އެކްސިޑެންޓަކާއި ގުޅިގެން ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގަށް ދިުަ ފުލުހުންގެ ވެހިކަލެއްގައި ޖެހުނު ޕިކަޕެއް ޓޯވކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަލިމަގުގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން އެތަނަށް ދިޔަ ފުލުހުންގެ ވެހިކަލެއް މަޑުކޮށްގެން އޮއްވާ މާލެ އިން ހުޅުމާލެއަށް ދުއްވާފައިދިޔަ ޕިކަޕެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އެކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 16:45 ހާއިރު ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ނަމަވެސް ފުލުހުންގެ ވެހިކަލާއި، ޕިކަޕަށްވެސް ގެއްލުންވެފައިވާކަމަށާއި، މިހާރު އެ ޕިކަޕް ޓޯވކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަނި

    ޕޮލިސް ކަރެތްގާޖެހުނިމަ ޓޯކު ކުރަން ޖެހެ ހޭ

    17
    4
  2. މިވަގުތު

    ކީއްވެތަ ކޮޕުން ބައިސްކަލެއް ދުއްވިޔަސް "ފުލުހުންގެ ވެހިކަލް" އޭ ކިޔަނީ؟ ފުލުހުން ކާރު ދުއްވީމަ އެއީ ފުލުހުންގެ ކާރު، ސައިކަލު ދުއްވީމަ އެއީ ފުލުހުންގެ ސައިކަލު.

    2
    1
  3. ކަޅުބިލަ

    ޕޮލިސް ވެހިކަލުގަ ޖެހުނީމަ ޓޯކުރީމަދޯ ކަމުނުދިއައީ ޕޮލިސް ވެހިކަލަކީ ތަނެއްގަ މަޑުކޮއްފަ އޮތް ވެހިކަލެކޭ މީދެން ބޮޑުވަރެއްނުން އެހެންވީމަ ޕިކަޕް ދުއްވަން އިންމީހާ ވަގުތުން ހައްޔަރުކޮއްފަ ލައިސަންސްވެސް މަދުވެގެން ދެއަހަރުދުވަހައް ސަސްޕެންޑް ކުރަންވީ

  4. ޑައިވަރޭ

    ހައިވޭ ބަލަހައްޓާ ފުލުހުންނަކީ ވަރައް ޒިންމާދާދުކަން ކުޑަކޮށް ވެހިކަލް ދުއްވާ އަދި ޕާކުކުރާ ބައެއް، ހައިވޭ މެދުގަ ނޫނީ ލަބާލަން އިންނަ ކުޑަތަންކޮޅުގައި ޕާކު ކުރުމަކީ މިމީހުންގެ އާދައެއް... ސިގުނަލް ނުދީ މަގުގެ ފަޅިބަދަލުކުރުން ވެސް އާންމު

    5
    1