  1
 27. ގަބޫލުކުރަން އުނދަގޫ ސުވާލު

  މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންދޭން ފުރަތަމަ މަހްލޫފް.
  މިވަގުތު މުހިއްމުވަނީ މެމްބަރުން.
  މެމްބަރުން ކުރިމަތީގައި ދެން ބާއްވާނީ އެއްމެ ސުވާލެއް.
  ބަރުލަމާނީއަށް ވޯޓްދޭނީތޯ ނުވަތަ ނޫންތޯ. ޖަވާބު އަންނަގޮތެއް ބަލަން މަޖިލިހުގެ ރިޔާސަތު އޮންނާނެ

  10
 28. ޓ

  މަހޭ އަކީ އަސްލު އެމްޑީޕީ މިހެއް ނޫން

  9
  1
 29. ޙައްވަ

  މަހުލޫފު މަގާމުންވަކިކޮ އްފަ ތި އުޅެނީ ޕާޓީކުދިންނަށް މަގާމުދޭން

  13
 30. އަހުމަދު

  ހީވާގޮތުގަ ހުކުން ކުރިޔަސް ބަހައްޓާނީ މިނިސްޓަރ ކަމުގަ. އަޖާބެއްކަހަލަ ސަރުކާރެއްމީ.

  12
  1
 31. ސަހަރޮ

  ތހިހަމަވަނެގޮތް

 32. ސަޓޯ

  ކޯލިޝަން ހަދައިގެން ވެރިކަމަށް އައިސް ކޮރަޕްޝަންގެ ނަމުގަ ކޯލިޝަން ދުއްވާލަނީ... ކޮރަޕްޓް ވެފަ ތިބި ބައެއް ގޮވައިގެން ވެރި ކަމަށް އައިމަ އިބުރޭ ވެސް ވާނީ ވަގަކަށް

 33. މޯޑު

  ކޮއްމެ ކަމަކައްވެސް ނިމުމެއް އައްނަންވާނެ..ޚާއިނެއްގެ ނިމުން މިއައީ، ތޭންކްސް ރައީސް.

  4
  1
 34. ކައްޒާބު

  މިނިސްޓަތ މަހްލޫފްގެ އަބުރުކަތިލުމަށް އަންނި ފެކްޝަނުން ރާވަ އިގެން ހިންގާ ބޮޑު ޖަރީމާ އެއ އް. މަގްޞަދަކީ، ރައ އީސް އިބޫގެ ސަރުކާރު ނިކަމެތިކުރުން، މަހޭ އަކީ ރަ އީސް އިބޫގެ ސަރުކާރުގެ އެއ އް ތަނބު. ރަ އީސް އިބޫގެ ދިފާ އުގަ ކެރިގެން އެއއ އްޗެ އް ބުނެލަން ހުރި ވަޒީރު.

  4
  2
  • ޜަނޭ

   100% ތާއީދު

  • މަގަށްއުކި ޑޮލަރު

   މިސްޓަރ މަހުލޫފުގެ އަބުރެއް އޮތްނަމަތާ އަބުރު ކަތިލެވޭނީ

 35. ބިންގޯ

  މާތްކަލާކޯ މިއޮތީވާ ސަރުކާރެއް.

 36. އަހްމަދު

  މަޤާމުން އެކަހެރިނުން ކުރަންވީ! ވަކިކުރަންވީ! އަދިވެސް އެހެން،މީހުންނަށް ވަގަށްގޮވާތި!

