އދ. އާންމު މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގައުމުތަކުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާއިރު، އަމިއްލަ ގައުމުގައި އޮތް ނާއިންސާފު ވެސް ހާމަކުރައްވަން ވާނެ ކަމަށް، ކ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލު ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަށް މިނިސްޓަރު ޝާހިދު އިންތިޚާބުވެވަޑައިގަތީ 143 ވޯޓު ލިބިވަޑައިގެންނެވެ. ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

މި ކާމިޔާބާ ގުޅިގެން މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ މިއީ ބައިނަލް އަގްވާމީ މުޖުތަމައުގައި ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ހޯދުމަށް ލިބުނު ދޮރެއް ކަމަށެވެ.

ޝާހިދުގެ ވާހަކައާ ގުޅިގެން ނިމާލް ޓްވީޓެއް ކުރެއްވިއެވެ. އެ ޓްވީޓްގައި އޭނާ ވަނީ ރާއްޖޭގައި އޮތް ނާއިންސާފުގެ ވާހަކަ ދައްކަވައިފައެވެ.

އެ ޓްވީޓާ ގުޅޭ ގޮތުން ނިމާލް "ވަގުތު" އަށް ވިދާޅުވީ، އދ. އަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ބައެއް ކަމުން މި ގައުމުގައި ނާއިންސާފާއި ކުރިމަތިލާން ޖެހިފައި ތިބި މީހުންގެ ހައްގުގައި ވަކާލާތު ކުރަން ޝާހިދަށް ޖެހޭނެ ކަމަށެވެ.

ނިމާލް އިޝާރާތް ކުރެއްވި "ނާއިންސާފު" ގެ ތެރެއިން އެއް މައްސަލައަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެވެ.

ނިމާލް ވިދާޅުވީ އެ ރިޔާސަތުގައި އިންނަވާއިރު ޝާހިދު ތަމްސީލް ކުރައްވަން ޖެހޭނީ އިންސާފާއި އިންސާނީ ހައްގާއި ގައުމުތަކުގެ ހައްގެވެ. އެހެންކަމުން ރައީސް ޔާމީނަށް ކުރިމަތި ކުރުވަމުންދާ އަނިޔާގެ ވާހަކަތައް އެ ރިޔާސަތުގައި ހާމަކުރަން ޖެހޭނެ ކަމަށެވެ.

"ދިވެހި ދައުލަތް ތަމްސީލް ވާން ވާނެ، އިސްލާމް ދީނުގެ ހައްގުގައި ހުންނަން ވާނީ، ދިވެހި ދައުލަތް އެ ދައުލަތުގެ ގޮތުގައި ބާއްވަން ވަކާލާތު ކުރެވެން ޖެހޭނެ، އަމިއްލަ ގައުމުގައި އޮތް ނާއިންސާފު ވެސް ހާމަ ކުރަން ވާނެ، ރައީސް ޔާމީނަށް ދެވޭ އަނިޔާ ފޮރުވައިގެން ނުވާނެ." ނިމާލް ވިދާޅުވިއެވެ.

ޝާހިދު އެ ރިޔާސަތުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ވެސް އިތުރު ފައިދާއެއް ވާނެ ކަމުގައި ނިމާލް ގަބޫލެއް ނުކުރައްވައެވެ. މި ގޮތުން މީގެ ކުރިން ވެސް އެކި ފޯރަމްތަކުން ލިބުނު ބައިނަލްއަގްވާމީ އެހީތައް ގިނަ ކަމަށާއި އެކަމަކު ރައްޔިތުންގެ ބޭނުމަށް އެ ފައިސާ ހޭދަ ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"މީގެ ކުރިން ވެސް ބުނި މިއިން ދުވަހަކު ވެސް ރާއްޖެއަށް ނުލިބޭ ވަރަށް ފައިސާ ލިބިގެން ހިނގައްޖެއޭ، އެތައް ބިލިއަން ޑޮލަރުގެ ވާހަތައް ދެއްކީ، އެކަމަކު އޭގެ ދެ އަހަރު ފަހުން ބަލާލާ ދިވެހި ރައްޔިތުން މިއަދު އެ ތިބި ހާލަތެއް،" ނިމާލް ވިދާޅުވިއެވެ.

މިއީ އދ. ގެ މިހާ އިސް މާގަމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. މި ކަމުގައި ސަރުކާރު ކޯލިޝަނުން މަރުހަބާ ވިދާޅުވާއިރު އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ގެންދަވަނީ ދިވެހި ދައުލަތުގެ ހިމާޔަތުގައި ޝާހިދު މަސައްކަތް ކުރައްވަން އިލްތިމާސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފާތުމަ އެޅި ވަގު މިސްކިތް

    ކަލޭ ގެ ކޮރަފްޓް ވާހަކަ ވެސް ހާމަ ކުރާނެ.

    6
    6
  2. ކާޕެޓް

    ކާޕެޓް ޔެލޯ

    7
    1
  3. އަލްޖިބްރާ

    ޔާމީނު ޖަލުގައި ހުރީމަ އެކަނިތަ ނާއިންސާފަކީ ؟ ޔާމީނު ވެރިކަމުގައި ޖަލަށް ލި އެންމެންނަކީ ހަމަ އިންސާފުން ޖަލަށް އަޅާލި ބައެއްތަ ؟ ކަލޭގެ ލަދުހާތް މަދަސް ތީ ބޮޑުވަރު !

    7
    9
  4. Anonymous

    މާލެ80 ނަމްބަރު ފިހާރަ ކައިރީ މާ ސިންގާ ދެ ވަގު މީހުންނަށް ދުއްޕާން ކޮށް ފިހާރަ ތައް ލޫޓުވަމުން ގޭގޭ ދޮރު ވައްޓަމުން މިރެ ޔާ ރޭ ގަވެސް އެބަހަރަގެން ދުވޭ ރައްޔިތު މީހާ ގެދޮރާ މުދާ ސަލާމަތް ކުރުމަށް ސަމާލު ކަންދީ މި ގައުމުގައި ގާނޫނު ހިގާނީ ތޮށަލި ދުޅަޔައްކަން ދަނެ ބިސްމި ކިޔާފައި ގެތަކުގެ ދޮރުލައްޕާ

  5. ލޮލް

    ޔާންޓޭގެ ވިޔާނުދާ ވާހަކަތޯ؟

    3
    5
  6. ދިވެހިން

    ހިހިހިހިހި

  7. މަޒް

    ނިމާލުގެ ވައްކަމުގެ ވާހަކަވެސް ދައްކަންވާނެ..

    3
    3
  8. އަސްލު މީހާ

    ޔާމީން ވެރިކަމުގަވެސް މީހުން ޖލށްލިގޮތް ވެސް ހާމަކުރަން ޖެހޭނެ. ލަދެެެޢއއއއއހަޔާތެޢްވެސް ނެތްސޮރެޢް

    2
    3
  9. ވގ ޔނ

    ކޯބާ ކާލިލާރިގަޑު ޑޮލަރުގަންނަންތަ

  10. ސައީދު

    ނާއިންސާފާއި ވައްކަމުގެ ވާހަކަ ދެއްކެންވާނެ ތި އީވެސް ލަދުހު ކުޑަ މީހެއްވީމާ ހަދާންވާނެ ދޯ ނިމިދިޔަ ސަރުކާރުގައި ހަވާލުވާ ކޮންމެ މުއައްސަސާއެއް ބޮޑުތަނުން ފޮޅިއްސާލި ކަން ނުދަންނަ ދިވެއްސަކު ނުހުނނަަނެކަނ އެގޭ ދޯ