މިހިނގާ ދިރާސީ އަހަރު ނިމެން ދެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިގޮތަށް ނިންމަފާއި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ.
ކޮވިޑާއި ގުޅިގެން މާލެ ސްކޫލްތަކުގައި މިފަހަކުން ކިޔަވައިދެމުން ގޮސްފައި ވަނީ އޮންލައިންކޮށެވެ.
ފަހަކަށް އައިސް މާލެ ސަރަަހައްދުގައުި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އާއި އެ ބަލީގައި ގިނަބަޔަކު ނިޔާވަމުންދާތީ ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދާއި ބައެއް އަތޮޅު ތެރޭގެ ރަށްތަކުގައި އިއުލާނު ކޮށްފައިވާ ކާފިއުގެ ވަގުތު ވަނީ އިތުރު ކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 68872 އަށް އަރާފައެެވެ. އަދި ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 191 އަށް އަރާފައެެވެ.
ތިހެން ނުހަދާ ބޭބީ ނާސަރީވެސް ހުޅުވާ، ހެޔޮނުވާނެ ޕްލީޒް. ވޯޓެއްވެސް ލާން ދެންނެތީތަ އަވަހަށް؟
އަދި އަވަސް ތިހެންބުނަން..މިހާރު މިއޮތީ ގާތްގަނޑަކަށް ނިމިފަ... ބާކީ އޮތީ ހަފްތާއެއްވަރު...