 37. Anonymous

  އެހެން ވެޔޭ ރައީސް ޔާމީން މި މީހުން ހައްޔަރު ކުރަން އުޅުނީ.. ސަރުކާރު ބަދަލު ވެފައި ރައީސް ޔާމީން ޖަލަށް ލީމަ ދެން ހީކުރީ ފިލައިގެން އުޅެވޭނެ ކަމަށް ދޯ

  6
  1
 38. ފަރެސް

  މި ޚިޔާނާތަކީ ދައުލަތާ ރަށްޔިތުނާގުޅިފައިވާ ވަރަށްބޮޑުކަމެއް ވީމާ، ،މަގާުމުން ހަމައެކަނި އެކަހެރިވުމަކުންނުވާނެ ސަރުކާރާ، ރަށްޔިތުންނަށްވީ ބޮޑުޚިޔާނާތުގެ އަދަބުލިބެންޖެހޭނެ ރިހާކުުރުފުޅިއަށްވުރެ ބޮޑު ކަމެއްމިއީ ވީމާ، ރިހާކުރުފުޅިއަށްވުރެ ބޮޑުމައްސަލައަކަށް މިކަންވާނެ އެއީރަށްޔިތުންތަކެއްގެ ހައްގަކަށް ޚިޔާނާތްތެރިވެފައިވާތީ ވަޒީފާއިން އެކަހެރިވުމަށްއެންގެވީ މަހުލޫފުގެބޮޑުކަމާ އިއްޒަތަށްޓަކައި ބިރުފުޅުންތޯ ނޫނީ ޔާމީންގެވެރިކަމުގައި މަހުލޫފްއުޅުއްވިގޮތަށްބައްލަވާކަންތައްތަކެއްބޭޒާރުކޮށްލައިފާނެތީ ބިރުފުޅުންތޯ؟ ޔާމީނުގެ ( ގައުމުގެ ތަރައްޤީގެ ބާނީ ) ވެރިކަމުގެދުވަސްވަރުގައި މަހުލޫފުއެގޮތަށް އުޅުއްވީ އޭނާގެ އަމިއްލައެދުންތަކެއްހާސިލްނުވެގެންކަމަށްބެލެވޭ ނޫނީ އޭނާގެ ލަދުހަޔާތްކުޑަކަމުން އެކަމުން ޔާމީންބޭފުޅާ ބިރުފުނުގަންނަވާ ދެއްވަންޖެހުނު އަދަބެއްވެސް ދެއްވި މަހުލޫފަށްހީވާކަހަލަ ވެރިކަންބަދަލުވުމުން ބޭނުންހާގޮތަކަށްއުޅެވިދާނޭ ކިތަންމެބޮޑު ޚިޔާނާތެއްވިއަސް އެކަންކަމަކަށްނުވާނޭ ނަމަވެސް ހުރިހާކަމެއްބައްލަވާވޮޑިގެންވާ ފަރާތެއްވޭ ވީމާ، ޚިޔާނާތުގެ އަދަބު އެފަރާތުންދެއްވާނެ އެއީ މީހެއްގެބާރުގައިވާނެ ކަމެއްކަމަށްނުވަތަ ތިމާވީމަ ނުވާނެކަމަށް ނުވިސްނަވާ އަރެންނާ،އަހަރެންގެ އަނބިދަރީން ހިއްސާވާ ބޮޑުލާރިއަކަށްވެސް މަހުލޫފު ނުވަތަ
  އެހެންފަރާތަކުންވެސް ޚިޔާނާތްވުމަކަށްނޭދެން ވެފައިވާނަމަ މާފަށްއެދެންޖެހޭނެ ނޫނީ.............

 39. ރައްޔިތު

  ކޮބާ ކޮބާ ވަގު ސުލޯލިހު އެކަހެރި ކުރަނީ ކޮން އިރަކުން ރައީސޫ..!

 40. ކިނބޫ

  ކުރިންވެސް ތިކަހަލަ ޗުއްޓީއެއް އޭނައަށް ދިނެއްނު! ތީ މިއަހަރުގެ އަހަރީ ޗުއްޓީ!
  އަފިރިން ހައްލާއް ހިނގާނެ ކަމަށް ނެއް!
  ސޭވް އައްޑޫ!
  ސޭވް ހަނިމާދޫ!
  ސޭވް އުތުރުތިލަފަޅު!
  ސޭވް ދިވެހި ގައުމު!
  އަފިންނަށް ދައްކާއް ޑްރާމާ ނިކޮޅެ އެތިބެއު! އަފިރިން ނިހެއްލޭހެއް!