ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 15 ދުވަހަށް ދިގު ދަންމާލަން ރައްޔިތުންެގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމާ މެދު އެމެރިކާ ކަންބޮޑުވެ ނުރުހުން ފާޅުކޮށްފިއެވެ.

ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގެ ތަރުޖަމާން، ހެދަރ ނުއާޓް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމުން އެގައުމު ކަންބޮޑުވާ ކަމަށެވެ. އަދި ރައީސް ޔާމީން ދަނީ ގާނޫނީ ބާރު ކަނޑުވަމުން ކަމަށާއި، މަޖިލީހާއި ޖުޑިޝަރީ އަދި އާންމު ފަރުދީ ހައްގުތައް ހިފެހެއްޓުން ދޫކޮށްލުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެމެރިކާއިން މިދަނީ ރައީސް ޔާމީން އާ ވާހަކަ ދައްކަވަމުން. އަދި ރާއްޖޭގެ ގާނޫނުތަކާއި އެއް ގޮތްވާ ގޮތުގެ މަތިން ޖުޑިޝަރީއާއި މަޖިލިސް ހިންގުމަށް ހުރަސް ނޭޅުއްވުމަށް އަދިވެސް އެއްފަހަރު ދަންނަވަން،" އެ ބަޔާނުގައިވެއެވެ.

މީގެ އިތުރު، ހެދަރ ވަނީ ބައިނަލް އަގުވާމީ ގޮތުން ހެދިފައިހުރި އިންސާނީ ހައްގުތަކާ ބެހޭ ގަރާރުތަކާއި ގާނޫނުތަކަށް ތަބާ ވުމަށް ރާއްޖެ އަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މުޖޫރޫމޫން

    ބަޔަކަށް ޙައްޤަށް މަސައްކަތްކުރުމަށް ގޮވާލަން ކަލޭމެން ވަރުގެ ރަނގަޅުބައެއް ނެތް.

    • ސައިނީ

      މިބާގަޑުގެ ބޭނުމަކީ އަހަރުމެން ޖެއްސުން އަމިއްލަ ގައުނުގެ ކަންބޮޑުވުން ތަކާ ކަންބޮޑުވެބަލަ

  2. މަހާ

    މިތާންގައި އޮތީ އެމެރިކާގެ ގާނޫނު އަސާސީއެއް ނޫން، މައިތިރިވެގެން ހުރެބަލަ... ތި އުޅެނީ ވަކި މީހަކު ބުނި އެއްޗެއް އަޑު އަހައިގެން، ދެންވެސް ރާއްޖެ އައިސް ސަރުކާރުން ކަންތަށް ކޮއްފައި އޮޮތް ގޮތް ރަގަޅަށް ބަލާބަލަ

  3. ރުޒާނާ ޗޮއްޕަޓު

    ކޮންމެ ހަފްތާއަކު ސްކޫލަކަށް ބަޑި ހިފައިގެން ބަޔަކު ވަދެ އެތަކެއް ކުދިންނާއި މީހުން މަރާތީ ކަންބޮޑެއް ނުވޭތަ؟

  4. އަލީ

    މިނުބައި ނުލަފާ ޔާހޫދީ އެމެރިކާގެ ކިބައިން މިގައުމާއި ދީން ސަލާމަތްކޮށްދެއްވާށި. އާމީން.

  5. ފާތިމާ

    އެމެކާ އަށް ބެހޭކަމެއްތަ ކުލިޙާލަތު ދިވެހިރާއްޖޭގަ އިތުރު ކުރިޔަސް ... ފުރަތަމަ ކަމަކައް އެމެރިކާގަ ހުރި މައްސަލަތަށް ހައްލުކޮއްބަލަގަ ނުބެހިބަލަ ދިވެހި ގައުމުށް މިގައުމުގަ މިހާރުހުރި ވެރިޔަކީ ހުރިހާކަމެއްވެސް ހައްލުކުރެވޭ ވަރުގެ ވެރިޔެއް. ސާބަސް ރައީސް ޔާމީން އަށް.

