ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ 20 ރަށަކާއި، ދެ ސިޓީއެއް ބަންދުކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައެވެ. އަދި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި ކޮވިޑްގެ ވޭދަނަތައް އުޅެނީ 500 އިން މަތީގައެވެ.

އަތޮޅު ތެރޭގެ ރަށްތަކުގައި ކޮވިޑް ފެތުރިގަތީ ކުއްލިއަކަށެވެ. ބައެއް ފަރާތްތަކުން ބުނަނީ ރަށްތަކުގައި ކޮވިޑް ފެތުރިގަތީ އޭޕްރިލް މަހު ބޭއްވި ކައުންސިލް ތަކުގެ އިންތިހާބާއި ދިމާކޮށް ދިން ލުއިތަކުގެ ސަބަބުންނެވެ.

އެހެން ނަމަވެސް އޭގެ ކުރިންވެސް ރާއްޖޭގެ އެކި ރަށްތަކުގައި ކޮވިޑް ފެތުރިގަތްއިރު، ބައެއް ރަށްތަކުގައި ފެތުރިގަތީ ވަރަށް ހަލުވިކަމާއި އެކުގައެވެ. ކޮންޓްރޯލެއް ނެތިއެވެ. މިއާއެކު ރަށްތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. ރަށު ތެރޭގައި ނޫޅޭވޭ ގޮތް ހެދިއެވެ. މިގޮތަށްވެސް ބައެއް ރަށްތަކުން ކޮވިޑް ކޮންޓްރޯލް ނުވެ ވަރަށް ބޮޑަށް ފެތުރިގަތެވެ.

އެގޮތުން މިހާރުވެސް ކޮވިޑާއި ގުޅިގެން ޅ. ނައިފަރު ބަންދުކޮށްފައި އޮންނަތާ ތިން މަސް ވަނީއެވެ. އެރަށުން ކޮވިޑް ފެނުނީ މާރިޗް މަހުގެ 23 ވަނަ ދުވަހު އެވެ.އޭގެ ފަހުން އެރަށުން ކޮވިޑްގެ ވޭދަނަތައް ފެންނަން ފެށިއިރު، އެރަށުން ޖުމްލަ 887 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަދި އެ ބަލީގައި އެރަށުން ހަތަރު މީހަކު ނިޔާވިއެވެ.

މީގެ އިތުރުން އދ. މާމިގިލި، އޭދަފުށި، ހިންމަފުށި، މާފުށި، މާންދޫ، ގަން، ފޮނަދޫ، ތިނަދޫ، އުކުޅަސް، ރަސްދޫ މި ރަށްތައް ބަންދުކޮށްފައި އޮންނަތާ މިހާރު ދެ މަސް ވަނީއެވެ.

މާމިލިގި: 614 މީހަކު ފައްސި

އޭދަފުށި: 288 މީހަކު ފައްސި، ތިން މީހަކު ނިޔާވި

ހިންމަފުށި: 862 މީހަކު ފައްސި، ދެ މީހަކު ނިޔާވި

މާފުށި: 618 މީހަކު ފައްސި، ދެ މީހަކު ނިޔާވި

މާންދޫ: 314 މީހަކު ފައްސި

ގަން: 321 މީހަކު ފައްސި، ދެ މީހަކު ނިޔާވި

ފޮނަދޫ: 49 މީހަކު ފައްސި

ތިނަދޫ: 289 މީހަކު ފައްސި، އެކަކު ނިޔާވި

އުކުޅަސް:117 ފައްސި

ރަސްދޫ: 129 މީހަކު ފައްސި، އެކަކު ނިޔާވި

ފާހަގަކޮށްލަން ޖެހޭ ކަމަކީ އަތޮޅު ތެރޭގެ ރަށްތަކުންވެސް ކޮވިޑްގައި ގިނަބަޔަކު ނިޔާވެފައިވާ ކަމެވެ.

އަދި އައްޑޫ ސިޓީ އާއި، ފީއަލި، ނިލަންދޫ، އިސްދޫ، މާވަށް، ފުވައްމުލައް، ޅައިމަގު، ހުޅުދުއްފާރު، ގައްދޫ، ތުޅާދޫ ފުލިދޫ ބަންދުކޮށްފައި އޮންނަތާ މަސް ދުވަސް ވީއެވެ.

އައްޑޫ ސިޓީ: 309 މީހަކު ފައްސި، ދެ މީހަކު ނިޔާވި

ފީއަލި: 356 މީހަކު ފައްސި

ނިލަންދޫ: 325 މީހަކު ފައްސި

އިސްދޫ: 238 މީހަކު ފައްސި

މާވަށް: 246 މީހަކު ފައްސި

ފުވައްމުލައް: 589 މީހަކު ފައްސި

ޅައިމަގު: 61 މީހަކު ކޮވިޑަށް ފައްސި

ހުޅުދުއްފާރު: 38 މީހަކު ފައްސި

ގައްދޫ: 48 މީހަކު ފައްސި

ތުޅާދޫ: 68 މީހަކު ފައްސި

ފުލިދޫ:

މީގެ ތެރެއިން ބައެއް ރަށްތަކުގައި އަދިވެސް ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އަދި ބައެއް ރަށްތަކުގައި ބަލި ފެތުރުން ވަނީ ކޮންޓްރޯލް ވެފައެވެ.

ރާއްޖޭން މިހާރު ޖުމްލަ 69 ރަށެއް އޮތީ ބަންދުކޮށްފައެވެ.މި ރަށްތައް ބަންދުކޮށްފައި ވަނީ ކޮވިޑް ފެތުރެމުންދާތީ އެވެ.

ރާއްޖެއިން މިހާތަނަށް 68،872 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 191 މީހަކު އެ ބަލީގައި ނިޔާވެފައިވާއިރު، 51.213 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރާމް

    ތިވާނީ އެޗްޕީއޭ ހަނދާން ނެތުނީ ކަމައް