ހދ. ހަނިމާދޫން އެއްގެއެއްގެ ދެ މީހަކު ކޮވިޑް-19އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ މިއަދު އެވެ.

އެރަށު ކައުންސިލް ރައީސް އަބްދުއްސަތާރް ހަސަން ވިދާޅުވީ، އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ސްކޫލް ދަރިވަރަކާއި، އަދި އެ ކުއްޖާގެ ގޭގައި އުޅޭ އިތުރު މީހެއް ކަމަށެވެ.

ސައްތާރް ވިދާޅުވީ، އެ ދެ މީހުންނަކީ ރޯގާގެ އަލާމާތްތައް ފެނިގެން ރަށުގެ ފްލޫ ކްލިނަކަށް ދެއްކުމުން ކޮވިޑަށް ޓެސްޓު ކުރި މީހުން ކަމަށެވެ.

"ރޯގާ ޖެހިގެން ދެއްކީމަ ސިއްހީ ބޭފުޅުންނަށް ޝައްކު ކުރެވިގެން ޓެސްޓު ކުރީ"،

އެ ދެ މީހުންގެ ނަތީޖާ ލިބުނީ މިއަދު މެންދުރު ފަހުއެވެ. އެ ނަތީޖާ ލިބުނުއިރު، ދެ ނަތީޖާވެސް ވަނީ ފައްސިވެފައެވެ.

މިއާއެކު އެރަށުގައި ރައްޔިތުންނާއި ވިޔަފާރިތަކަށް އެ މައުލޫމާތު މިހާރު ފޯރުކޮށްދެމުންދާ ކަން ސައްތާރް ފާހަގަކުރެއްވިއެވެ.

ސައްތާރް ވިދާޅުވީ، ފައްސިވި ދެ މީހުންނާއި ގުޅިގެން، އެ މީހުންނާއި ގާތުން އެއްްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަަންނަ ކަމަށާއި، އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބެން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    ކީއްކުރަންރަށްބަންދުކުރަނީ މާމޫނާގެޚާއްޞަހުއްދައިގެދަށުން ބޯކޮށްއިންޑިއާމީހުންއެތެރެކޮށް ރާއްޖޭގެއެތަންމިތަނަށްބަހާފަ ކޮންޓުރޯލުންނެއްޓުނީމަ އަދިވެސްދިވެހިންދޯމިކުށްވެރިވަނީ؟ ޕުރޮޖެކްޓުތައްހިންގުމުގެނަމުގައި މާމޫނާފޮނުވާދިންހަދިޔާތިޔައީ ޝުކުރުކޮށްލައިގެން އަތްފައިދޮވެގެން ކޮރޯނާފާރަލައިގެންއޮންނަ މިސްކިތަށްނުގޮސް ގޭގަނަމާދުކޮށްގެން މިބަލާވެރިކަމުން ސަލާމަތްކުރެއްވުންއެދި ﷲއަށްދުޢާކުރަށްވާ!