  6. ސީނު

    އެމެރިކާ ގޮތްކިޔާކަށްނުޖެހޭނެ.......ހަމަމަގަށްއެޅެންޏާ ކަންބޮޑުވާނެކަން އިނގޭ

  7. މޫސަ

    އެމެރިކާއަކަށް ނޭގޭނެ މި ގައުމުގެ ކަންތައްތައް ކުރާނެ ގޮތެއް ، އަމިއްލަ ގައުމުގެ ކަންކަންވެސް އެއުޅެނީ ހަމަޔަކަށް ނޭޅިގެން

  8. ނަސީދު

    އަހަރެމެން ކަންބޮޑުވޭ މުސްލިމް ޤައުމުތަކަށް އެމެރިކާ މީހުން އަރާ ހަގުރާމަ ކުރާތީ

  9. އެދުރު

    ބެހޭކަމެއްނޫންދޯ ކަލޭމެންނަކާ

  10. ްސ

    ކަލޭމެންޏާ ކޮން ބަލާއެއްތަ؟

  11. ނިޔާމާ ޢަލީ

    ކަބުލޯ! ކަބުލޯމެންގެ ޤަވްމުގެ ކަންތައްތަކާ ފުރަތަމަ ވިސްނަބަލާ!

  12. ކާފަ

    5 އަހަރު މިވަނީ ތި ޤަރާރު ނެރެނެރެ ތިއްބާ ؟

  13. ޝާކިރު

    ފަލަސްތީނު ކަންކަން ތިޔަގެންދަވަނީ ހަމަ ބައިނަލް އަޤުވާމީ ްާނޫނުތަކާ އެއްގޮތަށް ކަނބުލޯ. މިހާރު ތިޔަ ހަދާ އެތި އެންމެނަށް ވެސް އިނގޭ. ކޮބާ މިސްރުގެ ރައީސް.
    އެ އޮތީ ރަނގަޅަށް، އެއީ މިހާރު މިސްރުގައި އިޒުލޭލުގެ އެތަށް ބިލިޔަން ދޮލަތުގެ މަސްރޫއެއް ފަށަން ތައްޔާރު ވަނީ، މިތާ ވެސް އެކަން ނުކުރެވިގެން އެތެޅެނީ.

  14. ހުވަދޫ މީހާ

    އަޅެ މަގެ ހިތަށް އަރާ މި އެމެރިކާ އާއި އިންޑިޔާ މީހުން މި އުޅެނީ އެއްޗެއް ދިރުވާލާއިގެން ކަރުބުޑުގަ އޭތި ތާށިވެގެންހޭ.
    މި މީހުން ނުބެހޭކަށް ކަމެއް ނެތް. ރޭޕް ކުރަމުން ކުރަމުން ގޮސް އާބާދީގަ ބާކީ ތިބީ މާބަނޑު އަންހެނުންގެ ބަނޑުގަ ތިބި ކުދިން އެކަނި ސަލާމަތުން.އެކަމަކުވެސް އަޑަށް ބާރު ލާފަ ރާއްޖޭގެ މަސްރަހު ކައިރިން ބަލަމުން މިދަނީ. ހަހަހަ.އަޅެ އަރަތެއް ނުން.ގެރިޔަށް އައިޑި ކާޑު ހަދާ ގެރި އަށް ފްލެޓް ދީ ގެރިއާއި އިންސާނުން ކައިވެނި ކުރުވާ ނުޖަހާކަށް ސަކަރާތެއް ނެތް.އެމެރިކާ...ބުއައްހައްހައްހައް. ޔޫ ބެޓާ ބީ އޮން ޔުއާ ސައިޒް.

  15. އަފީފު

    ތި ކުއްލިހާލަތުގެ ވާހަކަ ބާއްވާފައި މި މަންޖެއާމެދު މަވަަރަށް ޝައުގުވެރިވެއްޖެ. ހުރިހާ ކަމެއްވެސް ވަރަށް ރަގަޅު ކަމަށް ފެންނަނީ.

  16. އާދަނު

    އެމެރިކާާކާކާ! އެކަމަށް އަޅައިނުލާ! ކަލޭމެންގެވެސް ޤައުމުގެ އެތެރޭގެ ކަންކަން ރަނގަޅުކުރަން އުޅެބަލަ!

  17. ރޮޒީ Shareef

    މިސަރުކާރުގެ ގޮތްތަކަށް އެމެރިކާއިން އަތްބާނަކަށް ނުޖެހޭނެ..މިއީ އިސްލާމް ޤައުމެއް

  18. ޕަންޕު

    އަހަރެމެން ވަރައް ކަންބޮޑުވެ ދެރަވޭ ފަލަސްތީން ރޮހިންޔާ ގައި އެއްވެސް ކުށެއްނެއް އެތައް ބައިވަރު މުސްލިމުންނެއް މަރަމުން ގެންދާތީ ކީއްވެބާ ތި އެމެރިކާއައް އެކަންތައްތައް ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރެވުނީ އެކަމަކު މިގައުމުގަ ކަމެއްވާއިރައް ހީވާނީ އެހެންފަދަ ކަމެއްހެން ކަލޭމެން ބޭނުން ވެގެން ތިއުޅޭ ކަންތަކެއް މިތާކު ނުކުރެ ވޭނެ މޮޔަނުވޭ

  19. އަބްދުއްލާ

    މަންޖޭ މަންޖެ ބަޔާން ނެރުނު އިރު ވަނީ ކޯޓްތަކާ މަޖިލީހުގެ ބާރު ދޫކޮށްލާފަ. މަންޖެ ރީއްޗަކަސް އަހަރުމެން ހިތާ ނުވޭ .މަންޖެ ބުނޭ ޓޮރަމްޕް ގާތު މީހަކު ނުވީއޭ އޭރުން އޭނަ ހުންނާނެ

  20. އޮބާމާ

    ކޮބާ ކަލޭމެން އަހަރެމެންގެ މުސްލިމް އަހުންނާއި އުހުތުން މަރާ ވަޒަނުން ބޭރުކުރާއިރު ދެލީ ކަނީ ތަ ބީތާޔާ.

  21. ޢަލީ

    ކަލޭމެން ކަންބޮޑެއްނުވޭދޯ ކޮންމެދުވަހަކު ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ އެތައްބަޔަކު އިޒުރޭލް ކިޔާ ބަޔަކު މަރަމުންދާއިރު.

  22. މީމުހާ

    އެމެރިކާއެމްބަސީ ގުދުސަށް ބަދަލު ކުރަން އެމެރިކާއިން ނިންމާފައިވާތީ އަހަރެމެން ދިވެހިން މާ ކަންބޮޑުވޭ.

  23. ކަމަނަ

    އެމެރިކާ މީހުންނަށް ވުރެ ރަގަޅަށް ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އިނގޭނެ ބައެއް ނުތިބޭނެ.ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގަ ކުރަންޖެހޭ ކަންތަކާ ނުކުރަންޖެހޭ ކަންތަށް އިނގޭނީ އެމީހުންނަށް،ރާއްޖޭގެ މަޖުލީހުގަ ތިބެނީ އެމެރިކާ މީހުން.އެހެންވީމަ ގާނޫނުވެސް އިނގޭނީ އެމީހުންނަށް.

  24. ވިސްނާ

    ބަލަ ހަމަ މިމީހުނަށް އިގެނީ ހަމަ އިދިކޮޅުން ފީޑުކޮށްފަހުރިއެއްޗެއްކިޔަން.......މިއިން އިގެނީ ވަކިއަތަކަށް ބުރަވެފަވަމިންވަރު....އެނޫނަސް މިމީހުން މިކަންތަކަށް އުދުޅިބާނާކަށްނުޖެހޭ

  25. ރީތި މޫސަ

    ތީމުސްލިމުންނަށް ހެޔޮއެދޭ އަދި ދުނިޔެއަށްވެސް ހެޔޮއެދޭ ބަޔެއްނަމަ ފަލަސްތީނުގެ ރައިއްޔަތުންނަށް ހެޔޮއެދުނީސް ދެންމާ މިޤައުމަށް ހެޔޮއެދޭބަޔަކަށްވެގެން އުޅޭނެކަމެއްނެތް